ޚިޔާލު

ތިމާވެއްޓަށް ވުރެ އިންސާނުން މުހިންމު ތަ؟

ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަނީ.

01 ޑިސެމްބަރ 2025 - 07:27

19 comments

ތިމާވެއްޓަށް ވުރެ އިންސާނުން މުހިންމީ ހެއްޔެވެ؟ ނުވަތަ އިންސާނުންނަށް ވުރެ ތިމާވެށި މުހިންމީ ހެއްޔެވެ؟ މިއީ މިހާރަކަށް އައިސް ބަހުސްކުރެވޭ މައުލޫއު އެކެވެ. އަޅުގަނޑަށް މި ސުވާލު ވަނީ އަންތަރީސް ވެ، ހައިރާންވާ ވަރުގެ ސުވާލަކަށެވެ. އެހެނީ މިއީ އަޅުގަނޑުމެން "އަޅުގަނޑުމެންގެ ހަށިގަނޑަށް ވުރެ ހިތް މުހިންމީ ހޭ؟" ސުވާލު ކުރުން ފަދަ ކަމަކަށް ވާތީ އެވެ.

ޝައްކެތް ވެސް ނެތެވެ. ތިމާވެއްޓަކީ އަޅުގަޑުމެންގެ ހަށިގަނޑުގައިވާ ހިތެވެ. އަޅުގަނޑުމެންގެ ޖިސްމަށް ހިތް ނެތި ނޫޅެވޭނެ ފަދައިން އަޅުގަނޑުމެންނަށް ތިމާވެއްޓަކީ އެއާ ނުލައި އަދި އެ އަށް ފަރުވާ ކުޑަ ނުކުރެވޭނެ ކަމެކެވެ. މި ޖަޒީރާ ރާއްޖޭގެ ކޮންމެ ދިވެއްސަކަށް ވެސް ދުނިޔޭގެ އެހެން އިންސާނަކަށް ވުރެ ބޮޑަށް މުހިންމު ވާންވީ ތިމާވެއްޓެވެ. އަޅުގަނޑުމެން ތިމާވެއްޓަށް އަހަންމިއްޔަތުކަން ނުދޭ ނަމަ ކުރިމަތިވާން އޮތް ކާރިސާތަކާއި ހުށަހެޅިދާނެ ގޮންޖެހުންތަކަކީ އެ ކަމާ މެދު އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ތިމާވެށީގައި އަޅުގަނޑުމެން ދިވެހީން އިސްނަގައި، މިކަމުގައި ދުނިޔޭގެ ލީޑަޝިޕް ނުދައްކައިފި ނަމަ މި ލޮބުވެތި ވަތަން އަޅުގަނޑުމެންގެ އަތުން ދޫވެ، ބީވެދާނެ އެވެ. އަޅުގަނޑުމެންގެ ދަރީންނަށް އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު ހަވާލުކުރަންޖެހޭ މި ގައުމު އަޅުގަނޑުމެންނަށް ހަވާލު ނުކުރެވި، އެ ކުދީންގެ މުސްތަގުބަލު ބަރުބާދު ވެދާނެ އެވެ. އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔަން އެހެން ބަޔަކު އިސްވާނެ ފަދަ "ތިމާވެށީގެ ރެފިއުޖީން" ގެ ގޮތުގައި ހާލަތު ބަދަލު ވެދާނެ އެވެ. ތިމާވެށި އަޅުގަނޑުމެންނާ އިދިކޮޅަށް އެނބުރުމުގެ ކުރިން އަޅުގަނޑުމެން ތިމާވެއްޓަށް އަޅާލަން ޖެހެ އެވެ.

ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ފެންނާން ހުރި މެންދުރުގެ އިރު ފަދައިން ސައިންސުން ހެކި ދޭ ކަމެކެވެ. ދުނިޔެ އަށް ކުރިމަތިވާ މޫސުމީ ކާރިސާތަކާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަކީ، މި ކަން ސުބޫތު ކުރެވޭ ކަމެކެވެ. އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ ހަގީގަތެކެވެ. މި ހަގީގަތް ބަދަލުކުރުން އޮތީ އަޅުގަނޑުމެންގެ މި ޖީލުގެ އަތްމަތީގަ އެވެ.

ތިރީގައި ވޯލްޑް މީޓިއޮރޮލަޖީ އޮގަނައިޒޭޝަން އިން އާންމު ކޮށްފައިވާ މައުލޫމާތަށް ބެލުމުން އެނގޭ ހަގީގަތަކީ، ދުނިޔޭގެ ހޫނުމިން ދަނީ އިންތިހާ އަށް ނުދާ ވަރަށް އަހަރުން އަހަރަށް މަތިވަމުންނެވެ.

ދުނިޔޭ ހޫނުވަމުންދާ ވަރު ދައްކުވައިދޭ ޗާޓް (ވޯލްޑް މީޓިއޮރަލަޖީ އޮގަނައިޒޭޝަން)

ދުނިޔޭގެ މޫސުމީ ބަދަލުތައް ތަހުލީލު ކުރަމުން އަންނަ އދ. އިން ކަނޑައަޅާފައިވާ ޕެނަލް ކަމުގައިވާ "އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު"ގައި ހިމެނޭ ދުނިޔޭގެ އެންމެ ފުންނާބު ސައިންޓިސްޓުން އެއް އަޑަކުން އެ އިންޒާރު ދެނީ ދުނިޔެ ހޫނުވަމުން ދަނީ އިންސާނުންގެ އަމަލު ތަކާ ހެދި ކަމެވެ. އަނެއްކޮޅުން ކަނޑުގެ ހޫނުމިން އިތުރުވެ، ކަނޑު އަޑީގައިވާ މުރަކަތަކަށް ހުދުވުމުގެ ނުރައްކާ ދަނީ އިންތިހާ އަށް ބޮޑު ވަމުންނެވެ.

ތިރީގައި ވޯލްޑް މީޓިއޮރޮލަޖީ އޮގަނައިޒޭޝަން އިން އާންމު ކޮށްފައިވާ ތަފާސްހިސާބުން އެކަން ހެކިދެ އެވެ. ގްރީންލޭންޑާއި އެންޓާޓިކާގައި އަހަރަކު ބިލައަން ޓަނުން ވިރެމުންދާ އައިސްތައް ކޮންޓްރޯލުކޮށް، ކަނޑުގެ ލޮނުގަނޑު އުފުލުން ހައްލު ކުރުމަށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރަން ޖެހެ އެވެ.

ރާއްޖޭގެ ތަރައްގީ އަށް ތިމާވެއްޓަކީ ހުރަހެއްތަ؟

އަޅުގަޑުމެން ބޭނުންވާ ތަރައްގީ ހާސިލް މި ކުރަނީ ތިމާވެއްޓަށް އަޅާލުމެއް ނެތި ކަމަށް ވާ ނަމަ އެކަމުން އަޅުގަޑުމެންނަށް ވާނެ ފައިދާ އެއް އޮންނާނެ ތޯއެވެ؟ އަޅުގަޑުމެންގެ އިގުތިސާދު ބިނާވެފައިވާ ރިސޯޓުތައް ފެނުން މަތީގައި ދެމިހުންނާނެތޯ އެވެ؟ ކަނޑުއަޑީގެ ރީތި ކަމަށްވާ މުރަކަތަކުގެ ރީތިކަން ފަތުރުވެރިންނަށް ވިއްކައިގެން ފައިދާ ހޯދޭނެތޯ އެވެ؟ ރަށްރަށް އުސްކޮށް ހިއްކައިގެން އެ ތަންތަނުގައި ދިރިއުޅެން ފެށިޔަސް، އަތްވާއި ވާރޭގެ ތޫފާނުން ރައްކާތެރިވެވޭނެތޯ އެވެ؟ ގައުމުގައި ދުޅަހެޔޮ އިގުތިސާދަކަށް ޖާގަ ލިބޭނެތޯ އެވެ؟ ނޫނެކެވެ. އެ ތަރައްގީ ވާނީ ހަމަ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

ހަގީގަތުގައި ރާއްޖެއަކީ ތަރައްގީ ހާސިލް ކުރުމުގައި ދުނިޔެ އަށް ނަމޫނާ ދެއްކިދާނެ ގައުމެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތުގައި އުމްރާނީ ތަރައްގީ އާއި ތަމައްދުން ހާސިލްކޮށް، އޭގެ ނަފާ ހޯދި ދާނެ ގައުމެކެވެ. ފެހި އިގުތިސާދެއްގެ މަތީ ކުރިއެރުވިދާނެ ގައުމެކެވެ. ބޭނުންވަނީ އަޅުގަނޑުމެންގެ ވެށީގައި ހިމެނޭ ތާރީހީ ގަސްގަހާއި ކުޅިތަކާއި ކަނޑޫފާތަކުގެ އިތުރުން ފަރުފަރާއި އަދި ވިލުވިލަކީ އަޅުގަނޑުމެންގެ އަގު ބޮޑެތި ތަރިކަ ކަމުގައި ދިވެހިން ބަލައިގަނެ، އެންމެން އެކައްޗެއް ކިޔައި، އޭގެ ނަފާ ހެޔޮގޮތުގައި ހޯދަން އެނގޭނެ ސިކުނޑިތަކެއް އަޅުގަޑުމެންގެ މައްޗަށް އިސްކުރުމެވެ.

އަމިއްލަ އެދުމަށް ވުރެ މުޅި ވަތަނުގެ ހައްގަށްޓަކައި އިގުތިސާދުގެ ތަރުތީބު އޮޅުވާ ނުލުމެވެ. އިމެއް ނެތް ތަރައްގީ، ތިމާވެށީގެ ރަތް ރޮނގުގެ ހުދޫދުގެ ތެރޭ ދިވެހީން ހިފެހެއްޓުމެވެ. ވެށީގެ ހިމާޔަތްތެރިކަމާއި ދެމެހެއްޓެނިވި އަސާސްގެ މަތީގައި ފޯރުކޮށްދޭ ފައިސާ ތަރައްގީ އަށް ހޯދުމެވެ. އަދި މި ކަމަށް ބައިނަލްއަގުވާމީ ގޮތުން ވަކާލާތު ކުރެމެވެ

ކުރަންވީ ކޮން ކަމެއް؟

އަޅުގަނޑުމެން ދިވެހިންނަކީ ކިތަންމެ މީސްކޮޅު މަދު ބައެއް ކަމަކު، ހިތްވަރާ އެކު ތިމާވެށި ރައްކާތެރި ކުރުމަށް ވަކާލާތު ކުރަން ތެދުވާން ޖެހެ އެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވީ ހިނދު، ދުނިޔޭގެ ތިމާވެއްޓަށް އަސަރުކުރާ ނޭއްގާނީ ކަންކަމުގެ ހިއްސާ ރާއްޖެ އިން ނަގަން ޖެހެނީ ވަރަށް ކުޑަ ނިސްބަތަކުން ކަން އަޅުގަނޑު ގަބޫލު ކުރަމެވެ. އެހެނީ ދުނިޔޭގެ ޖައްވު ހޫނުވުމަށް ބޭރުކުރާ ވިހަ ގޭހާއި ތިމާވެށި ތަޣައްޔަރުވެ ދާ ދިއުމުގެ އެންމެ ބޮޑު ހިއްސާއެއް ރައްދު ވަނީ ދުނިޔޭގެ ބޮޑެތި ސިނާއީ އިގުތިސާދު ތަކަށެވެ. ނަމަވެސް، އެ ފަރާތްތަކުން ކުރާ މިފަދަ އަމަލުތަކުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަކާލާތު ކުރުމުގެ ހައިސިއްޔަތު ލިބޭނީ އަދި އެ މިސްރާބު ބަދަލު ކުރެވޭނީ، އަޅުގަނޑުމެން ތިމާވެށީގެ މިސާލު ދުނިޔެ އަށް ރަނގަޅު ގޮތުގައި ދައްކައިގެންނެވެ.

ދިވެހި އިގުތިސާދުގެ ތަރައްގީ ހޯދުމުގައި ތިމާވެށި އިހާނެތި ނުވާނެ އިމުގެ ތެރޭގައި ތަރައްގީ ހާސިލް ކުރަން ޖެހެ އެވެ. ކޮންމެ ދިވެއްސަކީ ވެސް ތިމާވެށީގެ "އެމްބެސެޑަރު" އަކަށް ވާން ޖެހެ އެވެ. ތިމާވެށި ހިމާޔަތް ކޮށްގެން މެނުވީ ތަރައްގީ ހޯދަން ބޭނުން ނޫން ބައެއް ކަމުގައި ވެރިންނަށް އަޑު އިއްވަން ޖެހެ އެވެ. ދުނިޔެއަށް ދައްކަން ޖެހެ އެވެ.

މިހާރު ތިބި ވެރީންނާއި އަންނާން ތިބި ވެރީންގެ ކިބައިން މި ނަމޫނާ ފެންނަން ޖެހެ އެވެ. މިކަން ހާސިލް ވާނީ ވެރިންނާއި ރައްޔިތުން އެކުއެކީ، އެއްރޫހެއްގައި މަސައްކަތް ކުރެވިގެންނެވެ. ތިމާވެށި ރައްކާތެރި ކުރުމަކީ މިއަދު އަޅުގަޑުމެން ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ އެންމެ ހައްސާސް ގައުމީ މަސްއޫލިއްޔަތެވެ.

ކޮންމެ ރައްޔިތަކީ ވެސް ތިމާވެށި ދެކެ ލޯބިވާ، ތިމާވެއްޓަށް އިހާނެތި ކަންކަމުން ބަރީއަވާ ބަޔަކަށް ވާން ޖެހެ އެވެ. ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތުން ދިރިއުޅުން އާރާސްތު ކޮށްގެން އުޅޭ ދިވެހިންގެ ކިބައިން މި މިސާލު އިތުރަށް ދައްކައި، ކަނޑާއި ފަޅުފަޅު ކުނިން ތަޣައްޔަރު ކުރުމުން އެއްކިބާވާ ބަޔަކަށް ދިވެހިން ވާން ޖެހެ އެވެ. ތިމާވެށީގެ ހަރަކާތްތައް ދުނިޔޭގައި ހިންގާ، އެކަމުގެ އެންމެ ކުރީގައި ދިވެހީން ތިބެން ޖެހެ އެވެ.

ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ކިބައިން ފެންނާންވީ، ތިމާވެށީ ރިވެތި މިސާލު ދައްކާ ތަނެވެ. ތުއްތު ކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ތިމާވެއްޓަށް ކުލުނު އުފެއްދުމަށް މިސާލު ވެރިން ދައްކާ ތަނެވެ. ދުނިޔޭގެ ސިނާއީ އިގުތިސާދުތަކުން ކުރާ ނުރަނގަޅު ކަންކަމުން، އަޅުގަޑުމެން ފަދަ ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމުގެ ހައްގު މިންވަރު ހޯދަން އިހުނަށް ވުރެ ބޮޑަށް ވެރިން ބައިނަލްއަގުވާމީ ގޮތުން ވަކާލާތު ކުރާ ތަނެވެ.

މިހާރު ތިބި ވެރީންނާއި އަންނާން ތިބި ވެރީންގެ ކިބައިން މި ނަމޫނާ ފެންނަން ޖެހެ އެވެ. މިކަން ހާސިލް ވާނީ ވެރިންނާއި ރައްޔިތުން އެކުއެކީ، އެއްރޫހެއްގައި މަސައްކަތް ކުރެވިގެންނެވެ. ތިމާވެށި ރައްކާތެރި ކުރުމަކީ މިއަދު އަޅުގަޑުމެން ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ އެންމެ ހައްސާސް ގައުމީ މަސްއޫލިއްޔަތެވެ.

އެޑިޓަރުގެ ނޯޓް:

އަނިލް އާދަމްއަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

19 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޒްވީ

01 December 2025

ޢަހަރުމެން ރަށުގަ ބިން ހިއްކާފަ އޮންނަތާ މިހާރު 12 އަހަރުވީ. ޢަހަރެން އެކަމާ ދެކޮޅު ހެދީމަ މި ރަށު ސިޔާސީ ކެނައިން ބުނީ އަހަންނަކީ މި ރަށު މީހުންގެ ތަރައްޤީ އަށް ޖެއްސުން ކުރާ މީހެކޭ. ޤައިމު އެ ރީތި ވިލު އޮތް ނަމަ ގައިމު މި ރަށުގަ ގެސްޓް ހައުސް އިތުރުވީސް. ބިން ހިއްކި އިރު މި ރަށު މީހުންނަށް ދެއްކީ ސިންގަޕޫރުގެ ފޮޓޯ

The name is already taken The name is available. Register?

ގުބާދު

01 December 2025

މި ރާއްޖޭގެ ތިމާވެށީގެ ބާނީ އަކީ ރައީސް މައުމޫން. ރާއްޖޭގެ ރަން ޒަމާނުގަ ފެހި ފަތުގެ އެވޯޑު ދެއްވާ ދިވެހިން ތިމާވެށީގެ ގޮތުން ހޭލުންތެރިކުރުވި. ޢަދި 1990 ހުން ފެށިގެން ދުނިޔޭގަ ރާއްޖެއަށް ތިމާވެށީގެ ގޮތުން އޮތް ނުރައްކަލުގެ ވާހަކަ ކިޔާ ދެއްވާ އެކި އެހީ ހޯދި. ޢެހެން ކަންކަން ކުރާ ނަމަ ތިމާވެށި އެއީ އެންމެން ބަލައިގަންނާނެ ކަމެއް.

The name is already taken The name is available. Register?

އުމޭރު

01 December 2025

އެންމެ މުހިންމީ ސިޔާސީ މީހުން. އަހަރުމެން އިލްމީ ތަޖުރިބާ ހުރި ބަޔަކު މަޖިލިހަށް ހޮވާ ދުވަހަކު ކަންކަން މި ރާއްޖޭގަ ރަގަޅު ވާނެ. ނޫނީ ތިމާވެށި ވެސް މުހިންމެއް ނުވާނެ. ޙިތާމައަކީ ޒުވާން ކުދިންވެސް ތިމާވެއްޓަށް ހޭލުންތެރި ނުވާތީ.

The name is already taken The name is available. Register?

ނިސްރީން

01 December 2025

އިންސާނުން ދިރިއުޅޭނެ ވެއްޓެއް ނެތި ކިހިނެތް އިންސާނުން ދިރިއުޅޭނީ. ބިން ވެސް ހިއްކަންވީ ބިން މަދު ނަމަ. ގަހުން ވެސް އުނދަގޫ ވާނަމަ އެހެންތަނަކަށް ބަދަލު ކުރަންވީ. އެކަމަކު މި ރާއްޖޭގަ މިކަން ގިނައިން ކުރަނީ މި ބޭނުމަކު ނޫން. ވެއްޓަކީ އެންމެންގެ ހައްގެއް. ޢެހެންވީމަ އެއީ އަހަރުމެން ދީނީ ގޮތުން ހަވާލުވެފަ އޮތް އަމާނާތެއް. އެއަށް ރައްކާތެރިވުން އެއީ ފަރުޟެއް.

The name is already taken The name is available. Register?

ހުމޭޝް

01 December 2025

ތިމާވެށި ހިމާޔަތް ކުރެވޭނީ މި ސިޔާސީ މީހުން އަމިއްލަ އެދުން ދޫކޮށްލާ ދުވަހަކުން. އެ މީހުންނަށް ހެޔޮ ރާއްޖެ ނެތި ދިޔަޔަސް. ޢެންމީހުން ބަލަނީ ޖީބުތައް ފުރޭތޯ ޕްރޮޖެކްޓް ހިންގައިގެން. ޢެ ހެޔޮ ކުރިއަށް އޮތް 20 އަހަރު ތެރޭ ބޭނުން ނުވާ ބިން ހިއްކަން ކަމުގަ ވިޔަސް. ޣިނަ ރަށް ރަށުގަ ހުރީ ހިއްކި ބިންތައް ކަމެއް ނުކޮށް. އަނެއް ކޮޅުން ސަރުކާރުން މާލެ ސަރަހައްދަށް ޖަމާ ކުރަނީ. ޝުކުރިއްޔާ ސަރުކާރު.

The name is already taken The name is available. Register?

ހަލީމަތު

01 December 2025

ދިވެހިން ކުރާނެ ކަމަކީ ކޮންމެ ކަމެއް ސިޔާސީ ނޫނީ ދީނީ. ބަލަ އާރޓިކަލް ގެ އެބައޮތްތަ ދީނީ ގޮތުން ގޯސް ވާހަކައެއް. އޭގަ އޮތީ އަހަރުންގެ ދަރިންނަށް މި ރާއްޖެ ފަދަ ތިމާވެށި ނުރައްކާ އޮތް ޤައުމަކަށް މުސްތަގުބަލެއް އޮތީ ތިމާވެއްޓަށް ލޯބިކޮށްގެނޭ. ސުރުހީ އެ އޮތީ ދިވެއްސަކު ކޮށްފަ އޮތް ކޮސް ސުވާލަކުން ފަށާފަ.

The name is already taken The name is available. Register?

އިބްނިކަބީރު

01 December 2025

ހައްޖުސޫރަތުގެ 65ވަނަ އާޔަތުގެ މާނަ ހަމަކަށަވަރުން، اللَّه، ބިމުގައިވާހާތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިކަމާއި، ކަނޑުގައި ނާފަހަރު ދުވަނީ، އެކަލާނގެ أمر ފުޅާ އެކުގައިކަމާއި، އެކަލާނގެ إذن ފުޅާލައިގެން މެނުވީ، ބިމުގެ މައްޗަށް އުޑު ނުވެއްޓޭގޮތުން ހިފަހައްޓަވާކަން، ތިބާއަށް ނޭނގެނީ ހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، މީސްތަކުންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

The name is already taken The name is available. Register?

ހައްގު މިންވަރު ވެއްޓަށްދިނީމަ ފުދޭނެ

01 December 2025

ވެށި ނަމުގަ ހިންގާ ޖަރީމާ ކުއްވެރިކުރަން، އިންސާނުން މަތިވެރި ކުރެއްވީ ކަމެއްވެ.

The name is already taken The name is available. Register?

ނަޝީދާ

01 December 2025

މިހާރު މިކުރާ ވިއްސާރަ އާ ވާ ހޫނުން ތިމާވެށިގައި ގޯސްތަކެއް އުޅޭ ކަން ވިސްނޭ. އެކަމު މަ ބޭނުމަކަސް އެކަމެއް ނުވާނެ. ހުރިހާ އެންމެން މިކަން ސިޔާސީ ނުކޮށް އެއް ލަވައެއް ކިޔައިގެން ވާނީ. ސިޔާސީ މީހުންވެސް އޭރުން އަހަރުންނާ އެއްކޮށް އެއް ލަވައެއް ކިޔާނެ.

The name is already taken The name is available. Register?

ފައިސަލު

01 December 2025

ބައެއް ދިވެހިން ހާދަ ނުވިސްނައޭ. ލިޔުމުގަ އެ ބުނެފަ އޮތީ އަހަރުމެންގެ ރައްކާ ހޯދާނީ އަހަރުމެންނޭ. އެހެން ބަޔަކު އަހަރުމެންނަށް ހެޔޮއެދެން އިސް ނުނަގާނެ ވާހަކަ. ރާއްޖޭގެ ރައްކާތެރިކަމަށް ސަރުކާރުން ތިމާވެށްޓަށް ރައްޔިތުން ހޭލުންތެރިކުރަޖެހޭ. ހަމަ މީހަކު ބުނާ އިރަށް ފަޅާއި ގަސް ކެންޑުން ހުއްޓަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454