ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި.---ފޮޓޯ: ޕޮލިސް
14 ނޮވެމްބަރ 2025 - 20:45
ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމަތާކާ ގުޅިގެން ގއ. އާއި ގދ. ގައި ހިންގި އޮޕަރޭޝަނެއްގައި 16 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ރާއްޖެ އަށް ޑްރަގު އެތެރެކުރަން އުޅުނު ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ސައުތު ޕޮލިސް ގުޅިގެން މި މަހުގެ ދެއަކުން އިއްޔެގެ ނިޔަލަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ ގއ. މާމެންދޫން ހައްޔަރުކުރި ހަތް ފިރިހެނަކާއި އަންހެނަކާއި ގދ. ވާދޫން ހައްޔަރުކުރި ފަސް ފިރިހެނަކާއި މާލެ އިން ހައްޔަރުކުރި ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި، އެ އޮޕަރޭޝަނުގައި މިހާތަނަށް 18 ގެއަކައި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށެއްގެ އިތުރުން ދެ ހުސް ބިން ބަލައިފާސްކޮށްފައިވެ އެވެ. އަދި ދެ ކާރާއި ފަސް ސައިކަލު ވެސް ބަލައިފާސްކޮށްފައިވާ ކަމަށާއި މިހާތަނަށް 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން މީހެއްގެ ބަންދަށް 30 ދުވަސް އަދި ހަ މީހެއްގެ ބަންދަށް 15 ދުވަސް ދީފައި ވެ އެވެ. އަދި އެކެއްގެ ބަންދަށް 18 ދުވަސް އަދި އިތުރު އެހެން މީހެއްގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމަކަށް އިއްޔެ ރޭ ފަތިހު 5:30 ގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަންގައި އިއްޔެގެ މެންދުރާ ހަމައަށް 97 މީހަކު ވަނީ ހައްޔަރުކުރި އެވެ. "އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރުކުރި އެ އެންމެންނަކީ މަސްތުވާތަކެތި ވިއްކުމުގައި އުޅޭ ބައެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވެ އެވެ/
ޖުމުލަ 12 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި 16 މީހަކު މި މަހުގެ ދެއަކުން އިއްޔެގެ ނިޔަލަށް ހައްޔަރުކުރި އޮޕަރޭޝަނަކީ ވެސް "އަލިމަގު" އިން އެއްކުރި މައުލޫމާތުގެ އަލީގައި ބަލައިފާސްކުރި ތަންތަން ކަމަށް ފުލުހުން ބުނެ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެއްވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމަށް އިއްޔެ ހިންގި އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި އެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތް ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނާ ގުޅުވައިގެން މިނިސްޓަރު އިހުސާން އިއްޔެ ވިދާޅުވީ ޑްރަގް ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެހެ
15 November 2025
ސާބަހޭ ފުލުހުން. ތީ ތިކަން ކުރަން އަބަދު ޖެހޭގޮތަކީ. ވަކި ރައީސަކު ވިދާޅުވެގެން ކުރަންޖެހޭ ކަމެއްނޫން ތީކީ. ރައީސް ވަކިގޮތަކަށް ހަރުދަނާ ކުރަން ލަފާދިނުމަކީ ޕްލަސް ޕޮއިންޓެއް
މަނަވަރޭ
15 November 2025
ހައްޔަރު ކުރި މީހުންގެ ވަނަވަރު ކޮބާ؟
އަޑީ ދައުލަތު
15 November 2025
މަބުނީ،،، ތިހައްޔަރު ކުރި މީހުންގެ ފޮޓޯއެއް ވަނަވަރެއް މީޑިއާއަށް ނުދެނީ ކޮން ސަބަބެއް އޮވެގެންހޭ؟ ސިޔާސީ މީހުން މުޒާހަރާ ކުރީމަ ހިފާ ފޮޓޯ ޖެހޭ،، ޑުރަގު މީހުންގެ ފޮޓޯ ނުޖެހޭ. މިކޮންފަދަ ބޮޑު އަރަތެއް؟
20000
14 November 2025
ނ.ފޮއްދޫ އަށް ދޭބަލަ////
ޑުރަގު އުތުރި އަރަނީ
15 November 2025
ނ ވެލިދޫ ވެސް
ގޮސް
16 November 2025
ކައުންސިލަރުންނާ ގުޅާފާ އެބަ ދަމޭ ބުނެފައެއް ނޫން ދާނީ. ކައުންސިލަރުން އެސްޖީ ނުވަތަ މުއައްޒަފުން ކައިރި ބުނީމަ އެބުނެވުނީ އެބޯމީހުން ކައިރިގައި
ސަބަހޭ ރާ
14 November 2025
ރާއްޖޭގެ ހިންގާ ޑްރަގް ހުރިހާ އޮޕަރޭޝަނާއި ޑްރަގް އައްޑާތައް ފުލުހުންނަށް އެނގޭ. އެކަމަކު އެމީހުން އެކަން ނުހުއްޓުވަނީ ގަސްތުގައި. ފުލުހުންގެ ތެރޭގައި ވެސް އެ ނެޓްވޯކް އޮންނާތީ، މިހާރު ތިއީ ކަން ދެއްކުމަށް ކުރާ ކަމެއް. ދުވަސްކޮޅަކުން ތިކަން ހުއްޓޫނެ. އަދިވެސް ތި އޮޕަރޭޝަންގައި ތިކަމުގައި އުޅޭ ބޮޑެތި އެއްވެސް ބަޔަކު ހައްޔަރެއް ނުކުރޭ އެއީ އެމީހުންނާ ފުލުހުންނާ ގުޅިފަވާތީ.
ދީދާތް
14 November 2025
ބޮޑު އިސްކިރީނުން ތިމަންޒަރުތައް ނުދައްކާތަ؟
ކޮރަލް
14 November 2025
މުއްދަު ޖަހާ ދޫކުރަމުން ދާނީ ފައިސާ ލިބޭ މިންވަރަށް ބަލައިގެންނެވެ.
ނަނަނަ
14 November 2025
މިރޭވެސް ދިމާވި މުލިއާގެ ކުރިމަތިން އިންޑިއާ/ބަންގާޅު 20/25 ފުރައިގެ ދެ ފރިހެން ކުދިން ފަތް ބޮމުން ދަނިކޮށް. ވަސް ގަދަކަމުން ފަހަތުން ހިނގޭ ވަރެއް ނޫން.. އެހާވެސް ގަދަޔަށް އެ ބޮމުން ދިޔައީ… ހީވޭ ކަމެއްހެން..
ދޮންމަނިކުބޭގެކަޅުޗީ
14 November 2025
ޑްރަގު ބޮއެގެން މަސްތުވުމާއި ޑްރަގުން ވިޔަފާރި ކުރުމާއި މިހުރިހައި ކަމަކާއި ގުޅޭ އެންމެހައި ހިފައި ގެންގުޅޭތަކެއްޗާއި އެންމެހައި ވަސީލަތްތަކަކީވެސް ނައްތާލަންޖެހޭތަކެތި. އެވިސްނުމުގެ ތެރެއިން މިކަމުގައި އުޅޭމީހުންނަކީވެސް މިސައިކަލްގެ ތެރޭ ހިމެނޭ އެންމެ ނުރައްކާތެރި ޓޫލްއެއްކަމަށް ބަލާ ނަތްތާލަންޖެހޭ. އެހެންނޫނީ ދުވަހަކުވެސް ކޮޅަކުންނުލާނެ.
މުލޭ
14 November 2025
ޑްރަގްގެ މައްސަލަ ޙައްލު ނުވަނީ ޙައްގު އަދަބު ނުދެވޭތީ. ކިތަންމެ އޮޮޕަރޭޝަނެއް ހިންގިޔަސް ޙައްގު އަދަބު ނުދެވޭހާ ހިނދަކު ތިކަން ޙައްލެއް ނުވާނެ. އެކަން ކުރަން ކެރޭ އިޚްލާސްތެރި ބަޔަކު ބޭންވޭ.