ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މީކާއީލް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
26 ނޮވެމްބަރ 2025 - 23:33
ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރާ ދާއިރާތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ގާނޫނުއަސާސީގެ 72 މާއްދާގެ (ނ) ގެ ފަހަތަށް އިތުރުކުރަން ހުށަހެޅުއްވި މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބު ކުރާއިރު، މެމްބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމުލަ އަދަދުގެ 30 ޕަސެންޓު ދާއިރާއަކީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ހާއްސަ ދާއިރާތަކެއް ކަމަށް ކަނޑައަޅަން ވާނެ ކަަމަށެވެ.
އަދި އުމުރުން 35 އަހަރުން ދަށުގެ މީހުންނަށް ރައްޔިތުންގެ މަޖިލިހުން ހާއްސަ ކުރާ ދާއިރާތައް ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާން ކުރަން ވާނެ ކަމަށް މީކާއީލް ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހުގައި ވެ އެވެ.
ރާއްޖޭގައި ޒުވާނުން ކަމަށް ބަލަނީ އުމުރުން 35 އަހަރުން ދަށުގެ މީހުންނެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު 93 ދާއިރާ ތަމްސީލް ކުރާއިރު އުމުރުން 35 އަހަރުން ދަށުގެ މީހުންގެ އަދަދަކީ އެންމެ 11 ޕަސެންޓެވެ. އެކަމަކު، ރާއްޖޭގެ އާބާދީގައި ޒުވާނުގެ އަދަދު 45 ޕަސެންޓަށް އަރާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުން ޒުވާނުންނަށް ހާއްސަ ޕަސެންޓެއް ކަނޑައަޅަން އޭނާ ހުށަހެޅުއްވި ސަބަބެެއް ކަމަށް ވިދާޅުވީ، ރާއްޖޭގެ އާބާދީގައި އެންމެ ގިނަ ބައެއް ހިއްސާ ކުރަނީ ޒުވާނުން ކަމަށް ވިޔަސް މުހިންމު ކަންކަން ނިންމުމުގައި އެ މީހުންގެ ސީދާ ބައިވެރިވުން ވަރަށް ކުޑަވުމުން ކަމަށެވެ. އެހެންވެ، ބޭނުމަކީ ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އެންމެ އިސް ސަފުގައި ހޯދުން ކަމަށް ވިދާޅުވި އެވެ.
"މީގެ އިތުރުން، ޒަމާނަށް އަންނަމުންދާ އަވަސް ބަދަލުތަކާއި ޓެކްނޮލޮޖީ އާއި މުވާސަލާތުގެ ވަސީލަތްތަކާއި ދުނިޔޭގެ ކަންކަމަށް ފުރިހަމަ އަށް ލޯ ހުޅުވިފައިވާ ބަޔަކީ ޒުވާނުން ކަމަށް ވާތީ، މުސްތަގުބަލުގައި ގައުމު ކުރިއަށް ގެންދާނެ ޒުވާނުންނާ ގައުމުގެ މުހިންމު ކަންކަން ހަވާލު ކުރުމުގެ މަރުހަލާތައް ނިޒާމީ ގޮތެެއްގައި ފެށުން، މި ބިލް ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ،" ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް މީކާއީލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާފްމް
28 November 2025
މީކައިލް އަކީ އަހަރުމެންގެ މެމްބަރު. މީކައިލް ގަލޮޅު ދެކުނު ގައި ވެސް މިހާރު ގިނަ ވާނީ 35 އަހަރުން މަތީގެ މީހުން! މިހާރު ގިނަ މިލޭނިއަލްސް 35 އަހަރުން މަތި! މީކައިލް އަށް ވެސް ދެން އަންނަ ދައުރެއް ގައި ކުރި މަތީ ނުލެވޭނެ ގޮތް ތި ހަދަން ހުށަހަޅަނީ. ދެން އަންނަ ދައުރެއް އަންނަން ވާއިރު އެވެ މީކައިލް އަށް 36 އަހަރު ވާނެ! ޒުވާނުން ގެ ޕަސެންޓު މިހާރު އެހާ ބޮޑެއް ނޫން!
ތަކުރު...
27 November 2025
ތިކަމަކާ އެއްބަހެއްނޫން. ރާއްޖޭގެ ޒުވާނުންގެ ހާލަތު މިފަހުން ފެންމަތިވި މައްސަލަތަކުން އެގޭ. މިނިސްޓަރުންގެ ދަރިންނާ، ރައީސްގެ ޒުވާނަް ކަައުންސިލް މެމެބަރުން ތަކުގެ ފެންމަތިވި މައްސަލަތަކަށް ބަލާލީމަ އެގޭ ފެންވަރު. ހަމަ މިހާރުވެސް އޮތްގޮތަށް ކޮންމެ މީހަކަށްވެސް ވާދަ ކުރެވޭ ގޮތަށް ބާއްވަންވީ،
ރޭނީސް
27 November 2025
ކަންކަމަށް ކުފޫ ހަމަނުވަނީސް ތަޖްރިބާ ނެތް ޒުވާނުންނާ ކަންކަން ޙަވާލުކުރުމުން ކަންތައްތައް ގޯސްވަނީ. އަދި ކޮރަޕްޝަން ގައި ވެސް އެންމެ ބޮޑަށް ޖެހެނީ ހަމަ ޒުވާނުން. ވަރަށް ގޯސް ހުށަހެޅުމެއް. މަޖިލިސަން ހޮވޭނީ ރައްޔަތުންގެ ތާއީދު އެންމެ ބޮޑަށް އޮންނަ މީހުން. އެ ނުޖެހޭ ވަކި ޖިންސަކަށް ޚާއްޞަކޮށް ވަކި ޢުމުރަކަށް ޚާއްޞަކުރާކަަށް. ދުނިޔޭގެ ޑިމޮކްރަސީތަކުގައި ވެސް ކުރާ ކަމެއް ނޫން.
ސޭ ނޯ ޓު ނެޕޮޓިޒަމް
27 November 2025
ނަމުގަ ޒުވާނުންނަށޭ ކިޔާ ހުރިހާ މޮޅެއް ނެޕޯ ބޭބީސްއަށް
ފަރަންޖީ
27 November 2025
ޒުވާނަކަސް، އަންހެނަކަސް، ނުކުޅެދޭ މީހަކަސް، މުސްކުޅިއަކަށް، އިއްދާ ގައި އިންމީހަކަސް މަޖީލީހައް ހޮވޭނީ ރައްޔިތުންގެ ތާއީދުއޮތިއްޔާ އަދި މިރާއްޖޭގައިވިއްޔާ ބާހާނެ ލާރި ހުރެގެން.
ދެނޯ
27 November 2025
ޗަކި ޖިންސެއްގެ ބަޔަކަށް މަޖިލީހުން ޕަސެންޓު ޚާއްސަކޮށްފައި އޮތް އޮތުން އުވާލާފަ. މަޖިލީހަށް ކުރިމަތިލެވޭނީ މީހަކާ އިނދެގެން އުޅޭ މީހުން ކަމަށް ކަނޑައަޅަންވެއްޖެ. އުމުރުން 35 ވާއިރުވެސް މީހުނާ ނީނދެ ތިބޭ "ޒުވާނުން" ނަކީ ދިރިއުޅުމެއް ފަށަން ޖެހިލުންވެފަ ތިބޭ ބަޔަކަށް ވަންޏާ ރައްޔިތުންގެ ކަންކަން ނިންމަން މިކަހަލަ މީހުނަށް ފުރުސަތު ދެވިގެން ނުވާނެ.
ފޫހި
27 November 2025
ކަންމަތީ ޒުވާނުންނަށް 10 ސްލޮޓް، މާރުކޭޓް ގޮޅިތަކަށް 10 ސްލޮޓް އިސްރަށްވެހިންނަށް 12 ސްލޮޓް ޓެކްސީ ޑްރައިވަރުންނަށް 5 ސްލޮޓް، އެކަނިވެރިން މައިންނާއި ބަފައިންނަށް 10 ސްލޮޓް، ހުވަފަތް އަނބިންނަށް 10 ސްލޮޓް. މީކާއީލް މޮޔެވެބަލަ. ކަންކަމަށް އިސްކުރަންވާނީ ތަޖްރިބާއާއި ތައުލީމާ ޙިލްމު ހުރި ނަޒާހަތްތެރިން. އެއްވެސް ކެޓަގަރީ އެއް ބޭނުމެއްނޫން. މުޅި ގައުމު ހަލާކުކޮށްފި.
ދަލޭކަ ދައިތަ
27 November 2025
މީ މާކަ ކަމުދާ ސޮރެއްނޫން. 40 ހުން މަތީ މީހަކު ނޫނީ ވައްދާނެކަމެއްނެތް. 50 ހުން މަތިވި ވަރަކަށް ބޮޑަށް ރަނގަޅީވެސް. މިއުޅެނީ ޒުވާނުން ވައްދައިގެން ފައިގަތަޅާ ކުޅެންތަ؟
ކޮންވާހަކައެއް
27 November 2025
ތިތަނަށް ވަންނަން ތައުލީމީ ޝަރުތު ތަކެއް ކަނޑައެޅިއްޔާ މާ ތާހިރެއްނު.. އެއްވެސް ބަޔަކަށް އެއްވެސް ތަނަކުން ވަކި ސްލޮޓް ހަދާކަށް ނުޖެހޭ..
އައްބެ
27 November 2025
ތިގޮތެއްވެސް ކަމަކުނުދޭ. ސެޓްފިކެޓް އެއީ މިހާރު ގަންނަންލިބެން ހުންނައެއްޗެއް. ތިޔަ މަޖިލީހުގެ ތާރީޚަށް ބަލާއިރު ތައުލީމު ހުންނަމީހާވެސް އަމަލުކުރަނީ ވަކިމީހަކު ބުނާގޮތަށް.
ރަގަޅު ވާހަކަ
27 November 2025
އުމުރު މަތި ބެ ތިރިވުމަށް ވުރެ ތައުލީ މާ ގާބިލު ކަން މާ މުހިންމު
ދިގަލި
27 November 2025
ސްކޫލުކުދިންނަށް 20 ސްލޮޓް، މުސްކުޅިރަށްވެހިންނަށް 10 ސްލޮޓް، ހުވަފަތް އަނބީންނަށް 5 ސްލޮޓް. މީ އަޅެފަހެ މިހެން ބަހަން އޮންނަ އެއްޗެއްތަ މީކާއީލު ދޫންޏާ