ވިލާ ކުންފުނިން ދޭ އެހީ ހަވާލުކުރަނީ: އެ ކުންފުނިން ވަނީ އެއް ލައްކަ ޑޮލަރު ހަދިޔާ ކޮށްފައި --- ފޮޓޯ/ސޯޝަލް މީޑިއާ
01 ޑިސެމްބަރ 2025 - 19:11
ސްރީލަންކާއަށް އެރި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ވިލާ ކުންފުނިން އެއް ލައްކަ ޑޮލަރު (1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ) މިއަދު ހަދިޔާކޮށްފި އެވެ.
ސްރީލަންކާއަށް އެރި ތޫފާން ދީތުވާގެ ސަބަބުން އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ އަދި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެހެންވެ، އެ ގައުމަށް އެހީވުމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.
ވިލާ ކުންފުނީގެ ފަރާތުން ދޭ އެއް ލައްކަ ޑޮލަރުގެ ރަމްޒީ ޗެކް މިއަދު ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ ޗެއާމަން ކަމަށްވާ ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި އެ ކުންފުނީގެ ސީއީއޯ ސިޔާދު ގާސިމެވެ. އަދި ޗެކާ ހަވާލުވެ ވަޑައިގަތީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަނެވެ.
ވިލާ ކުންފުނީގެ ފަރާތުން ސްރީލަންކާއަށް އެހީ ދިންއިރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ގްރޫޕުން ވެސް އެ ފަންޑަށް ދެ ލައްކަ ޑޮލަރު (ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހަދިޔާކުރަން ކުރިން އޮތީ ނިންމައިފަ އެވެ.
މީގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ކުންފުނިން ވެސް 10،001 ޑޮލަރު (154،000ރ.) ހަދިޔާކުރި އެވެ.
ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާއަށް އެރި ތޫފާނުގައި ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހިންގެ ފަރާތުން އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްވެ މީޑިއާ ތެލެތޯނެއް ވެސް ކުރިއަށް ގެންދިޔަ އެވެ
އިއްޔެ ހެނދުނު 9 އަކުން މިއަދު މެންދުރުފަހު 2:00 އަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް 11 މިލިއަން ރުފިޔާއާ އެކު 43،631.31 ޑޮލަރު (ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ) ލިބުނެވެ. އަދި އެ ހަރަކާތުގެ ތެރެއިން ވެސް ރާއްޖޭގެ ގިނަ ކުންފުނިތަކާއި ރިސޯޓްތަކުން ފައިސާ ހަދިޔާކުރި އެވެ.
މީޑިއާ ތެލެތޯންގައި މިހާތަނަށް އެންމެ ބޮޑު އެހީއެއް ދިނީ ދިވެހި ފުލުހުންނެވެ. އެގޮތުން ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާ ކުރިއިރު، ސިފައިންގެ ފަރާތުން ވަނީ އެއް މިލިއަން ރުފިޔާ އެ ފަންޑަށް ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރު (770،000ރ.) އާއި 25،000 މަސްދަޅު ކޭސް ސްރީލަންކާއަށް އެހީވުމުގެ ގޮތުން އެ ގައުމަށް ހަދިޔާކުރަން ނިންމާފައިވާ ކަން ކުރިން އިއުލާން ކޮށްފަ އެވެ.
ތޫފާން ދީތުވާގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 300 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ގެއްލިފަ އެވެ. އަދި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، އެއީ ސުނާމީއަށް ފަހު ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިމަސްމަސް
02 December 2025
ޝުކުރިއްޔާ ވިލާ ގުރޫޕް، ވިލާ އަކި އަބަދުވެސް އެހީތެރިވުމުގައި ނަމޫނާ ދައްކާ ކުންފުންޏެއް
މެމެމެ
02 December 2025
ސްރީލަންކާއަށް އެހީވާ ފަދައިން އަމިއްލަ ވަޠަނުގެ މީހުނަށް ވެސް އެހީވާނަމަ ކިހާ ރަނގަޅު
ލޮލް.
02 December 2025
ކޮއްކޯ ކޮންއިރަކު ވިހެއީ؟
ޕެރަދައިސް
02 December 2025
އެހީ ވުމަކީ ވަރަށް ރަގަޅުކަމެއް. އަދި ތިޔަ ގޮތައް ނުވައްޒަފުންގެ މުސާރަ އާއި ސާރވިސް ޗާޖްވެސް ދޭންޖެހޭ. އޮކްޓޫބަރުމަހުގެ ސާރވިސް ޗާޖް އަދިވެސް ނުދޭ. އޮކްޓޫބަރުމަހުގެ މުސާރަ ދިނީ 22 ގައި.
ޤައުމު
01 December 2025
ވިލާގުރޫޕްގެ ފަރާތުން ވެދެއްވި ދީލަތިއެހީ އަށް ސުކުރިއްޔާ
މުހައްމަދު1
01 December 2025
މިކަމަށް އަލީ ސުލައިމާން ފާޑު ނުކިޔާނެ ގޮތެއް އެއީ ނެތް ގޮތެއް ހަމަ ޔަގީން
ގާއްޓެ
01 December 2025
ނަސޭހަތެއް އެސޮރުދިނީ. ދަރަނި އަދާ ކުރުމަކީވެސް ސަވާބު ލިބޭކަމެކޯ.