މިއަހަރުގެ ދެ މިލިއަން ވަނަ ޓޫރިސްޓު ބެތަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
27 ނޮވެމްބަރ 2025 - 14:28
ހަނީމޫނަށް، ރާއްޖެއަށް އަލަށް އައި ބެތަނީ ސާރާ ކާސްވެލް މި އަހަރުގެ ދެ މިލިއަން ވަނަ ޓޫރިސްޓަށްވެ ދަތުރު އިތުރަށް ހާއްސަވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ބެތަނީ ސާރާ ކާސްވެލް، 30، ފިރިމީހާއާ އެކު ހަނީމޫން ހޭދަކުރަނީ އައުޓްޓްރިގާ މާފުށިވަރު ރިސޯޓުގަ އެވެ.
ވިޒިޓް މޯލްޑިވްސް އިން އޭނާއަށް މަރުހަބާ ކީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާ އެކު އެވެ. އަދި އެކަން ފާހަގަކުރުމުގެ ގޮތުން އޭނާއަށް ހާއްސަ ހަދިޔާތަކެއް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ސްޓޭންޑަޑް މޯލްޑިވްސް ރިސޯޓުގެ ހަފްތާއެއްގެ ޗުއްޓީއެއް ހިމެނެ އެވެ.
ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
އިނގިރޭސިވިލާތަކީ ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން 177،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ދެ މިލިއަން ވަނަ ޓޫރިސްޓު ހަމަވީ ޑިސެމްބަރު 26 ގަ އެވެ. މި އަހަރު އެ އަދަދު ހަމަވީ އޭގެ އެއް މަސްކުރިންނެވެ.
ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މިހާރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވެފަ އެވެ.
ސަރުކާރުގެ މިއަހަރުގެ ފުރަތަމަ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެކަމަކު އެ އަދަދު ރިވައިޒްކޮށް ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކަލޯ
27 November 2025
ބަންގްލާދޭޝް މީހަކު ލައްވާނުލާތަ؟
ލަޠީ
27 November 2025
މީ އަޅެ ހެއްވާ ކަމެއް ނޫންތަ؟ އެއް މިލިއަން ވަނަ ހޮވިޔަސް ހޮވެނީ ޒުވާން ރީތި އަންހެން ކުއްޖެއް. ދެ މިލިއަން ވަނަ އަށް ވެސް ހޮވެނީ ރީތި ޒުވާން އަންހެން ކުއްޖެއް. މިއީ ވަނަ ދޭން ތިބޭ ފިރިހެނުންގެ ލޮލުން މިންކޮށްގެން ދިމާވާ ކަމެއްބާ؟ ބަލައްޗޭ އަންނަ އަހަރުވެސް ހަމަ 2 މިލިއަން ވަނައަށް ހޮވޭނީ ރީތި ޒުވާން އަންހެން ކުއްޖެއް. ބަޔަކު ހަމަ އަވަދިވެދާނެ މި އިއްތިފާޤަކާ ހެދި.
ޒުވާން
27 November 2025
އެކުއްޖާ ހަމަ އެހާ ޒުވާންތަ؟
ކޮރަލް
27 November 2025
ދެ މިލިއަން ވަނަ ޓޫރިސްޓަށް ވުމުން އެމީހުންނަށް ލިބުނު ފައިދާ އަކީ ކޮބާ ތޯ އެވެ.
ތިއްތަ ކަންމަތި
27 November 2025
އަޅެބަނގުލަދޭސް ކުއްޖަކު ހޮވިނަމަ
މޮޑަން
27 November 2025
ކޮބާހޭ 7 މިލިއަން ކޭޓާ ކުރެވޭގޮތަށް ހެދި ޓާމިނަލުން ލިބޭ ކުރިއެރުމަކީ. އަންނަ އަހަރަށްވެސް 2.4 ކަމަށް އެބުނަނީ.
އަހްމަދުު
27 November 2025
ކެއްކޮށްބަޔަ.... މީ އޯވަރނައިޓަކުން ވާނެ ކަމެއްނޫނޭ.
ހުސްހޮޅި
28 November 2025
ތި ރަށު ހާބަރު ހެދި ދުވަހު ލޯންޗުތައް އަޅާ ފުރިފަތަ އޮތީ؟
އަކްމެޑް
27 November 2025
5 ލައްކަ ފަތުރުވެރިން އައިއިރު ޑޮލަރު 12 ރުފިޔާ 1 މިލިއަން ފަތުރުވެރިން އައިއިރު ޑޮލަރު 17 ރުފިޔާ 2 މިލިއަން ފަތުރުވެރިން އައިއިރު ޑޮލަރު 20 ރުފިޔާ
އަހަންމާކަލޯ
27 November 2025
3 މިލިއަން ފަތުރުވެރިން އައީމާ ޑޮލަރެއް 28، 4 މިލިއަން ޑޮލަރެއް 36، 5 މިލިއަން 42، 6 މިލިއަން ޑޮލަރެއް 50، 7 މިލިއަން ޑޮލަރެއް 58 މިހާރުގެ ޓަރމިނަލް ކެޕެސިޓީ ހަަމަވީ، ކިރު ދަޅެއް 2000 ރުފިޔާއަށް، ފްލެޓެއް ގަންނަން ލިބޭ އަގު 30 މިލިއަން ރުފިޔާ ކަމެއް ޑޮލަރު ކަމެއް ވެސް ނޭނގޭ
ކޮރަލް
27 November 2025
ސިޔާސީ މީހުން ބަޖެޓް ހަދަނީ އެއަށް ބަލައިގެންނެވެ.ދަރަނި އޮތަސް ކޮންމެ އަހަރަކު ބަޖެޓް ބޮޑުވާނެ އެވެ
ލަސް
27 November 2025
ޓާގެޓަށް ވާސިލުނުވާނެހެން ހީވީމަ ޓާގެޓް ބަދަލުކޮށްލީ، ކޮންމެ ކަމެއްގަވެސް ނުސީދާގޮތެއް.