ރައްޔިތުންނާ ބައްދަލުކުރުމުގެ ހަރަކާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.--
25 ނޮވެމްބަރ 2025 - 22:12
ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި އެތަނުގައި ޕާކިން ޒޯނަކާއި ޕާކެއް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ އިމާރާތަކީ ދަރިވަރުން ކިޔަވަން ތިބެން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ސްކޫލުގެ ކިޔެވުން ބަދަލުކުރީ ޖެނުއަރީ، 2023ގަ އެވެ. މީގެ 10 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި އެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ވަނީ ރެނދުލައިފަ އެވެ.
މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްކޫލު ތަޅާލައި އެ ތަނުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެތަނުގައި ޕާކެއް ހެދުމުން، ކައިރި ސްކޫލުތަކުގައި އުޅޭ ކުދިންނަށް ވެސް އެތަން ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕާކު ތަރައްގީކުރާނީ ދަރިވަރުން ބަލާ ސްކޫލު ދޮށަށްދާ ބެލެނިވެރިންނަށް ވެސް އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މައްޗަންގޮޅި ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް އެ އަވަށުގެ ރައްޔިތުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ގާތްގަނޑަކަށް 11،000 އަކަފޫޓުގެ އެ ބިމުގައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރަން ނިންމާފައިވާއިރު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒު ހިފާފައި ވަނީ ބާރު ސްޕީޑުގައި މަޝްރޫއު ކުރިއަށް ގެންގޮސް، އެ މަސައްކަތް އަންނަ ރޯދަ މަހަށް ނިންމައި ހުޅުވުމަށެވެ.
އަރަބިއްޔާ ސްކޫލު ހިންގަމުން އައި ހަތް ބުރީގެ އެ އިމާރާތް ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތަކެއް ލުމުން، ދަރިވަރުން ބަދަލުކުރުމަށް ފަހު، އެ އިމާރާތުގެ އެއްބައި ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ.
އެކަމަކު އެތަން ތަޅާލުމަށް ނިންމާފައިވާތީ މުދާތައް ނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭކުބެ
26 November 2025
މިހާރު މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އުޅަނދުތައް ޕާރކުކުރެވޭނެ ގޮތެއް ނެތުން. އެކަމަށް ހައްލެއް ހޯދަ ދީފިނަމަ ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ. ޕާރކިން ހަދަންޏާ ހަދަންވީ ވީހާވެސް އުސްކޮށް ބުރި ބުރިއަށް. އޭރުން އޭގެން ލުއިފަސޭހައެއް ފެންނާނީ. މާފަންނު ސަހަރާވެސް ޕާކިން އަށޭ ކިޔާފަ ހަދަނީ މައު ބަގީޗާއެއް. ރައްޔިތުންގެ މުހުތާދަށް ލިބުނު އެއްވެސް ލުޔެއްނެތް. މާލޭ މަގުތަކަށް އައި ރީތިކަމެއް ނެތް.
މިލިސްތާޏ
26 November 2025
ތިޔަތަނުގައި ކިތަންމެ ބޮޑު ޕާކިންގ އޭރިއާއެއް ހެދިއަސް ސްކޫލު ނިމޭގަޑީގައި އެ މަގުގެ ބާރު ކުޑަވާނެހެން ހިއެއްނުވޭ، ދިވެއްސަކު ތިޔަ ޕާކިން ޒޯނުގައި ސައިކަލު ބަހައްޓާފައި ގޮސް އިސްކަންދަރުން ދަރިފުޅު ގަވައިގެން އައިސް ތިޔަ ޕާކިން ޒޯނުން ސައިކަލަށް އަރައިގެން ދާނެހެން ހިއެއްނުވޭ، ދިވެހި މީހާ ސައިކަލު ހުއްޓަންޖެހޭނީ ސީދާ އިސްކަންދަރު ސްކޫލު ދޮރާށި ކުރިމަތީގަ،
ނުނުކެމެވުނަސް
26 November 2025
ދޮރާށިން ވަދެވޭނަމަ ކިލާސް ކުރިމަތީގައި.
ޝުއާއުު
26 November 2025
މިދިޔަ 5 އަހަރު ބަޔަކުމީހުން ރައްޔިތުންގެ ފައިސާއިން ކުރި ވވ އަރަބިއްޔާ ސުކޫލަކީ. މިފަދަ އަދި އެތަށްކަމެއް އަދި ފެންމަތިވާނެ.
މިއާން
26 November 2025
ބަލަ މިދިޔަ 5 އަހަރަކު ނޫނޭ އަރަބިއްޔާ އެޅީ، އޭގެ ކުރީ ފަސްއަހަރެއްގަ ކުރި ކަމެއް އެއީ، އެތަން ހަދާ ނިމުނުތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެ، ކޮމެންޓް ކުރާއިރު ޚަބަރު ކިޔާލާ ނަމަ ދޯ،
ފަޒްލީލްް
26 November 2025
ތި ސަރަހައްދުގަ އުޅޭ މީހެއްގެ ހައިސިއްޔަތުން އަހަރެން މިހިރީ ވަރަށް ބޮޑަށް އުފާވެފަ. ބިރުވެސް ގަނޭ ރެނދުލާފަ ހުރި އިމާރާތެއްކައިރި އުޅެން.
ސަމަދްް
26 November 2025
ޕާކިން ބުރިބުރިއަށް މިތާގަ އެޅީމާ އެ ހައްލުވެގެންދިޔައީ ގާތްގަޑަކަށް 20% މިސަރަހައްދުގެ ކާރުބާރުމިން.
ޝިފްނީޒްް
26 November 2025
ޖެހިޖެހިގެން 2 ސުކޫލް އިންނައިރު ވަރަށް ބޮޑަށް އެސަރަހައްދު ބާރުބޮޑުވޭ. އަދި އޮފީސްތަކާއި ގޭގޭގަ އުޅޭމީހުންނަށް ޕާކްކޮށްލާނޭ ޖާގަކޮޅެއްވެސް ނުހުރޭ. މި ހުރިހާކަމަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރަން.
އަންސާމްް
26 November 2025
މިއީ ވަރަށް ރަނގަޅު ނިންމުމެއް. ރައީސްގެ ނިންމުމަށް ފުރިހަމަޔަށް ތާއިދު.
ކޮރަޕްޝަން ޔަޤީން
26 November 2025
އަރަބިއްޔާގެ އިމާރާތަކީ ކުރީގެ ސަރުކާރުން ހިންގި އެންމެ ބޮޑު އެއް ޖަރީމާ، 5 އަހަރު ނުވޭ އެތައް ސަތޭކަ މިލިއަން އެވީ ބޭކާރު، އެތަން ތަޅާލައި ޕާކިންގ ޒޯން އާއި ކުޑަކުދިން ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ދެކެން 10000 ހާސް ކިޔަވާކުދިންގެ ހައްގުގައި
ބޯހިޔާވަހި
26 November 2025
އަމިއްލަ ފަރުދުންގެ ގޭގޭގައި ކުލިދީގެން ސަރުކާރުގެ އިމާރާތްތައް ހިންގަވަނީ!!!!!!!!!!! ސަރުކާރުވެސް ބޯހިޔާވަހިކަމަށް ޖެހިފަ ދެން ކިހިނެއްތޯ އާންމު ރައްޔިތުންގެ ބޯހިޔާވަހިކަން ރަނގަޅު ކުރެވޭނީ!!!!!!!!!
މާލެއަށް
26 November 2025
މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދަށް ވަރަށް މުހިންމު ބަދަލެއް ތީ، 2 ސްކޫލް އާއި އެތައް ކުޑަކުދިންނެއް އުޅޭ ތަނެއް.. ވަރަށް ރަނގަޅު ނިންމުމެއް