މާލޭގެ މޭޔަރަކަށް އަލީ އާޒިމް ހޮވަން ހިންގާ ކެމްޕެއިން ހަރަކާތުގައި ފައްުޔާޒު ބައިވެރިވެވަޑައިގަންނަވަނީ.
25 ނޮވެމްބަރ 2025 - 20:17
އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ބައިވެރިވެޑައިގެންފި އެވެ.
"ގަދަކޮށް" ގެ ނަމުގައި އާޒިމްގެ ކެމްޕެއިން ހަރަކާތް ފެށީ މިމަހުގެ 20 ގައި އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ތިން ދައުރު ފުރުއްވި އާޒިމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތުގައި ފައްޔާޒު ބައިވެރިވެވަޑައިގެންނެވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަރިސް ބޭފުޅުން ވެސް ގެންދަވަނީ އޭނާއަށް ކެމްޕެއިން ކުރައްވަމުންނެވެ.
އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތުގައި ފައްޔާޒު ވާހަކަ ދައްކަވަނީ.
އޭނާގެ ކެމްޕެއިން ޓީމުން މިއަދު ހަވީރު ސައެއް ވެސް ބާއްވާފައިވާއިރު އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އަލީ އާޒިމަކީ އެމްޑީޕީގެ މޭޔަރެއް ހުރިކަމުގެ އިހްސާސް އެމްޑީޕީގެ މެމްބަރުންނަށް ގެނެސްދޭނެ ފަދަ ކެންޑިޑޭޓެއް ކަމަށެވެ.
ކެމްޕެއިން ފަށަން ބޭއްވި ހަރަކާތުގައި އާޒިމް ވިދާޅުވީ އެ ޕާޓީއަކީ ވަކި އަސާސްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޕާޓީއެއް ކަމަށާއި އަދި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭން މަސައްކަތް ކުރި ޕާޓީއަކީ އެއީ ކަމަށެވެ.
އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އާޒިމް، އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ. އެކަމަކު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ ކުރީކޮޅެވެ.
އަލީ އާޒިމްގެ އިތުރުން މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވަން ދެން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ މިހާރު ވެސް މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމް އެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް އާޒިމް ހޮވުނީ އޭރު ރައީސްކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރޮކަލި
26 November 2025
ޢަލީ ޢާޒިމަކީ މޭޔަރ ކަން ކުރުމުގެ އެއްވެސް ގާބިލް ކަމެއް އަދި ތަޢޮލީމެއް ހުރި މީހެއް ނޫން. ހުސް އަނގައެއް. އެހެން ނޫނަސް އެމްޑީޕީގެ ޗެއަރޕަރސަން އަކަށް ހުރި މީހަކު ތާއީދު ކުރާ ވަރުގެ މީހެއް ނޫން
ޢަކުރަމު
26 November 2025
ޑެމްސް އިން މޑޕ ހިސޯރުކޮށްފި.
ޢިބޫ3
26 November 2025
ބޮޑު ގޯހެއް. އަންނިއާ ދެކޮޅަށް އިބޫ ބޭނުންކުރީ ފައްޔާޒު. މިހާރު އިބޫ އާ ދެކޮޅަށް އަންނި ބޭނުންކުރަނީ ފައްޔާޒު. އެންމެން ބޭނުންކުރާ ޓޫލަކަށް ވެގެން ތިކަމެއް ނުވާނެ.
ސަމީލާ އަލީ
26 November 2025
އިބޫގެ ބޮޑާކަމާއި ، އެމްޑީޕީގެ ވެލިއުސް ގެއްލުވާލައި އެކަމުގެ އިހްމާލުން ވެރިކަން ގެއްލި ދިޔައީ، ރ.ނަޝީދަކީ ބިރު ފަހަނަ އަޅާ ރައްޔިތުން ހެއްވާލި ޑިމޮކުރަސީގެ ޗެމްޕިއަން ، މިހާރު ގިނަ ސޯޝަލް މީޑިއާފެ ޕޯލްއިން ހާމަވެގެންދަނީ ރައްޔިތުންގެ ޕޯލްއިން ނެވެ.
ޖައުހަރިއްޔާ
26 November 2025
އަލީ އާޒިމް ކީއްކުރަން. އަންނި ކުރިމަތިލިޔަކަސް ނުވާނެ ތިކަމެއް....މިހާރު ހުރި ގާބިލް މޭޔަރު ދުރެއް ނުކުރެވޭނެ
ބޯގަން ފައިލާ
26 November 2025
އަންނިގެ ރަނިންމޭޓަށް ވާންވެގެން އެމްޑީޕީ ފުނޑާލާފަ ދަނޑިފަޅިއަށް އެރިޔަސް ތީ ހަމަ ފައްކާ ފެއިލިއާއެއް.
މައު
26 November 2025
ޗެއާޕާސަން ގޮނޑި ފައްޔާޒަށް ލިބުނީ އިބޫ ސަޕޯޓު ކުރީމަ... އެހެންނޫނީ ވައިވެސް ނޭޅުވުނީސް...
އިހްސާސް
26 November 2025
އަންނި އެެއޮތީ ހަރުއަޑުން ބުނެފަ ރޫޅާލާނަމޭ... އޭގެ އެޕިސޯޑެއްތީ..
އަބްލޯ
26 November 2025
ތި ފަޢްޔާޒަކީ ކާކުތަ އޭނަޔަށް ވޯޓެއް ލިބިގެނެއްނު އެހެން މީހަކަށް ވޯޓު ހޯދާ ދެވޭނީ
ކޮރަލް
25 November 2025
ހޮވަން ވީ ޕާޓީ އަކަށް ނިސްބަތް ނުވާ މިނިވަން ފަރާތެކެވެ.