ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

އެޗްއެސްސީ ޕޭޕަރު ކޮމްޕްރޮމައިޒް ނުވޭ، ދޭހަ އެއްގޮތްވީ އިއްތިފާގަކުން: މިނިސްޓަރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޗައިނާއަށްދާ ދަރިވަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

29 ސެޕްޓެމްބަރ 2025 - 14:06

45 comments

ގްރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާ ކަމަށާއި ދޭހަ އެއްގޮތްވީ އިއްތިފާގަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު އަދި އިއްޔެ އޮތް ދިވެހި މާއްދާގެ އިމްތިހާނުގައި، ސީއެޗްއެސްއީގެ ދަރިވަރުން ތައްޔާރުވާން ހެދި ރިވިޝަންގެ ސުވާލުތައް އައި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއީ، ސީއެޗްއެސްއީގެ ޓީޗަރު ތައްޔާރުކުރި ސުވާލު ކަރުދާހެއް ކަމަށް ބުނެ، އެ މާއްދާގެ އިމްތިހާނުގެ ފެންވަރާ މެދު އާއްމުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިސްމާއިލް "މިހާރު" އަށް ވިދާޅުވީ އެ ޓެސްޓު ޕޭޕަރު ހެދީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގައި ފުލްޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ. އެ ކަރުދާހުގައި ސީއެޗްއެސްއީގެ އެއްވެސް ޓީޗަރެއްގެ ބައިވެރިވުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެޗްއެސްސީގައި އިމްތިހާނުގައި ދޭހަ ދެނީ މަޝްހޫރު އަދީބެއްގެ ފޮތަކުން ނަގައިގެން ކަމަށް ވާތީ، އޭ ލެވެލްގައި ވެސް ދިވެހި އިމްތިހާނަށް ތައްޔާރުވުމަށް ހުރިހާ ތަނެއްގައި ފިލާވަޅުތައް ބޮޑަށް ނަގައިދެނީ އެ ދޭހަތަކުން ކަމަށެވެ.

އެހެންވެ، މި ފަހަރު އެގޮތަށް ދިމާވީ އިއްތިފާގަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޭޕަރު ކޮމްޕްރޮމައިޒް ނުވާކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން،" އިސްމާއިލް ވިދާޅުވި އެވެ.

މި ދޭތެރެއަކުން އުތުރުގެ ރަށެއްގައި ގްރޭޑު 10 ގެ ރިވިޝަންގައި ދިން ސުވާލެއް، އޯ ލެވެލް އިމްތިހާނުގައި ދިނުމުން ވެސް މައްސަލަ ފެންމަތިވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު، އެ ސުވާލު ދީފައިވަނީ ރާއްޖެެ އަށް އޯ ލެވެލް އިމްތިހާނުގެ ކަރުދާސްތައް ދިނުމުގެ މާ ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.

ގްރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވި ނަމަވެސް، މިނިސްޓަރު ވިދާޅުވީ، އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ކަންކަން އިތުރަށް ރަނގަޅު ކުރާނެ ކަމަށެވެ. އޭގެ ތެރެއިން، ކޮންސަލްޓަންޓެއްގެ އެހީގައި ޑީޕީއީ ރިވިއުކޮށް، އެ ތަން ހަރުދަނާ ކުރާނެކަން ފާހަގަކުރެއްވި އެވެ.

45 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 81%
icon wow icon wow 6%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޝަތް ހަމީދު

30 September 2025

ބަޔަކު މިކަންވެސް އުޅެފި ސިޔާސީ ކުރަން. ހެޔޮ ނުވާނެ އިދިކޮޅު މީހުން މިކަހަލަ ކަންކަން ކުރަން. ކުދިން ތަކެއްގެ މުސްތަގްބަލް ވިއްޔާ.

The name is already taken The name is available. Register?

އިބްރާމް

30 September 2025

"ހުޅިޔާ ބަދަލުދޭނޭސޭ އިންސާނު ނެހީ ބަދަލުތާ!!!" ބަލާބެލުމަށް ކިތައްމެ ސާދާ ސީދާ ކަަމަށް ފެނުނަސް ކަމަކާ ޖެހުމުން ޢަމަލުތައް ފެނިގެން މިދަނީ ހީވެސް ނުކުރެވޭހާ ދަށުދަރަޖައިގައި.. ދެރަވަރުކޮށް.. އެހެންވީމާ، އެގޮތަށް ބުނެފައި އެ އޮންނަނީ... ކިތައްމެ ރީތިކޮށް ސާފުކޮށް އަދި މިންގަނޑުތަކަށް ހުއްޓަސް ޖެހިލުމުގެ ކަންފުޅެއްވެސް ނެތި ހަދަންވެއްޖެނަމަ ކިތަންމެ ބޮޑު 'ދގއ' ވެސް ހަދާނެއޭ މި އިންސާނާ111

The name is already taken The name is available. Register?

ގައްދޫ

30 September 2025

ވަޒީރު ވިދާޅުވާ ބަސްފުޅުތައް މިހާތަނަށްވަނީ ދިމާނުވެފައި. ފުރަތަމަ ވިދާޅުވީ މިދިޔަ ފަހަރު އޯލެވެލްގެ އިސްލާމް ދިވެހި މާއްދާތައް ފާސްވި އެވްރޭޖް އިންސައްތަޔައް ދައްވުމުން އެއީ ކިޔަވައިދިނުން ދައްވީ ނޫންކަމަށް. މިހާއު އެވިދާޅުވަނީ ސީއެޗްއެސްސީގެ ރިވިޝަން ޕޭޕަރު ޑީޕީއިން ހަމަ އެސުވާލު އެގޮތަށް މިފަހަރު އިމްތިހާނުގައި ދެވުނީ އިއްތިފާގަކުން ކަމަށް. ވަޒީރަށް އެނގިވަޑައިގަންނަވާނެ ހަމަ އެސުއާލު ޑިޕީއީގެ އެގްޒަމިނަރުން ބޭނުންކުރުކަންވްސް އެހެންނޫންތޯ؟

The name is already taken The name is available. Register?

ބޭބެގެބަސް

29 September 2025

އަހަރަކު އެއްފަހަރު އޮންނަ އިމްތިޙާނެއް. އަޅެ އެ ދެ ދޭހަގަނޑު ލިޔެލެވޭވަރުގެ މީހަކު ހަމަ ނެތީތަ. ކޮންމެފަހަރަކު މީހަކު ލިޔެ ކުދިން ކިޔާކިޔާ ބާވެފަ އޮތް އެއްޗެއް ތި ދެނީ. ތަންކޮޅެއް ޒިންމާދާރު ވާންވެއްޖެއްނު. އިއްތިފާގަކަށްވުމުގެ ފުރުސަތުވެސް އެބައޮތް. ކީއްލުރަން އެ ޗާންސްދެނީ. އަޅުގަނޑު ލިޔެފާނަން އެކައްޗެއް ނުދިނަސް ތިފެންވަރުގެ ދެތިންދޭހަ ކޮންމެ އަހަރަކު ހަމަ މުޅިން ހިލޭ. އޭރުން ތި "ކޮމްޕްރޮމައިސްއަކާ އިއްތިފާގަކާ" ކިޔާކަށް ނުޖެހޭނެ ޕލޒ ދެއްވާ.

The name is already taken The name is available. Register?

ކާމިލްބެ

29 September 2025

ބަލަ ކޮންމެވެސްމީހަކު ކޮންޕުރޮމުއިޒްގެ މާނަ ކިޔައިދީބަލަ. އޭގެ މާނަ ނޭންގި ކިހިނެއް ކޮމެންޓެއް ލިޔާން އެނގޭނީ. ފަރަންޖީބަސް ދަސްނުކޮށް މިހާރު ތާނައިން ލިޔެފާހުންނަ އެއްޗެއް ކިޔާލެވޭކަށްނޯވޭ.

The name is already taken The name is available. Register?

ފާފު

29 September 2025

ސްކޫލްތަކުގެ ޕޭޕަރު، ޑީޕީއަށް ގެންދޭ ގެންގޮސް ކުރަނީ ކީއްކަމެއް ނޭނގެ، މިޕޭޕަރުގުގައި ވަރަށް ގިނަ ކުށްހުރި، މިއީ ތިމަންމެން ކުރިން ހެދި ޕޭޕަރެއް ކަމަށް ކުދިން ބުނި. މިފަހުން އެސްއެސްސީ، އެޗްއެސްސީގެ ޕޭޕަރުގެ ފެންވަރު ވަރަށް ދަށް. ޑީޕީގައި މިކަމަށް ގާބިލް މީހެއް ނުހުރޭ. ކުރިން އުޅުނު މީހުން ބޭރުކުރީ.

The name is already taken The name is available. Register?

ނިކަމެތި އަހުމަދު

29 September 2025

ކޮމްޕްރޮމައިޒް މި ލަފުޒުގެ ދިވެހި ތަރުޖަމާއަކީ ބޭޒާރުވުން ނުވަތަ އާންމު ބަހުރުވައިން ބުނާނަމަ ފަޅާއެރުން ދޮއްތޮ؟ މިސާލަކަށް: ސިއްރެއް ބޭޒާރުވުން. ސިއްރެއް ފަޅާއެރުން. ނުވަތަ ހާމަކުރަން ނުޖެހޭ އެއްޗެއް ހާމަކުރުން.

The name is already taken The name is available. Register?

ކާކުު

29 September 2025

ކޮންޕުރޮމައިޒްވުމަކީ ސިކިއުރިޓީ ކޮންޕުރޮމައިޒްވުން.

The name is already taken The name is available. Register?

ވިލަރސއޒ

29 September 2025

ސައްޙަކަމާއިމެދު ސުވާލު އުފެދުން.

The name is already taken The name is available. Register?

ޚާމަނާއީ އަލީ

29 September 2025

ޕޭޕަރު ހަދަނީ ތިޔަ ބުނާ މުވައްޒަފު އެކަނިއެއް ނޫން. ޕޭޕަރު ހަދަން އުޅުނު ޓީޗަރު އެބަހުރި އެހެން ޓީޗަރުންވެސް އަދި ކުދިން ކައިރީ ވެސް ޕޭޕަރު ހަދާ ވާހަކަ ދައްކާފައި. ތި ހެއްދެވީ ބޮޑު ދޮގެއް. ދެން އޮތީ މި މައްސަލަ އުޅޭ ޕޭޕަރު ތި ބުނާ މުވައްޒަފު ހަދާފައި އަނެއް ޕޭޕަރު ޓީޗަރު ހެދުން. އެކަން ކަށަވަރު ކުރަނީ ކިހިނެއް؟ އަނގައިން ތިހެން ބުނެލީމަ ދެން ގަބޫލުކޮއްގެން ތިބެން ވީތަ؟. ކީއްކުރަންތަ ޕޭޕަރު ހަދަން ޓީޗަރުން ގެންދަންވީ ފުރަތަމަ ކަމަކަށް؟؟؟

The name is already taken The name is available. Register?

ޕޭޕަރު

29 September 2025

އިއްތިފާގަކުން މަށަށްވެސް ފުލެޓެއް ލިބޭނަމަ

The name is already taken The name is available. Register?

ފދަ

29 September 2025

އެހެންވީމާ ސީ އެޗް އެސް ސީ ދިވެހި ޓީޗަރު ހާދަ މޮޅީއޭ ޕޭޕަރ ޕްރެޑިކްޝަން އަށް. ސީދާ އަންނާނެ ދޭހަ ކުދިން ލައްވާ ހަދުވާލީ. މިއީ ނަބީކަމުގެ ސާޅިސް ހަބައިކުޅަ އެއްބައި. ހެހް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454