ޚަބަރު / ރާއްޖެ-ލަންކާ

ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި މަސްދަޅު ހަދިޔާކުރަނީ

29 ނޮވެމްބަރ 2025 - 08:41

16 comments

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެތައް ބަޔަކު މަރުވެ، ލިބިފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގެ ރައްޔިތުންނަށް މި އެހީ ދިނުމަށް މި ނިންމީ، 'ޑިޓްވާ' ތޫފާން ގެ ސަބަބުން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މި އުނދަގޫ ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ހަވާލާދީ އެ ބަޔާނުގައި ބުންޏެވެ.

"އަދި ރާއްޖެއިން އުއްމީދުކުރަނީ މި ފޯރުކޮށްދިން އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރަކަށް ލުއިކަމެއް ލިބޭނެ ކަމަށެވެ،" އެ ބަޔާނުގައި މިނިސްޓަރު ވިދާޅުވި އެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހަކު މަރުވެފައި ވާއިރު، މިހާތަނަށް 34 މީހަކު އެ ހާދިސާގައި ވަނީ ގެއްލިފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި ދިރިއުޅޭއިރު، ވިއްސާރައާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިގެން އަދި މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިގޮތުން، ލަންކާގެ ނުވަރަ އެލިޔާގައި ތިބި ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން އުޅުނު ނަމަވެސް، މިހާރު އެ އާއިލާއާ ގުޅިފައިވާ ކަމަށާއި، އެ މީހުން ސަލާމަތުން ތިބި ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.

ލަންކާގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ހައި ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށާއި ބޯކޮށް ވާރޭވެހި އަދި ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ ސާމާނުތައް ރައްކާތެރިކޮށް ބެހެއްޓުމާއި މޮބައިލް ފޯން ޗާޖްކޮށް، މުހިންމު ލިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަން ވެސް އެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފަ އެވެ.

16 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 89%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑެބީ

29 November 2025

ސިޔާސީ ކަންކަމަށާއި ޖަލްސާތަކަށާއި ހަވާއަރުވާލަން މިލައަނުން މިލިއަނުން ހޭދަކޮށްލެވޭ. އެންމެ ގާތް އެއްގައުމުގައި ބޮޑު ކާރިސާއެއް ކުރިމަތި ވެގެންއުޅޭއިރު 50000 ޑޮލަރު.

The name is already taken The name is available. Register?

ފަރދން

29 November 2025

މީގައި މުހިއްމީ އިސްނެގުން. ޝުކުރިއްޔާ ރައީސް. އަޅުގަނދުމެން ދިވެރި ރައްޔިތުންގެ ފަރާތުން ތިޔަކޮށއދެއްވާ މައްސައްކަތަށް. ކިތަންމެ މަދުމިންވަރަކުންވެސް ހެޔޮފޯރުވޭނެ. މަދުމިންވަރެއް ދޭންލަސްކުރާމީހަކަށް ގިނަމިންވަރެއްވެސް އޮންނާނީ ނުދެވިފައި

The name is already taken The name is available. Register?

ހަސަންރަހާ1

29 November 2025

އުމްބަޅަކަޑަ (ހިކިމަސް) ނޫނީ ލޮނުމަސް މާބޮޑަށވެސް ކަމުދާނެ! ދިވެހި ދަޅުމަހަށް އެވެރިން މާ ފޯރިއެއް ނުހުރޭ!

The name is already taken The name is available. Register?

ޖަލީލީ

29 November 2025

ހަބޭހަށް ލިބޭ އިރުވެސް ގައުމުގެ މީހުން ކައިފަ އެހެންބަޔަކަށް ދޭނެ އެއްޗެއް ނޯވޭ. ލަދުން މަރޭ.

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން ޕީ.އެން.އެފް

29 November 2025

ލަންކާ މީހުންނާއި ދޭތެރޭ ރާއްޖޭ މީހުން އަބަދުވެސް ކަންތައް ކުރަނީ ހެޔޮކޮށް! ނަމަވެސް ލަންކާގަ ތިބޭ ދިވެހިންނަށް ލަންކާ މީހުން މާކަ ރަނގަޅެއް ނޫން! ލަންކާ ވިސާ ލިބެނީ 1000 ނުވަތަ 15000 ޑޮލަރު މާރު ކުރި ކަމުގެ ހެކި ދައްކައިގެން! މިއީ އުވާލަން ޖެހޭ ކަމަކަށް ވަނީ ރާއްޖޭގަ ތިބޭ ލަންކާ މީހުން މިފަދައިން ކަންތައް ކުރަން ނުޖެހޭތީ! ރިސޯޓު ތަކުގެ ހުރިހާ އެކައުންޓަންޓުން ނަކީ ލަންކާ މީހުން! ނަމަވެސް ލަންކާ ގަ ތިބޭ ރާއްޖޭ މީހުންނަކަށް ލަންކާ އަކުން ނުބަލާ!

The name is already taken The name is available. Register?

ހުސެން676

29 November 2025

ދިވެހިންގެ ކުއްތަކައް އަރާގަންނާތީ ގައުމުތަކުން ދަތިކުރަނީ...އެކަމަކު ތެދެއް..ރާއްޖެވެސް އަދި ލަންކާއަކައް ނޭގޭ ގުޅިގެން މިސަރަހައްދުގަ އުޅެން..އެހެންނަމަ ހާދަ ތަރައްގީވާނޭ...

The name is already taken The name is available. Register?

ޗެން

29 November 2025

މާކުޑަ. މައުމޫނު އިރުގައިވެސް އެހާވަރުދޭ. ރާއްޖެޔަށް ވަރަށް ގިނަ ފައިސާ ލިބޭ. އެއަށް ވާނުވާ ނޭނގެނީ.

The name is already taken The name is available. Register?

ނަގިއްޔާ

29 November 2025

މިވަރު ގޯހެއްނުން. މާބޮޑުއެއްޗެއްވެސް ކިހިނެއްދޭނީ އެއަށްވުރެ މާބޮޑެތި އެއްޗެހި ކޮރަޕްޝަނުގެ ގޮތުގައި ނާގާމީހުން އެހާގިނަ. މިހާރު ބޭރުން އެއްޗެއް ގަނެވޭކަށްނޯވޭ މިދުއްޕާނަކާހެދި. ފަންސުރުބޮނޑިއެއްގަތަސް އެއްއިންޗި ބޯމިނަށް އޭގައި ހުންނާނީ ކޮރަޕް ކަޓުގެ ތެޔޮބޮނޑިއެއެއް. އަނެއްހެން ބުނާނަމަ އަދީބުންގެ އުނދަގޫ. ކުދިކުދި އަދީބުންނާ ބޮޑެތިއަދީބުންގެ އުނދަގޫ، އެކަހަލަ ބަޔަކުނޫޅޭނަމަ އަދިވެސް ބޮޑުކޮށް އެހީވެވްނީސް!!

The name is already taken The name is available. Register?

ޖެރާ

29 November 2025

ވަރަށް ރަގަޅު

The name is already taken The name is available. Register?

ރަމަ

29 November 2025

50000 ޑޮލަރު އެއީ ނަމަކަށްދޭއެއްޗެއްތަ!

The name is already taken The name is available. Register?

ސަެރެންދީބާ

29 November 2025

ރާއްޖެ ކަހަލަ ދަރަނިވެރި ފަގީރު ގައުމަކުން 50000 ޑޮލަރު އަސްލު ބޮޑު! އެކަމަކު އެހީތެރި ވާންޖެހޭނެ!

The name is already taken The name is available. Register?

ކަލޭގެސަން

29 November 2025

ރާއްގެއަކި ފަގިރު ގައުމެއް ނޫން. ރާއްޖެއަކީ އަމިއްލަ އެދުމުން ފުރިގެންވާ ވިޔަފާރިވެރިންނާއި، ސިޔާސީ މީހުންނާއި، ހިންގަން ނޭނގޭ ގަމާރުންގެ ތަނެއް. ވަކި ބަޔަކު އަހަރުންގެ ގުދުރަކީ މުއްސަނދިގަން ބޭނުންކޮއްގެން ލިބޭ ޑޮލަރު ބަނޑުއަޅައިގެން ފޮރުވައިގެން އުޅޭ ތަނެއް. ލަންކާ އަކީ އަހަރުންގެ ގާތް ބަޔެއް، އަބަދުވެސް އެކަން އޮތީ އެހެން. އަހަރުންނަށް އަސްލު މަސްދަޅު ނޫން އެހީ ވެވެން ޖެހޭނެ.

The name is already taken The name is available. Register?

އާދަނު33

29 November 2025

ހިސާބަށްވުރެން ކޮރަޕްޝަނާ ބޭކާރު ސިޔާސީމަޤާމްތަށް ގިނަވީމަ ވާނީއެހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454