ރައީސް މުއިއްޒު ބިލެއް ތަސްދީގު ކުރައްވަނީ: އަތޮޅު ކައުންސިލް އުވާލުމުގެ ބިލާއި ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ގާނޫނު އަސާސީ އާއި ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލް އެމަނިކުފާނު މިއަދު ވަނީ ތަސްދީގު ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
01 ޑިސެމްބަރ 2025 - 18:39
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ބިލާއި ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ އަތޮޅު ކައުންސިލްތަކުގެ މިހާރު ހިނގަމުންދާ ދައުރު ހަމަވުމާއެކު، އެ ކައުންސިލްތައް އުވޭ ގޮތަށެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ އާބާދީގައި 2،000 އަށް މަދު މީހުން ތިބި ރަށްރަށަށް އިންތިހާބުކުރާ ކައުންސިލް މެމްބަރުންގެ އަދަދު ތިނަކަށް މަދު ކުރުމަށެވެ.
ނަމަވެސް އެއަށް ވުރެ އާބާދީ އިތުރުވާ ރަށްރަށުގައި ފަސް ކައުންސިލް މެމްބަރުން އިންތިހާބު ކުރަންޖެހޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ އަދަދު 16 އަށް ދަށް ކުރުމަަށާއި ފުވައްމުލަކު ސިޓީ ކައުންސިލްގައި މޭޔަރާއެކު އަށް މެމްބަރުން ތިބޭ ގޮތަށް އެ ބިލްގައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންގެ އަދަދު އެ ބިލްގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތަށް ބަލާއިރު ދެން އެއިން ކޮންމެ ކައުންސިލެއްގައި ވެސް ތިބޭނީ މޭޔަރާއެކު ހަތް މެމްބަރުންނެވެ.
އެ ދެ ބިލް މަޖިލީހުން ދާދިފަހުން ފާސް ކޮށްފައިވާއިރު، އެ ދެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިއަދެވެ.
އެހެންވެ، އަންނަ ކައުންސިލް އިންތިހާބުގައި މެމްބަރުން އިންތިހާބު ކުރާނީ އެ އިސްލާހުގައިވާ ގޮތަށެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ފާސް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ބަދަލުކުރަން ވެސް އެ އިސްލާހުގައި ހުށަހެޅި ނަމަވެސް އެ ބައި ކޮމެޓީން ވަނީ އުނިކޮށްފަ އެވެ.
ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ގެނައިއިރު، މިހާތަނަށް ގާނޫނު އޮންނަ ގޮތުން 3،000 އަށް ވުރެ މީހުން މަދު ރަށްތަކުގައި ފަސް ކައުންސިލް މެމްބަރުން އަދި އެއަށް ވުރެ ގިނަ މީހުން އުޅޭ ރަށްރަށުގައި ހަތް ކައުންސިލް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޮށަލިތަކުރު
02 December 2025
ލާމަރުކަޒީ ނިޒާމަކީ ޕާޓީނިޒާމް އުފެދިގެންއައިއިރު އޭރު އެންމެ ވަރުގަދަ އިދިކޮޅު ޕާޓީއަށް ނޫނީ ވޯޓްލައިގެން މީހަކު ނުހޮވޭނެކަމަށް ލަފާކޮށްގެން ތައާރަފް ކުރި ނިޒާމެކެވެ. ކަންވީކީ އެހެންނެއް ނޫނެވެ. ނަމަވެސް މިހާރު އެއިން ލިބުނު މޮޅަކީ ޕާޓީތައް ދިރުވަން ދައުލަތުން އުޖޫރަ ދީފައި ހުރިހާ ހިސާބެއްގައި މީހުން ބައިތިއްބޭގޮތްވުމެވެ. އެހެންވެ ޔުއިޓަރީ ދައުލަތަކާ ބީރަށްޓެހި މިނިޒާމު އެއްވެސް ޕާޓީއަކުން މިހާރަކު މުޅިން ދޫކޮށްލާކަށް ބޭނުމެއް ނުވާނެއެވެ.
ކިހާދޫ ޝާފީ
02 December 2025
ވަރަށް ރަނގަޅު. ރަށުކައުންސިލްތައްވެސް އުވާލަންވީ. ދެން ކަތީބު އަދި ކުޑަކަތީބުން ލައްވަންވީ! މަޖުލިސްވެސް އެއީ ބޭކާރު ތަނެއް.
ދޮން
02 December 2025
ދައުލަތުން އިސްރާފް ކުޑަކުރެވޭނެ ގޮތެއް މޮޅު ، ބޭކާރު ތަންތަނާ އިސްރާފު ކުޑަކުރޭ ، ޕެންސަން ފަންޑުން މަރުވުމުގެ ކުރިން ބޭނުން ކުރެވޭ ގޮތްވެސް ހައްދަވާ ،،
ބުރުގާ
01 December 2025
ތީ ކެނީގޭ ނަޝީދުމެން ރާއްޖޭގަ އީޖާދުކުރި ޒާތްޒާތުގެ ކައުންސިލްތައް. ވެރިކަމައް 3 އަހަރު ނުވަނީސް ތިމަންނައަކައް ދެނެއް ނުވާނެޔޭ ކިޔާބަހައްޓާފަ އޭނަ ގެއައް ދިޔައީ...
ނޫސަންގު
01 December 2025
ދެން ރައީސް ޢައްޔަން ކުރައްވާ ގަވަރުނަރެއް ކޮންމެ އަތޮޅަކަށް ޢައްޔަން ކުރައްވާ. އޭރުން ބެސްޓް ވާނެ
މާމާމެ
01 December 2025
މާލޭގެ މިނިސްޓްރީތަކަށް ދާ ޚިދްމަތްހޯދަން ދާ މީހުންނާށް 'އެހީވާން' ކޮންމެ މިނިސްޓްރީއަކަށް 40 މުވައަޒަފުން މާލޭ ސަރުކާރުން ނަގަންވީނު. އައިޖީއެމްއެޗް/ދަރުމަވަންތައަށް ނަގާފަތިބި ގޮތަށް. ޚަރަދު ކުޑަވާނެ އޭރުން.
ލޮލްް
01 December 2025
ސަޅި. ޑައުން ސައިޒް ކުރޭ..
މުރާދް
01 December 2025
ޕީއެންއެފް އާ އެމްޑީޕީ މީހުންނަށް މިކަންވެސް ނުވާނެ ރަނގަޅުކަމަކަށް. އެއީ ގައުމަށް ހެޔޮއެދޭނެ ބައެއްނޫން
ޢަދުނާން
01 December 2025
ޤައުމަށް ހެޔޮއެދޭނަމަ، ކުރާނެ އެއްވެސް ކަމެއްނެތި، އެއްވެސް ޒިންމާއެއް ނެތްގޮތަށް އޮފީސްތަކަށް ލާފައިވާ ސިޔާސީ މުވައްޒަފުންތައް ވަކިކޮށްބަލަ. އަހަރެމެން އޮފީހުގައިވެސް ތިބޭ 4 ސިޔާސީ މީހުން. 2 ޑެޕިއުޓީން. 2 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން. އެންމެ މީހަހު ފިޔަވައި އަނެއް ތިން މީހުންގެ އެއްވެސް ޒިންމާއެއް ނޯވޭ. ... ރަށްރަށާއި އަތޮޅުތަކުގައި ކައުސިލަރުން ތިބުމުގެ އެއް ބޭނުމަކީ ދައުލަތުގެ ބަޖެޓުން މިންވަރެން އަތޮޅުތެރެއަށް ފޭދިގެން ދިއުމަށް މަގެއް ...
ދާނިޝްް
01 December 2025
ދައުލަތުގެ ހަރަދު ބޮޑުތަނުން ކުޑަވެގެން މިދިޔައީ. ނަމެއްގެ ތިބޭ ބައެއް. މުއިއްޒު މިކަހަކަ ބައިވަރު ރަނގަޅުކަންކަން އެބަކުރޭ
މަހާޒް
01 December 2025
މަށަށް ޔަގީން މީ ހުރިހާ ރައްޔިތުން އިއްތިފާގުވާނެ ކަމެއް. ބަރާބަރުކަމެއް ތި ކުރެއްވީ
ޭެދފވހ
01 December 2025
ޚަރަދު ބޮޑުވާނެ