ހުޅުމާލެ، ހިޔާ ފްލެޓްގައި ހަށި ވިއްކަމުން ދިޔަ އެޕާޓްމަންޓުން ހައްޔަރުކުރި މީހުން.-- ފޮޓޯ: ޕޮލިސް
01 ޑިސެމްބަރ 2025 - 08:39
ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެނުންތަކެއް އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެ އަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާ އަށް ހަށިވިއްކުވައި ފައިސާތައް ބޭނުންކޮށް، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަލައި ފާސްކުރީ ހިޔާ 12 ވަނަ ޓަވަރު ކަމަށެވެ
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 2 ގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:
- ހުސައިން ސޮލާހު، 40، ކިއުބާ، ރ. ރަސްގެތީމު
- ދެން ހައްޔަރުކުރީ އުޒްބެކިސްތާނުގެ ހަތަރު އަންހެނުން ކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ، 40 އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ، 31 އާއި ޝަހުޒޮޑަހޮން ރުސްތަމޯވާ، 28 އަދި އުމުރުން 34 އަހަރުގެ އުމިޑަބޮނޫ ނެމަޓޯ އެވެ.
އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށާއި އޭގެ ތެރެއިން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ އެ ޖަރީމާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 ޑޮލަރާއި 18،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަސް އަދި އަނެއް ތިން އަންހެނުންނަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.
ހަށިވިއްކާ ބަޔަކު ހުޅުމާލެ 2 އިން ހައްޔަރު ކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ގދ. ތިނަދޫގެ ގެއެއް ބަލައި ފާސްކޮށް ވަނީ ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ އަންހެނަކު ވެސް ހައްޔަރުކުރި އެވެ. އުމުރުން 52 އަހަރުގެ ފިރިހެންމީހާ ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް އަންހެންމީހާގެ ބަންދަށް ކޯޓުން ހަތަރު ދުވަސް ދިނެވެ.
މާލެ އާއި ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ. އަދި އެކަން ކުރާ ބިދޭސީ މީހުން ދަނީ އެ މީހުންގެ ފޮޓޯ އާއި ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.
އެ ގޮތަށް ހިންގާ ސްޕާތައް ހުއްޓުވަން މި ފަހުން އިމިގްރޭޝަނުން ވަނީ އޮޕަރޭޝަންތަކެއް ވެސް ހިންގައިފަ އެވެ. އަދި އެފަދަ ތަންތަނުން ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ވެސް އަތުލައިގަނެ ބިދޭސީން ޑީޕޯޓުކޮށްފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
02 December 2025
"އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން" އެހެންވިއްޔާ ހަށި ގަތީ ކޮން ބައެއް، އެބަޔަކުގެ ފޮޓޯވެސް ޖަހައިލަބަލަ،
އޮނަރަބްލް އަފީފު ދީދީ
01 December 2025
ކ.މާލޭމީހުން ވަންނާނެތަނެއް ނެތްކަމަށް ބުނެ ދައުލަތުން ސޯޝަލް ހައުސިންގ ސްކީމް ފުލެޓްތައް ހަދާފައި އެރަށުމީހުންގެ ކަށިމައްޗަށް ޕޮއިންޓްދީގެން އެމީހުނަށް ފުލެޓް ދިނީމާ އެތަންތަން ބޮޑު އަގުގައި ބިދޭސީ ރަންޑީންނަށް ކުއްޔަށް ދީގެން ދައުލަތުން ހެދި ސޯޝަލް ހައުސިންގ ސްކީމް ފުލެޓް ތަކަކީ ޤާރޫނު ގެންގުޅުނު ފަދަ ކަސްބީ ފޭލިގެ ތަކެއްކަމަށް ހަދާއިރުވެސް" ފުލެޓް ކުއްޔަށް ދިނުމާއި ސޯޝަލް ހައުސިންގ ފުލެޓް ތަކުގައި ބިދޭސިން ދިރިއުޅުން ހުއްޓުވަން ނޫޅެނީ ކީއްވެ؟!
ޢަރުތަ
02 December 2025
ތިޔަބުނާ ސޯޝަލް ހައުސިންގ ސްކީމް ފުލެޓްތައް ލިބުނު މީހުންގެ ތެރެއިން 70-80% މީހުންނަކީ މާލެ ނޫން ރަށްރަށުގެ ބޭފުޅުން.
ނަރީމާން
01 December 2025
މިއީ ދިވެހިންނަށް އެކަނި ޚާއްސަ ވިޔަފާރިއެއްތޯ؟ އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ހޯދާލިނަމަ..
އއަހްމަދު
01 December 2025
ބަލަ ތިބާވަތުގެ ބަދުއަޚްލާގީޢަމަލްހިންގާ ފުލެޓްތައް ސަރުކާރަށް ނަގާގޮތައް ހަމަޖައްސަބަލަ ތިޔަބާވަތުގެކަންކަން ހުއްޓުވުމަށްބޭނުންވާނަމަ އެނޫންގޮތެއްނޯންނާނެ
ރާވެރިބެ
01 December 2025
ތި ބަސްޓުވީ ފިރިހެން މީހާއަށް ބޮޑު އަދަބެއް ދޭން ޖެހޭ. ފާޑުފާޑުގެ ތަންތަނަށް ގޮސް ޖެހުނު ކޮންމެ އަންހެނަކާ އެކީ ފައިސާއަށް ޖިންސީ ގުޅުން ހިންގާ ދިވެހި ފިރިހެނުންނަށް ބޮޑު އަދަބު ދީގެން ނޫނީ މަފަދަ ކަންކަން ނުހުއްޓުވޭނެ. ބޭރުގެ އެކި ގައުމުތަކުން އަންހެނުން ގެނެސް މި ވިއްކަނީ ދިވެހިިންގެ ބައިވެރި ވުމާ އެކީ. ހަލާލެއް ހަރާމެއް ނުބަލާ ޖެހުނު ގޮތަކަށް ފައިސާ ހޯދަން އުޅޭމީހުން މަދެއް ނޫން.
ރާވެރިބެ
01 December 2025
"ހަށި ވިއްކުން" އަދި "ބަދު އަޚްލާގީ އަމަލު" މިފަދަ ބަސްތަކުން މިކުރާ ހަޑި މުޑިދާރު އަމަލުތަކެއް "ސިފަ" ނުކޮށްދެވޭ. "ޕްރޮސްޓިޓިއުޝަން" އަށް ހަގީގަތުގަ ކިޔަން ޖެހެނީ "ޖިންސީ ގުޅުމުގެ ވިޔަފާރި". އަދި ދެމީހަކު ރުހުމުގަ ހިންގާ މިފަދަ އަމަލުތަކަކީ ލާދީނީ "ޖިންސީ ގުޅުން" ހިންގުން. ބަދު އަޚްލާގީ އަމަލެއް ނޫން. މިފަދަ އަމަލު ތަކަކީ ހަމަ އެކަނި އަޚުލާގު ނެތުމެއް ނޫން. "ހުތުރު ބަސް" ބޭނުން ނުކުރިޔަސް ސާފު ބަހުން ބުނަން އެބަޖެހޭ. ދޯ؟
ގުންޒަރު އާދަނު ވައިކަރަދޫ
01 December 2025
ތިޔަ ފުލެޓް ދައުލަތައް ނެގުމައް ގޮވާލަން. އުޅޭނެ ތަނެއްނެތޭ އަނބިފިރިކަން ނުކުރެވެޔޭ ދަރިން ފާހާނަގައޭ ނިންދަވަނީ ކިޔައިގެން ރިޕޯރޓް ހަދާ ފޯމް ފުރައިގެން ހޯދި ފުލެޓްގަ ހަށި ވިއްކާ ވިޔަފާރި ވަރައް ސަޅި.
އޮނަރަބްލް އަފީފު ދީދީ
01 December 2025
ފުލެޓްގެ ނަމްބަރު އާންމު ނުކުރީ ކޮންމެވެސް ބޮޑު މީހެއްގެ ފުލެޓަކަށް ވާތީތޯ؟! މީގެ ކުރިން ހަށި ވިއްކާ މީހުނާއި ހަށި ގަންނަ މީހުން އަތުލައި ގަނެވޭ މަސާޖް ސެންޓަރު ތަކުގެ ނަމާއި އެފަދަ މީހުން އަތުލައި ގަނެވޭ ގޭގޭނެ ނަންތައް އާންމު ކުރޭ. އެކަމަކު މިފަހަރު އެތައް ބައިވަރު ފުލެޓް ހުރި ޓަވަރެއްގެ ނަމްބަރު (ބާރަވަނަ ޓަވަރު) ބުނެލާފައި ފުއްދާލީ މިފަހަރު އަތުލައިގަތް ޙަށި ވިއްކުން ތެރިން ތިބީ ކޮންމެވެސް ނުފޫޒު ގަދަ މީހެއްގެ ފުލެޓަކަށް ވުމުންތޯ؟
އަލިބޭ
01 December 2025
ބޭބެ ވެސް އުޅޭ ޓަވަރު ބޭބެ އުޅޭ ފްލޯރ. އެކަމަކު ބޭބެ އަށް މިކަމެއް ނޭނގޭ! ހެހެހެހެ
ފާނު
01 December 2025
ބައެއްކަންކަން ނެނގުމަކީ ވެސް ހަމަ ނަސީބެއް...
އޮނަރަބްލް އަފީފު ދީދީ
01 December 2025
ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ފުލެޓް ތަކުގައި ބިދޭސިން ބައިތިއްބައިގެން އެތަންތަނަކީ ނާސިގެ ތަކަކަށް ބަދަލުވެގެން ދާއިރުވެސް ސޯޝަލް ހައުސިންގ ފުލެޓް ތަކުގައި ބިދޭސިން (ގޭގައި ގެންގުޅޭ ސާވަންޓް ފިޔަވާ) ދިރިއުޅުމަކީ މަނާ ކަމެއްކަމަށް ހަދަން ސަރުކާރުން ބޭނުން ނުވަނީ މިކަން ހުއްޓުވަން ބޭނުން ނުވާތީ ނުވަތަ މާލޭމީހުން އާމްދަނީ ހޯދަން ފުލެޓް ކުއްޔަށް ދިނުމުގެ ވިޔަފާރިއަށް ހުރަސް އެޅިދާނެތީކަމަށް ވެދާނެ. ދިރިއުޅޭނެ ތަނެއްނެތިގެން ދޭ ފުލެޓް ކުއްޔަށް!