ވިންޓަ ޕާކު ނަގައި އެތަނުގައި ގޭމު ކުޅޭ ތަނެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި.-- މިހާރު ފައިލް ފޮޓޯ
26 ނޮވެމްބަރ 2025 - 11:22
ފިނި މޫސުމުގެ އިހުސާސްތައް ކުރެވޭ ގޮތަށް ސަލްޓަން ޕާކުގައި ހެދި ވިންޓާ ބިލްޑިންގް ނަގައި އެ ތަނުގައި ގޭމު ކުޅޭ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަލްޓަން ޕާކުގެ އިރު ދެކުނު ކަނުގައި ކުރިން ކަޅުވަކަރު މިސްކިތް ހުރި ބިމުގައި ސްނޯ ޕާކެއް ހެދީ ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި ދުވަސްވަރު އެވެ. ޖޫން، 2018 ގައި އެ ތަން ހުޅުވައި ބޭނުންކުރަން ފެށުމުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.
ޓިކެޓު ގަނެގެން ވަންނަން ޖެހޭ ގޮތަށް ހުޅުވި ވިންޓާ ތީމް ޕާކު ގިނަ ބަޔަކު ބޭނުންކުރަމުންދިޔަ ނަމަވެސް އެ ޕާކު އޮޕަރޭޓް ކުރަން ހަވާލުކުރި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ނުކޮށް ފަހުން "ފިލީ" އެވެ. އެހެންވެ، އެ މީހުން ހޯދަން 2021 ގައި މާލޭ ސިޓީ ކައުންސިލުން އިއުލާނެއް ވެސް ކުރި އެވެ.
ސަލްޓަން ޕާކުގައި ހުޅުވި ވިންޓަ ތީމް ޕާކު.-- މިހާރު ފައިލް ފޮޓޯ
އޭގެ ފަހުން އެތަން އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެ އެވެ.
މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި ބައެއް ޒުވާނުން ވަނީ ކުޅިވަރު ކުޅެވޭނެ ތަނެއް މާލޭގައި ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ކުޅިވަރު ކުޅޭ ތަންތަނާއި އީގޭމްސް އާއި އާކޭޑްސް ކަހަލަ ކަންކަމަށް ވެސް މާލޭގައި ޖާގައެއް ނެތުމުން، އެކަން ކުރިއެރުވުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އީސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް ސްނޯ ޕާކު ހިންގި ބިން ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ސްނޯ ޕާކު ބޭނުންނުކުރުމުގެ ސަބަބުން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެތަން އަލުން ހަދަން ވެއްޖެ ނަމަ އެކަމަށް ވަރަށް ބޮޑު ހޭދައެއް ހިނގާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެތަން ތަޅާލައި، އީސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިކަމަށް މިހާރު ކުރެވޭ އެއް ކަމަކީ ސަލްޓަން ޕާކުގައި ކުރިން ހުރި ސްނޯ ކުޅިވަރު ކުޅޭ ޕާކެއް ނޫނިއްޔާ ބިލްޑިންއެއް، އެތަން މިހާރު މި ނަގަނީ. އެތަން މިހާރު ހުރީ ހަލާކުވެފައި. ނޫނިއްޔާ މިދިޔަ ސަރުކާރުގައި އެ ތަން ބޭނުންނުކޮށް ހުރީމަ ހުރީ ހަލާކުވެފައި. އެހެންވެ، އެ ތަން އަލުން ހަދަންޏާ އެކަމަށް ކުރާ ހަރަދު ބޮޑުވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ތަން ތަަރައްގީ ކުރާނީ އެކަމާ ގުޅޭ އެސޯސިއޭޝަނާ މަޝްވަރާ ކުރުމަށް ފަހު އެވެ.
"އެހެންވެ، އެތަން ނަގާފައި އެތަނުގައި މި ހަދަނީ އީސްޕޯޓްސް އީގޭމިން. އެސޯސިއޭޝަންގެ ވެސް ލަފަޔާ އެކީގައި އެ ބޭފުޅުންގެ ވެސް ބައިވެރިވުމާ އެކީގައި މަރުކަޒެއް އެބަ ހަދަން،"
ގޭމު ކުޅޭ އިތުރު ތަނެއް ހަދަނީ މާލޭގައި އެމްއެންސްއެލް ފްލެޓުތައް ހުންނަ ސަރަހައްދުގަ އެވެ. ޝީ ބިލްޑިންގް ކައިރީގައި ހުންނަ އެ ދުވަސްވީ ފްލެޓުތައް ތަޅާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ރައީސް ވިދާޅުވި ގޮތުގައި އެއް ބިމުގައި ތަރައްގީ ކުރާނީ އާކޭޑް ގޭމްސް ކުޅެވޭ ކަހަލަ މަރުކަޒެެކެވެ.
"އޭގެ އިތުރަށް ކުރީގެ އެމްއެންސްއެލް ފްލެޓުތަކާއި މިގޮތަށް ހުންނާނެ ބުރުޒު މަގުގައި ބައެއް ގޯތިތައް. އެ ތަންތަން ތަޅާލައި ނިމެނީ. ނިމޭއިރުގައި އެ ތަނުން އެއް ގޯތީގައި މި ހަދަނީ އާކޭޑް ގޭމްސް ކުޅެވޭ ކަހަލަ މަރުކަޒެެއް."
ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އަނެއް ބިން ތަރައްގީ ކުރާނީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ހުންނަ ގޮތަށް ކުޑަކުދިންނަށް އެކި ކަހަލަ އިންޑޯ ކުޅިވަރުތައް ކުޅެވޭ ކަހަލަ ތަނެއް ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މާލޭގައި ކުދިން ބޭރަށް ނިކުންނާނެ ތަނެއް ނޯންނަ ކަމުގެ ޝަކުވާއަށް ނިމުމެއް ގެނެސް ދެއްވައި ޒުވާނުންނާއި ކުޑަކުދިންނަށް ވެސް އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ފުރުސަތުތައް ފަހިކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ޕްލޭނަކީ އެ ކަހަލަ ކުޅިވަރު ކުޅޭ ތަންތަން ހަދައިދިނުމެވެ. އަދި ފުޓްސެލް އާއި ނެޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތްތަކެއް ވެސް ހަދައިދިނުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮބްޒާވަރު
27 November 2025
މިތަނުގެ ކުރިމަތީގައިވެސް ތިއޮތީ މިހަފުތާގެ ޒުވާނުން ނާޗަރަންގީކުޅެން ތަނެއް ހަދާފަ ހުޅުވާފަ. އަނެއްކާ އަނެއްތަން ހަމަ ޒުވާނުންނަށް. އަދި އެވެސް ކައިރިކައިރީގަ. ކޮބާ ކުޑަކުދިން؟ މެދުއުމުރުގެ މީހުންގެ ހައްގުތައް؟ އެއްވެސް ކަމެއްނެތް. ދެން އެމީހުން ތިބެންވީ އިސްލާމީ މަރުކަޒު މާރބްލްސް އޭރިޔާގަ؟
ޢަރުތަ
26 November 2025
މާލޭގައި ކުދިން ބޭރަށް ނިކުންނާނެ ތަނެއް ނޯންނަ ކަމުގެ ޝަކުވާއަށް ނިމުމެއް ގެންނަން "ކުރީސަރުކާރުން" އެއްވެސް ކަމެއް ކޮށްފައި ނުވާތީވެ، އެކަން ނިމުމަކަށް ގެނެސް ދެއްވައި ޒުވާނުންނާއި ކުޑަކުދިންނަށް ވެސް އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ފުރުސަތުތައް ފަހިކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
ޕަލްސް
26 November 2025
ގޭގަ ގެމު ކުޅޭވަރުން ނިކުމެގެން ގޮސް އަލުން ގެމަށް؟ އެއްގޮތަކަށްވެސް ކަމުދާކަމެއް ނޫން. އިންޑޯ ތީމް ޕާކެއް ހަދާދީބަލަ ކުޑަކުދިން ކުޅެ އެލި ފިލާ ހަދަން. ޕްލީޒް.
ގާރލް7
26 November 2025
އަސްލުވެސް ތާއީދު.
ޒުވާނުން ހައްދުއް ނެއްޓިޔަދީގެން ނުވާނެ!
26 November 2025
ތިތަނުގައި ޒުވާނުންނަށް ގޭމް ކުޅޭ ތަނެއް ހަދައިދީފިއްޔާ ވ. މޮނިޓަރ ކުރަން ޖެހޭނެ އެވެ. ޕާރޓީކޮށް، ޑީޖޭ ޖައްސައި ދެޖިންސު މަސްހުނިވިޔަދީގެން ނުވާނެ އެވެ.
އެމެރިކާ
26 November 2025
އެމްޑީޕީ ވެރިކަމުގަ އެތަން ހުއްޓުވީ. އެހެންވެ ވީރާނާ ވަމުންދިޔައީ.
ޢަރުތަ
26 November 2025
"ޕާކު އޮޕަރޭޓް ކުރަން ހަވާލުކުރި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ނުކޮށް ފަހުން "ފިލީ" އެވެ. އެހެންވެ، އެ މީހުން ހޯދަން 2021 ގައި މާލޭ ސިޓީ ކައުންސިލުން އިއުލާނެއް ވެސް ކުރި އެވެ". ކާކުގެ މޭޔަރު ކަމުގައި، ދެންވީ ކިހިނެއް، އެމީހުނާއެކު ވީ އެއްބަސްވުމުގެ ދަށުން ކިހާފައިސާއެއް ސަރުކާރުން އެމީހުނަށް ދިން، އެމީހުން ފިލި ގޮތަށް އަދިއަދާ ހަމަޔަށް ވެސް އެމީހުން ނުހޯދެ، ކިހާރީތި.
ދެވަނަބޮޑުމީހާ
26 November 2025
ހުރިހާ ފުޓްސަލް ދަނޑުތައް ކަންމަތީ ގޭންގުތަކަށް. އާދައިގެ ރައްޔިތުމީހާ 500ރ ދީގެން ފުޓްބޯޅައެއް މި ކުޅެވެނީ. މިދެން ކިހާ ބޮޑުވެއްޖެކަމެއް
އ.ނ.ތ
26 November 2025
ޖަމިއްޔާއެއް ނުވަތަ އެންޖީއޯ އަކުން އެތަން ހަދާފައި ހުރީ. ރައްޔިތުންވެސް ވިސްނަންވާނެ ހިލޭ ނުދެވޭނެކަން، މަރާމާތު ކުރަންވެސް ޖެހޭނީ އެތަން ހެދި ފަރާތުން އެހެން ކަމުން ފައިސާ ނަގައިގެން ދޯ ވާނީ
ނަމީރާ
26 November 2025
ތިތަން އަދި ނެޝިނަލް ލައިބްރަރީ އާއި އެކު ހިތްގައިމު ލައިބްރަރީ އެއް އެތަން އެކޮށް ބޮޑު ލައިބްރަރީ އެޅުން ކިހިނެތްތޯ؟
ބަރަކޫޑާ
26 November 2025
ތިރަށުގައި ފަހާތަނެއް ހެދިއަސް "ގައުމީ" ނުވަތަ "ނޭސަނަލް" ފަހާތަނޭ ކިއިގެންނޫނީ ފަރުޖެހޭގޮތެއް ނޯވޭދޯ. ބިލިއާޑު މޭޒެއް ބެހެއްޓިއިރު އެތަންވެސްކީ "ގައުމީ" ބިލިއާޑު މޭޒޭނޫންތަ.
މުޑަހަންޖާ
26 November 2025
ރަށްރަށު މަސްވެރިން އައިސްކޮޅެއްނެތިގެން އާދޭސްކޮށްކޮށްތިއްބާ ކ.މާލޭއަށް ފިނިމޫސުން ނާންނަ މައްސަލައިގަ އައިސްޕުލާންޓު ހަރުކުރީ އެރަށު ސަލްޓަންޕާކުގަނޫންތޯ. ދެން އެދުވަސްކޮޅު އެރަށު ސަރުކާރުގެ ވިސްނުންހުރީވެސް ފ އަތޮޅު ވިއްކައިގެން ފައިސާކޮޅެއް ރަށަށް ޖަމާކުރަންކަމަށް އަހަރެމެން އަޑުއަހާފަވަނީ.
ދޮހޮއްތު
26 November 2025
ގައިމު ވިދާޅުވި ބޯލިން ކަމައް