އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ހޯއްދަވަން ޔާމީން ފިނޭންސަށް ސިޓީއެއް ފޮނުއްވީ މި މަހުގެ 10 ގައި.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށްވާ ފައިސާ މިހާތަނަށް ވެސް ޔާމީނަށް ދީފައި ނުވާތީ އެ ފައިސާ ހޯދަން ވަނީ ހުށަހަޅުއްވާފައި. - ފޮޓޯ: ނިޝާން އަލީ / މިހާރު
28 ނޮވެމްބަރ 2025 - 18:02
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މިއަދާ ހަމަޔަށް، ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް އެ މަނިކުފާނު ހުށަހަޅުއްވާފައިވާކަން އެނގިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން ދޫކުރާ މި ފައިސާ އާއި ބޭސްފަރުވާ އަށް ވެސް ނޮވެމްބަރު 17، 2018 ގައި ވެރިކަން ނިމުނީންސުރެ ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ރޭ ޖަލްސާގައި ޔާމީން ވަނީ ދިފާއުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު މިއަދު ވިދާޅުވީ ޔާމީން އޮފީސް ހިންގުމުގެ ހަރަދަށް ފައިސާ ހޯއްދަވަން ހުށަހެޅުއްވީ މި މަހުގެ 10 ވަނަ ދުވަހު ސީދާ ޔާމީން ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީ އަށް ފޮނުއްވި ސިޓީއެއްގައި ކަމަށެވެ.
އިޖުތިމާއީ ކަންކަން ކުރުމަށް ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ފައިސާ ދޫކުރަނީ އެކަމަށް ފައިސާ ހޯދަން އެ ބޭފުޅަކު ހުށަހެޅުއްވުމުންނެވެ. އެހެންވެ، މިހާތަނަށް ވެސް ޔާމީން ހުށަހަޅުއްވާފައި ނުވާތީ އެ ފައިސާ ދޫކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ފައިސާ، ބެކްޑޭޓް ކޮށްފައި ދޫކުރުމާ ބެހޭ ގޮތުން ގާނޫނީ ލަފާ ހޯދަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ. އެ ލަފަޔަށް އެދިފައިވާކަން ބަންޑާރަ ނައިބުގެ އޮފީހުން "މިހާރު" އަށް މިއަދު ކަށަވަރު ކޮށްދިނެވެ.
"އެފަދަ ލަފަޔަކަށް ވަނީ ފިނޭންސުން އެދިފައި. އެކަމަކު މިހާތަނަށް އަދި އެކަމުގައި ލަފައެއް ނުދޭ،" ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ކޮންމެ ބޭފުޅަކަށް ދައުލަތުން މަހަކު 175،000ރ. ލިބޭނެ އެވެ. މި ރޭޓުން ބަލާއިރު ޔާމީނަށް 14.7 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ ބޭފުޅަކު ބޭނުންވެއްޖެ ނަމަ މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖައްސަން ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭން ވާނެ ކަމަށެވެ.
ނަމަވެސް ޖަލުގައި ގިނަ ދުވަސްތަކެއް ވެސް ހޭދަކުރައްވާފައިވާ ޔާމީން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮފީސް ހިންގުމުގެ ހަރަދު ހޯއްދަވަން ދައުލަތުގައި އެދިވަޑައިގެންފައި ނުވާ ކަމަށް އެނގިފައިވެ އެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު ނުނަންގަވާ ކަމަށް ވިދާޅުވެ، ދިފާއުގައި ޔާމީން ރޭ ވާހަކަ ދެއްކެވިއިރު އެ ހަރަދަށް މިހާތަނަށް ޖެހޭ 14.7 މިލިއަން ރުފިޔާ ހޯއްދަވަން ފިނޭންސް މިނިސްޓްރީ އަށް ސިޓީފުޅެއް ފޮނުއްވި ވާހަކަ ވެސް ހާމައެއް ނުކުރައްވަ އެވެ.
އޮފީސް ހިންގުމުގެ ހަރަދާއި ބޭސްފަރުވާއަށް ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ޔާމީން ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި އިނގުރައިދޫގެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ޔާމީނަށް ދެއްވި ބަހުގެ ހަމަލާތަކާ ގުޅިގެންނެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ފަލާހް ވިދާޅުވީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކަނޑައަޅާފައިވާ ފައިސާ ބޭނުން ނުކުރެއްވިޔަސް ޔާމީންގެ ގެކޮޅުގައި ސިޔާސީ މަސައްކަތް ކުރަނީ ދައުލަތުން ފައިސާ ލިބިގެން ކަމަށެވެ.
"އެހެންވީމާ ހަގީގަތުގައި އެ ގޭގޭގައި ވެސް މި އިނާޔަތް ނުދިން ކަމުގައި ވިޔަސް އޮފީސް ހިންގުމަކީ ހަމަ ދައުލަތުން ފައިސާ ދީގެން އޮފީސް ހިންގުން ކަމަށް ރައްޔިތުންނަަށް ބެލެވެނީ،" ޔާމީންގެ ގެކޮޅަކީ ނުހަައްގު ފައިސާއިން ބިނާކުރެއްވި ތަނެއް ކަމަށް ތުހުމަތުކުރައްވަމުން ފަލާހު ވިދާޅުވި އެވެ.
އޮފީސް ހިންގުމުގެ ހަރަދާއި ބޭސްފަރުވާއަށް ޔާމީން ފައިސާ ނުނެންގެވި ނަމަވެސް ގާނޫނުގައި ބުނާ އެހެން އިނާޔަތްތައް ޔާމީނަށް ދައުލަތުން ދެ އެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ހިސާބުތަކަށް ބަލާއިރު ޔާމީން ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތުގެ ގޮތުގައި 8.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ވެރިކަން ބަދަލުވި ފަހު އަހަރު ކަމަށްވާ 2019 އިން ފެށިގެން ދިިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ އަހަރަކު 600،000ރ. ޔާމީނަށް ދައުލަތުން ދޫކޮށްފައި ވެ އެވެ. އަދި މާލީ އިނާޔަތަށް ވެސް ކޮންމެ އަހަރަކު ހަމަ އެ ވަރަށް އަންނަނީ ފައިސާ ދޫކުރަމުންނެވެ.
ވެރިކަން ބަދަލުވި އަހަރު ވެސް ދިރިއުޅުއްވާ ތަނުގެ ހަރަދަށް 73،000ރ. އަދި މާލީ އިނާޔަތަށް ވެސް 73،000ރ. ދައުލަތުން ޔާމީނަށް ދޫކޮށްފައި ވެ އެވެ.
މަނީ ލޯންޑަރިން އާއި ޚިޔާނާތުގެ ކުށުގައި ޔާމީން ޖަލުގައި ބަންދުކޮށްފައި ހުރި ދެ އަހަރުގެ މުއްދަތުގައި ނުލިބި އޮތް 2.4 މިލިއަން ރުފިޔާ ވެސް ޔާމީން ވަނީ އިސްތިއުނާފް މަރުހަލާގައި ޖަލުން ސަލާމަތްވުމާ އެކު ހޯއްދަވައިފަ އެވެ. އެ ފައިސާ ހޯދަން ހުށަހެޅުއްވުމުން ޖެނުއަރީ 2022 ގައި ޔާމީން އޭރުގެ ސަރުކާރުގައި ވަނީ ފައިސާ ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
30 November 2025
އެއީ ހައްގުވާ އެއްޗެއް ހުށަހަޅާފައި އޮތީ! އެކަމަކު 2 ސަރުކާރަކުންވެސް ފައިސާއެއް ދުލެއް ނުކުރި. ޔާމީން އެވިދާލުވަނީ ތެދުފުޅެއް، ދައުލަތުން އެއްވެސް ލޯލާރިއެއްވެސް ނުނަންގަވާ އެމަނިކުފާނުގެ މަސައްކަތްޕުޅުތަކާއި ޗެނަލް ތޭރަ ހިންގަވަމުން ގެންދަވަނީ!
ލުތުފ
30 November 2025
އިޖްތިމާޢީ މަސއްކަތަކަށް މިބޭފުޅާ ކުރެއްވީ ކޮންކަމެއްތޯ! މިބޭޅާ އެކަންޏެއްނޫން، ކުރީގެ ހުރިހާ ރައީސުންވެސް މިފައިނާ ނަނަގަވައިގެން ކުރައްވާކަމެއް އެބަޖެހޭދޯ އެގެން. އެއްވެސް ކަމެއް ނުކޮށް، ގަނޑުކޮށް ފައިސާ ދޭންޖެހޭކަމަށް ގަބޫލެއްނުކުރެވޭ.
ބަޑިތަކުރު
30 November 2025
14.7 މިލިޔަނަށް ވުރެ ބޮޑު އެއްޗެއް، 15 މިލިޔަން މަދުވެގެން އެކައުންޓްތަކަށް މާކުރިން އޮތީ ވައްދާފަނޫންތޯ. އަކުރު ފުރޮޅައިގެން އޭތިކޮޅު ނުދީވީމާ ޝުކުރުކޮށްބަލާށެވެ. އޭގެން ތިޔަބުނާ އޮފީސްވެސް ހިންގޭނެތާއެވެ.
އޮޑިހަނު
30 November 2025
މުޖުތަމައު އަށް ފައިދާ ހުރި ކަންކަން ކުރާ އޮފީސް ހިންގަން ދޫކުރާ ފައިސާއަކުން އެކަންކަން ކުރޭތޯ ބަލާ އޮޑިޓް ކުރެވެން ޖެހޭނެ. ނުހިންގާނަމަ ތިޔަ ފައިސާ ޔާމީނަކަށްވެސް އެހެން ރައީސަކަށްވެސް ލިބިގެން ނުވާނެ. ކުރިން އެހެން ރައީސުންނަށް ދީފަ ހުރި ފައިސާވެސް އޮޑިޓްކޮށް، ޚިޔާނާތްތެރި ވެފައިވާނަމަ ފައިސާ އަތުލާ އަދަބުވެސް ދެވެން ޖެހޭން. ރައްޔިތުންނަށް ބަލަދު އަރާފަ ތިބި ބޭރަށްހިންގާ ގެރިތަކެއްގެ ވާހަކަ ކިޔާހެންވެސް ހީވޭ.
ވަންޗޫ
29 November 2025
ސުވާލަކީ މިމަނިކުފާނު އޮފީހެއް ހިންގެވިތޯއޭ މިހަރަދުދޭން؟ ނުހިންގާ އޮފީހަކަށް ކޮން އޮފީސް ހިންގުމުގެ ހަރަދެއްތޯ ދޭން ޖެހެނި؟
ދިގަލި
29 November 2025
ޖަލުގައި ކުށްވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރަށްވެސް އޮފީސް ހިންގުމުގެ ޚަރަދު ޔާމީނަށް ދޭން ޖެހޭނަމަ ދެން މަށަކަށް ނޭނގެ.
ފާމުލަދޭރި ކިލެގެފާނު
29 November 2025
ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ފައިސާ ދޫކުރަނީ އެކަމަށް ފައިސާ ހޯދަން އެ ބޭފުޅަކު ހުށަހެޅުއްވުމުން ކަމަށްވާއިރު، އެކަމަށް ރަޢީސް ޔާމީން އެދިވަޑައިގެންފައި ނުވުމަކީ އެ ގާނޫނުގެ ދަށުން ފައިސާ ލިބެން ނުޖެހޭ ކަމެއްކަން، އެމަނިކުފާނުގެ ގާނޫނީ ޓީމުން ދަންނަވާފައި ނުވުމަކީ ގާނޫނީ ޓީމުން ރައީސް ޔާމީނަށްދިން ދޯކާއެއް. ފައިސާ އަކީ އޮފީސް ހިންގެވުމަށްދޭ އެއްޗެއް. އޮފީހެއް ހިންގެވީތީދޭން އޮންނަ އެއްޗެއްނޫން.
ރަދީފްއޮފިޝަލް /
29 November 2025
މީގަ ގޯހީ ގާނޫނުތައް ހެދި / ހަދާ މީހުން.އެމީހުން ނުޖެހޭ ކޮންމެހެން ރައީސްކަން ކުރި މީހުންނަށް އޮފީސް ހިންގަން ފައިސާ ލިބޭ ގޮތަށް ގާނޫނުގަ ލިޔަން.އެމީހުން ގައުމަށް ކުރި ހިދްމަތުގެ ރަމްޒެއްގެ ގޮތުން މީހަކަށް 50000ރ ދިނީމަ އެންމެ ރަނގަޅު.މީގެ އިތުރު އެއްވެސް އެއްޗެއް ދޭކަށް ހިތަދޫ އުތުރު ދާއިރާގެ ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެން ގަބޫލެއް ނުކުރަން.ވ.ވެދުން
ގޮނުއަނގަ
29 November 2025
އެއީ ޙައްޤެއްނޫން. ހަޤީޤަތުގައި އެއްވެސް ރައީސަކު ވަކިވަނީ އަބުރުވެރި ކަމެއް ގައެއްނޫން. ރައްޔިތުން އެމީހަކު ފައްސާ ދުރަށް ލާފަ ތިބި މީހުންނާ ދެން ނުވާނޭ ގޮވަމުން ދުވެ ރައްކާވުމަށް ގަހު މުޅި ޤައުމުގައި ހުޅުޖަހަމުން ދުވި މީހުން ތިބީ. އެންމެ ރުފިޔާއެއްވެސް ދޭގެން ނުވާނެ.
ގޮނުއަނގަ
29 November 2025
ސުވާލަކީ މަނިކުފާނު ކުރީގެ ރައީސަކަށް ހުންނަވާފައި ވަކި ވުމުން އޮފީހެއްް ހެއްދެވީ އިޖުތިމާއީ ކޮން މަސައްކަތެއް ކޮށްދެއްވަންތޯ. ކޮށްދެއްވީ ކޮން މަސައްކަތެއްތޯ. މަނިކުފާނު ތިޔަ ކުރަންވަން އުޅުއްވާ ކަމަކީ މުއިއްޒު ފެލާލަން ކުރައްވާ މަސައްކަތެއްތޯ. ނޫނީ ދިވެހި ރައްޔިތުން ހަނާކުރަން ބޭނުންވެގެން ކުރައްވާ ކަމެއްތޯ. މިހުރިހާ ދުވަހެއްވަންދެން އެފައިސާ ނުނަންގަވާ ތިޔަ ހުންނެވީ އެފައިސާ ނުނަގާނަމޭ ވިދާޅު ވެވިފައި އޮތީމާތޯ.
މަބުނީ
29 November 2025
މުއިއްޒު އާއި ޓިނޭ ގެ ބައިގަނޑު ރިޔާސީ އިންތިހާބުގައި ޔާމީނޭ ފަޅޮލޭކިޔާއިގެން މަކަރާއި ހީލަތުން ފޭރުނު ފޭރުން އެއީ ފެލާލުމެއް ނޫންތޯ؟