ޚަބަރު / ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ކައުންސިލް އިންތިހާބުގެ ޓިކެޓަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ކައުންސިލް އިންތިހާބުގެ ޓިކެޓަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމިކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމައި ޕާޓީގެ ލީޑަޝިޕުން އެކަން އިއުލާންކުރީ އެ ޕާޓީގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ މަހު 15 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ޓިކެޓަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމިކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ޕީއެންސީގެ މެމްބަރުންނަށް އެ ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި އިންތިހާބު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ވަރަށް ގިނަ މެމްބަރުން މިހާރު ވެސް މިކަމުގެ ޝައުގުވެރިކަން ހާމަކުރައްވައިފައި،" ކައުންސިލް އިންތިހާބަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވާ ފަލާހް ވިދާޅުވި އެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ބާއްވަނީ އަންނަ މަހު 27 ގަ އެވެ.

ފަލާހް ވިދާޅުވި ގޮތުގައި، ޕްރައިމަރީގައި ވޯޓުލެވޭނީ އެ މީހެއްގެ ރަޖިސްޓްރީ އޮންނަ ރަށެއްގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ. މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ނުބަހައްޓާނެ އެވެ.

"އެވެސް މި އިންތިހާބުގެ ސައްހަކަން ކަށަވަރުކުރުމަށާއި އިދާރީ ކަންކަން ވީހާވެސް ފުރިހަމައަށް އިންތިޒާމުތައް ކުރިއަށް ގެންދިއުމަށްޓަކާ އެކަންކަން ކުރެވިގެން މި ދަނީ،" ފަލާހް ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ޕްރައިމަރީގައި ވާދަނުކޮށް އެއްވެސް މީހަކަށް ޓިކެޓް ނުދޭނެ ކަމަށެވެ. ޕްރައިމަރީގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ވަރަށް އިންސާފުވެރިކޮށް އަދި ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބަށް އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށައިފަ އެވެ. މިހާރު ވެސް 12 އަތޮޅެއްގެ 36 ރަށެއްގައި މީހުން ހޭލުންތެރި ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ޓީމުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެ ދެ އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އެެ ކޮމިޝަނުން ވަނީ މި މަހުގެ 17 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ. އޮފިޝަލަކަށް ވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެފަހު ތާރީހަކީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓުލުން ބާއްވަނީ އަންނަ އަހަރުގެ މާޗު 28 ގަ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއިއްޒުއަށް ސަލާމް

30 November 2025

ފުލެޓަށްް ޝަރުތުހަމަވަނީ މާލޭ ގަބީލާތަކަށް 15 އަހަރު ކުލި ދެއްކުމުން. 15 އަހަރުފަހުން ނޫނީ ވޯޓުު ހޯދަން ނުގުޅާތި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454