އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޑިސެމްބަރ 2025 - 12:19
ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމަށް ހަތަރު ކުލައެއް ހަމަޖައްސައި، 2027ގެ ފަހުން އެ ކުލަތަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އަށް މިއަދު ވިދާޅުވީ، ތައްޔާރުވުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށްފަހު ޔުނީފޯމްތައް ބަދަލުކުރާނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ، ނޫ ކުލައަށެވެ.
އޭގެ ތެރެއިން، ޔުނީފޯމުގެ މަތި ނުވަތަ ގަމީސް، އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ބަދަލުކުރެވޭނެ އެވެ. ނަމަވެސް، ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގަ އެވެ.
އެގޮތަަށް ބަލާނަމަ 90 ޕަސެންޓް ސްކޫލުގެ ޔުނީފޯމް ބަދަލުކުރަން ނުޖެހޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"ސްކޫލަކުން ނިންމަންވީ، އެ ސްކޫލެއްގެ ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލައޭ. އެގޮތަށް ޔުނީފޯމްގެ ތިރިން ލާން ވެސް ދެ ކުލައިގެ ތެރެއިން ކުލައެއް ބޭނުން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުތަކުގައި ގްރޭޑް އެކަކުން ފެށިގެން މަތީގެ ދަރިވަރުން މިހާރު ޓައީ އަޅަން ޖެހެ އެވެ. އެކަމަކު، ޔުނީފޯމް ޕޮލިސީ ބަދަލުކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވި ގިނަ ޕްރިންސިޕަލުން އެދިވަޑައިގަތީ ކީ-ސްޓޭޖު 3 (ގްރޭޑު 7 އިން ފެށިގެން މަތީ)ގެ ކްލާސްތަކުގެ ދަރިވަރުން ޓައީ އަޅަންޖެހޭ ގޮތަށް ބަދަލުތައް ގެނެސްދިނުމަށެވެ. އޭރުން އެ ސްކޫލެއްގެ ޔުނީފޯމް ކުލައިން ޓައީ އެޅޭނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަލަށް އަމަލުކުރަން ފަށާ ޕޮލިސީއާއެކު، އަންހެން ދަރިވަރުން ޔުނީފޯމް އެޅުމަށް ގިނަ އޮޕްޝަންތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސްކޫލަށް ޗޫސް ކުރެވޭނީ ޔުނީފޯމް. އެއާއެކު، އަންހެން ދަރިވަރުންނަށް ބައިވަރު އޮޕްޝަންތައް އެބަ ލިބިގެންދޭ،" އޭނާ ވިދާޅުވި އެވެ.
ރަސްމީ ޔުނީފޯމާއެކު، 2027 އިން ފެށިގެން އެކްޓިވިޓީ ޔުނީފޯމަށް ވެސް ކުދި ބަދަލުތައް އަންނާނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަކީމާ
05 December 2025
މިއީ ވ މުޙިއްމު ނިންމުމެއް އެކަމަކު ސްކާރޓް ލައިގެން ބެގީކޮއްގެން ފޫކޮޅު ހާމަކޮއްގެން ބުރުގާ އެޅުމުގެ ބޭނުމެއް ބުނެދީބަލަ.. 100% މުސަލިމް އޭ ކިޔައިގެން އަޑު އަރުވާ މި ގައުމުގައި 60% މުސްލިމުންވެސް ތިބިކަމާ މެދު ޝައްކު އެހެން ނޫންނަމަ ސަރުކާރުން ހަދާމިކަހަލަ ޤަވާއިދުތަކުގައި އިސްލާމިއްޔަތުކަން ފެނުނީސް ކުލައަށް ވުރެ މުޙިއްމީ އެ ކުދިންގެ އައުރަ ނިވާކުރުން.ސްކޫލްތަކުން ހަމަހަމަ ކަމޭ ކިޔާ 2 ޖިންސު އެއްކޮށް ކިޔަވަދޭ އިރު،އައުރަނިވާ ކުރުވުންމާ މުހިއްމު
ކީސް
02 December 2025
ދަރިވަރުންނަކީ ސްކޫލެއްގެ އެންމެބޮޑު ރައުސްމާލު. ޢެހެންކަމުން ކޮންމެ ސްކޫލެއްގައި ޓްރަސްޓްފަންޑް ހަދައި ޕީޓީއޭއާއި ސްކޫލްމެނޭންޖަމަންޓްގެ ކޮމެޓީއެއްހަދާ ޕީޓީއޭގެ 4 ގޮޑި ސްކޫލްމެނޭޖްމަންޓް އަށް 1 ގޮޑި ދީގެން ޓްރަސްޓްފަންޑް ހިންގަން އެބަޖެހޭ. ޓްރަސްޓް ފަންޑަށް ފައިސާހޯދާނީ ސްކޫލްޔުނިފޯމް، ފޮތްލިސްޓް ކޫޕަން، ސްކޫލްލޯގޯޖެހި ކޯޓު، ކުޑަ، ގަލަން އަދި އިތުރުހަރަކާތަށް ކޮންމެކުއްޖަކު 1 ތޫތްޕިކް ގެނައުމަށް ކޮންމެ ކުއްޖަކު ތޫތްޕިކް ދަޅެއްނުގަނެފައިސާދީގެން
ޕަކާސް
02 December 2025
ގައުމީ ވެގެން ގޮސް ބޮޑު ޖޯކަކަށް މިހާރު ތިވަނީ
ސިކުނޑި
02 December 2025
މިކަމެއް މިހެނެއް ނުކުރެވޭނެ! މިސަރުކާރުގެ ވެރިންނަށް ހީވަނީ، އެމީހުންނާ ދިމާވާ ދެތިން މީހަކު ކަމެއްގެ ވާހަކަ ބުނީމާ އެއީ ރައްޔިތުންހެން! ޚުދު ރައީސްވެސް ކަން ކުރައްވަނީ އެހެން! ނުފޫޒުގަދަ ދެތިން މީހަކު ބުނާއެއްޗެއް ރައްޔިތުންގެ ބޮލުގައި އަޅުވައިގެން ހަޑިހާވާކަށް ނުޖެހޭނެ! ޔުނީފޯމު ހުތުރު ވެގެން ބެލެނިވެރިން މައްސަލައެއް ނުޖައްސާނެ! ފެހުމުގެ ޚަރަދު ބޮޑުވާނަމަ އެކަމަށް ސަރުކާރުން ހައްލެއް ހޯދަންޖެހޭނީ!
ާއުނިމާ
02 December 2025
މީމާބޮޑު މަސައްކަތެއް ކުރާ ބައެއްނޫން ! ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަނީ ސްކޫލުތަކުން، ޒިންމާ ނަގަނީ ޕްރިންސަޕަލުން. ގޭނެން ޖެހެނީ ޓީޗަރުން ! ވީމާ، ކޮންމެވެސް ކަމެއް ރާވާލަނީ !
ކަޑަކަމެއް
02 December 2025
ރާއްޖޭގެ ސުކޫލުތަކަކީ ދިގު ތާރީޚެއްއޮތް ތަންތަން. އެތަންތަނުގެ ބެޖާއި ކުލައަކީ އެރަށެއްގެ ރަމްޒު. ތެދިން ދުވަހަށް ސިޔާސީ މަގާމުތަކާއި ހަވާލުވާ މީހުން، އެއްވެސް ބެލުމެއްނެތި އަދި ރައްޔިތުންގެ ކާރިން އަހާވެސް ނުލައި މިފަދަ ކަންކަން ބަދަލުނުކުރުމަށް ގޮވާލަން.
ސްކޫލްޕ
02 December 2025
އެހެން ހަބަރެގަ ދުށިން މިކަން ދޮގުކޮފަ އޮވަވެސް
އަހަންމާ.
02 December 2025
ސަރުކާރުންޖެހޭނެ ފޮއްޗާއި ފައިސާ ދޭން...ބެލެނި ވެރިންނަށް ތަކުލީފު ނުޖައްސާތި.
ހެޔޮ ނުވާނެ
02 December 2025
އަހަންމާ ބުނާ ގޮތަށް ސަރުކާރުން ދޭއިރު، ސަރުކާރުން އެކިގޮތްގޮތުން އަހަންމާ އަތުން ވެސް ނަގާފައޭ ދޭނީ. ތިއަށް ކިޔަނީ ވެންމަސް ވެނަށް ދިނުން.
އިހްސާސް
02 December 2025
ކޮން ކުލަބަރިތަކެއް ކިޔާކަށް. ސަރުކާރުން ޔުނީފޯމު ޙަރަދު ދޭންވާނެ.
ޙުނަފާ
02 December 2025
ޤާނޫނެއް ހަދައިގެން ވިޔަސް އަންނަ ކޮންމެ ސަރުކާރަކުން އެޑިއުކޭޟަން ސިސްްޓަމާ ނުކުޅެވޭގޮތް ހަދަންވެއްޖެ. ކުލައެއް ނޫން މުހިއްމީ.. ހަރަދު ކުޑަވެފަ، ކުދިންނަށް ކޮމްފޮޓަބަލް ވުން މުހިއްމީ..