ތޫފާން "ދީތުވާ" ފެންނަ ސެޓެލައިޓް ފޮޓޯއެއް. އެ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާއާ ދިމާލަށް
28 ނޮވެމްބަރ 2025 - 14:46
ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން "ދީތުވާ" އިންޑިއާގެ ދެކުނު ސަރަހައްދާ ދިމާލަށް ދަތުުރުކުރަމުން ދިޔަ ނަމަވެސް އެ ތޫފާނުގެ ސަބުން ރާއްޖޭގެ މެދުތެރެެ އާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިރިއޮލޮޖީ ސާވިސް (މެޓް އޮފީހުން) މިއަދު ބުނެފި އެވެ.
މެޓުން ލަފާކޮށްފައި ވަނީ މެދުރާއްޖެތެރެއިން ފެށިގެން އައްޑުއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މެޓް އޮފީހުން ބުނީ ތޫފާން މިހާރު ހުރީ ތުރާކުނުގެ އިރު އުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ސްރީ ލަންކާގެ އައްސޭރިފަށުގައި ކަމަށެވެ. ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ ޓެމިލްނާޑޫ އާއި ޕޫޑްޗެރީ އާއި އަންދުރަޕްރަދޭޝްގެ އައްސޭރިފަށާ ދިމާލަށް ކަމަށް ވެސް އެ ޕޯސްޓްގައި މެޓް އޮފީހުން ބުންޏެވެ.
Tropical Cyclone "Ditwah" over Sri Lanka is moving north-northwestwards, towards the north Tamil Nadu, Puducherry, & adjoining south Andhra Pradesh coasts of India. pic.twitter.com/yu2TD1TJSb
— Maldives Meteorology (@MetMaldives) November 28, 2025
"ތޫފާނާ ގުޅިގެން ހުދު ސަމާލު ނެރެވުނީ މެޓް އޮފީހުގެ އެލާޓް ދަރަޖަކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުންނެވެ،" މެޓް އޮފީހުގެ ޕޯސްޓްގައި ބުންޏެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ.
ތޫފާން ދީތުވާގެ ސަބަބުން އަވަށްޓެރި ސްރީ ލަންކާއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، 50 އަށް ވުރެ ގިނަ މީހުން މަރުވެ، ބޮޑެތި ގެއްލުންތައް ލިބުނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
28 November 2025
ކ.އަތޮޅު މާލެ ވެސް އޮންނަނީ މެދު ރާއްޖެ ތެރޭގައި. ދެން ކީއްވެ މާލެއަށް ވިއްސާރައިގެ އަސަރު ކުރާނެކަމަށް ބުނެފައި ނެތީ؟! އަނެއްކާ މާލެ ފެނު އަޑީގައި މިއޮތީ ތިޔަ ވިއްސާރަ އާއި ގުޅުމެއްނެތް ވިއްސާރައެއްގެ ސަބަބުންތޯ؟