ރާއްޖެ އަށް މިއަދު ގެނައި ޑްރެޖަރު: ހުޅުމާލެ 3 އަށް ބޭނުންވަ ބިން ހިއްކުމުގެ މަސައްކަތާ މާދަމާ ގުޅޭނެ.
25 ނޮވެމްބަރ 2025 - 18:38
މާލޭ ރައްޔިއްތުންނަށް ގޯތި ދިނުމަށް ހުޅުމާލެ 3 އަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެއާ އެކު ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ 3 އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް އާ ޑްރެޖަރު ބޭނުންކުރަން މާދަމާ ފަށާނެ ކަމަށެވެ. މިހާރު ވެސް ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތްކުރާ ޑްރެޖަރާ އެކު، އެ މަސައްކަތުގެ ސްޕީޑު އަސްކޮށް އަންނަ މަހުގެ ފަހުކޮޅަށް އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިރާވަރުގައި "ބަންޑް ވޯލް" ގެ މަސައްކަތް ފަށާނީ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއަައިއޭ) އާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ފަހު ކަމަށެވެ. އަދި ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތަށް ފަހު، ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ އެވެ.
Dredger TSHD Prins Der Nederlanden has arrived today and will start tomorrow at Hulhumale phase 3 together with dredger TSHD Oranji which is currently in operation at Hulhumale phase 3.
— Dr Mohamed Muizzu (@MMuizzu) November 25, 2025
Meanwhile, bund wall works at Giraavaru will start as soon as EIA and other formalities are… pic.twitter.com/fWLtgVfgKv
ގޯތި ދިނުމަށް ހުޅުމާލެ 3 ގެ އެއްބައި ހިއްކުމަށް ފަހު، އެ މަސައްކަތް އޮތީ ކުރިން މަޑުޖެހިފަ އެވެ. އެކަމަކު މި މަހުގެ 10 ގައި ވަނީ ހުޅުމާލެ 3 ގެ ބާކީ 38 ހެކްޓަރުގެ ބިން ހިއްކަން އަލުން ފަށައިފަ އެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލެ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ދިން ނަމަވެސް. މި ސަރުކާރު އައި ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނަ އެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް ބިން ލިބޭ ތަންތަން ބަދަލުވެފައިވާތީ ގޯތީގެ ރަޖިސްޓްރީ އަލުން ވަނީ ހަވާލުކޮށްފަ އެވެ.
މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވެފައި ވަނީ ރަސްމާލެ އާއި އުތުރުތިލަފަޅުން ގޯތި ދިނުމަށް އެ ތަން ހިއްކުމުގެ ސްޕީޑު އަވަސް ކުރުމަށް އިތުރު ޑްރެޖަރުތައް ގެނެސް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެ އެއްކޮށް ހިއްކާ ނިމެނޭ ކަމަށެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން، އޭގެ ދެ ގުނަ ބޮޑު ސަރަހައްދެއް ކަމަށް ރައީސް ކުރިން ވިދާޅުވެފައި ވެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިންތައް ހިއްކަން އެ ކުންފުނިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަން ރައީސް މުއިއްޒު ވަނީ މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު އިއުލާން ކުރައްވައިފަ އެވެ.
ރައީސް އެ މަހު ވިދާޅުވެފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 45،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމަށާއި އެ ޑްރެޖަރުން މަސައްކަތް ކުރާނީ ރަސްމާލެ އަށް ބޭނުންވާ ބިން ހިއްކަން ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަންކަރިން
26 November 2025
ތިޔަ ޑުރެޖަރަށް 300 ސިޔާސީ މުވައްޒަފުން ލައިގެން ނޫނީ ތީޔަ ޑުރެޖަރު ކުރިއަކަށް ނުކަނޑާނެ ހެން ހީވޭ.
ފަނުފުލުން
26 November 2025
ބަޔަކަށް ޖެއްސުމަށް ކަނޑުންނާއި ފަރުން ގޯތި ދިނީ ނުވާނެ ކަމަށް މިހާރު ރައީސް ޑރ މުއިއްޒު ސްޕީޑްގައި އެއޮށް ހިކެނީ، ހައްގު ވެރިންނަށް ބިން ލިބޭނެ.
އެމީހ
26 November 2025
ދައުލަތް ދަރަނިކޮށް އެތައްޖީލެއް ގުލާނުކޮއް ދަރަނި ނުދެއްކޭ ވަރު ވާ ހިސާބައް ދުއްވާލާފަ ހަމައެކަނި މާލޭ ރައްޔިތުންނަށް ޖަވާހިރު ހިލޭ ބަހާކަށް އަހަރެމެން ގަބޫލެއް ނޫން. ދައުލަތުގެ މާލިއްޔާ މަދުބައެއްގެ ފައިދާއަށް ބަހާލަނީ.
ތާރޑް ކުލާސް ސިޓިޒެން
25 November 2025
ތި ހުޅުމާލެއަކަށް މާލޭގަ ދިރިއުޅޭތާ 30 އަހަރުވެފަވާ މީހުންނަކަށް ގޯއްޗައް ކުރިމައްޗެއްނުލެވޭ މާލެ ރައްޔިތަކަށްނުވާތީ...
ދަގަތްފާނު
25 November 2025
ބޭރުބަޔަކުލައްވާ ޒާތެއްގެ ކުރެހުމެއް ހަދައިގެން ކ.ހުޅުމާލެ މެދަކާހަމައަށް ހެދުނުއިރު ދަރަނި ނަގަމުންގޮސް ގައުމު ހުލިވެގެން އެހެން ރަށްރަށުގެ ތަރައްގީ އެއްކޮށް ހުއްޓިފަ އޮންނަތާ އަހަރުތަކެއް މިވަނީ. ކ.ހުޅުމާލޭ ބާކީބައި ކުރަހަކުރަހާ ތިބެ އަނެއްކާ ހައެއްކަ ހުޅުމާލެ އެރެޑީވަނީ، ކުރިއަށްއޮތް 100 ޖީލުގެ ފައިސާ ދަރަންޏަށް ނަގައިގެންނޫނީ ދެކޮޅުޖެހޭނެހެނެއް ހިއެއްނުވޭ.
ދިވެހި ޕާޓީ
25 November 2025
އަހަރެމެންގެ މުސްތަގުބަލު ވަކި ބަޔަކަށް ހިބައިން ދިނީ. އަދި އެކަން އިތުރަށް ހަލުވި ކުރަން އިތުރު ހަރަދު ކުރަނީ. ދުވަހަކުވެސް ހަނދާން ނުނެތޭނެ
ސޯލިހު
25 November 2025
ރައިސް ނެތްތަ 4000 ފުލެޓް އަޕްޑޭޓެއް. އެފްޑީސީ އެމްޑީ ވީނުވީ އެއް ނޭގެ ހަބަރެއް ދަބަރެއް ނެތް.
ވާންވީ
25 November 2025
ކޮބާ ގުޅީފަޅު ގެ އަޕްޑޭޓަކީ ؟
އޮނަރަބްލް އަފީފު ދީދީ
25 November 2025
ބިލިޔަން ޑޮލަރުގެ ލޯނުން ކ.އަތޮޅުގައި ހިއްކާ އަގުބޮޑު ބިމާއި، ތަރައްޤީކުރާ ފުލެޓްތައް ވަކިރަށެއްގެ މީހުންގެ "ކަށިމައްޗަށް ޕޮއިންޓްދީގެން" ހިލޭބަހާނުލާ ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، އައްޑޫސިޓީގެ ބިންތައް މާލޭމީހާވެސް ހިމެނޭގޮތަށް ހިލޭ ދޫކުރޭ.
ޢަލީ ބަލީ
26 November 2025
ތި ރަށްރަށުން ހިލޭ ޢަފީފް ދީދީ އަށް ގޯއްޗެއްދިނަސް ޢަފީފް ދީދީ އެތަން ބޭނުމެއް ނުކުރާނެ އެކަމަކު މާލެ ކައިރި ސަރަހައްދަކުން ގޯއްޗެއްދީ ފިއްޔާ ބޭނުންކުރާނެ އެއީ ސަބަބު މީގެ އެތަށް އަހަރެއްގެކުރިން މާލޭ ބޭފުޅުން ހދ.ހަނިމާދޫ އާއި ލ އަތޮަޅުން ނެގި ބިންތަށް އެހެރީ ހަމަ ހުރިގޮތަށް އެތަންތަށް ތަރައްގީއެއް ނުކުރޭ
އޮނަރަބްލް އަފީފު ދީދީ
25 November 2025
ރާއްޖޭގައި މީހުންދިރިއުޅޭ 187 ރަށް އޮތްއިރު ކ.އަތޮޅު މާލެ، ހުޅުމާލެ އަދި ވިލިގިލި ނޫން އެހެން އެއްވެސް ރަށެއްގައި އިންސާނުން ދިރިއުޅެންބޭނުންވާ މިންވަރަށް އަސާސީ ޙިދުމަތްތައްވެސް ޤާއިމްކޮށްނުދީ ކ.މާލެ މީހުން އުޅޭ އެމީހުންގެ ރަށުގައި ނޫނީ ރަނގަޅު ވަޒީފާ އެއް އަދި އިޤްތިސޯދީ މަސައްކަތެއް ކުރެވޭނެ މަގުވެސް ފަހިކޮށްނުދީ ވޭތުވެދިޔަ 60 އަހަރުގެ ދައުލަތުގެ ބަޖޭޓާއި ދައުލަތް ދަރަނިކޮށް ނެގި އެތައް ބިލިޔަން ޑޮލަރު ތަޅާ ހުސްކުރީ މާލެ ތަރައްޤީ ކުރަންވެގެން.