ސައުދީގެ ޑެޕިޔުޓީ އިންވެސްޓްމަންޓު މިނިސްޓަރު ވެލާނާ އެއާޕޯޓުގައި. --ފޮޓޯ: ސައުދީ އެމްބަސީ
02 ޑިސެމްބަރ 2025 - 09:32
ރާއްޖޭގައި އިންވެސްޓުކުރުމުގެ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ވިޔަފާރިތައް ހިމެނޭ ވަފުދެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު އިސްކޮށް ހުންނެވި އެ ވަފްދު ރާއްޖެ އަށް އައީ އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ.
އެ ވަފުދުގައި ސައުދީގެ ބޮޑެތި ވިޔަފާރިތައް ތަމްސީލުކުރައްވާ މަންދޫބުން ހިމެނިވަޑައިގަންނަވާ ކަން އެނގިފައި ވެ އެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ، ތިން ދުވަހުގެ މި ދަތުރުގައި އެ ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ގުޅޭ މަޝްވަރާތަކަށް އިއްޔެ ރާއްޖެ އައި އެ ގައުމުގެ ވިޔަފާރިވެރިންގެ ވަފުދުގެ ބޭފުޅުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި.---ފޮޓޯ: ސައޫދީ އެމްބަސީ
ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ގުޅޭ މައުލޫމާތު މި ވަފުދާ ހިއްސާކުރަން އިންވެސްޓް ފޯރަމެއް ބާއްވަން ހަމަޖެހިފައިވާކަން ވެސް އެނގިފައި ވެ އެވެ.
ސައުދީ އަކީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. މިގޮތުން، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭއިރު، ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިމެނެ އެވެ.
މީގެ އިތުރުން، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ފަންޑުން ވަނީ ލޯނު އެހީދީފަ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުން ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިފާއު އައްބާސް
02 December 2025
އިދިކޮޅަށް؟ މިދިޔަ 5 އަހަރު ސައުދީއިން މިގައުމަށް ކަމެއް ނުކޮށްދޭ. މިއަދު މިދަނީ އެކަން ބަދަލްވެގެން. ތަފާތަކީ މިއީ
ރިހުލާ މިހައްމަދު
02 December 2025
ވަރަށް އުފާވެރި ހަބަރެއް. ސައުދީއިން މިގައުމަށް އިންވެސްޓްކޮށްފި ނަމަ ގައުމަށް ނުލާހިކު ބޮޑު ފައިދާތަކެއް ވާނެ. ޑޮލަރ ހަމަ ޔަގީނުންވެސް ބޮޑުތަނުން ލިބޭނެ
ކަތްދައްތަ
02 December 2025
ދިވެހިން ބޮލުގައި ތެތްގޯނި ތިޔައެން މި ޕާޓީތަކުން އަޅުވާތާ ނަލަ ވިހި އަހަރު މިވަނީ. ޕާޓީ ނިޒާމުން ލިބުނު އުފަލެއްނެތް. ލޯކަލް ކައުންސިލް އިންތިހާބަށް ކާރިވާވަރަކަށް ބޮޑެތި ޑްރެޖަރ ތައްވެސް އަންނާނެ. ސައުދީންނާއި ލޯކުދިމީހުން ގެނެސް ޘިކަހަލަ ޑްރާމާތައްވެސް ކުޅޭނެ. ރައީސް އަވަށްތަކާއި ޖަމުއާ ޖަމާއަށް ތަކާއި ބައްދަލު ކޮށް ގަސްވެސް ކަޑާދޭނެ. ހަމަ އިންތިހާބު ނިމޭއިރަށް ބަހަބަރު. ޕާޓީ ތަކަށް ނޫނެކޭ ބުނެ އަމިއްލަ ކެނޑިޑޭޓުންނަށް ވޯޓުދީގެން ސާލަމަތްވޭ.
ޙައްގުބަސް.
02 December 2025
ފ އަތޮޅުގަ 15 ބިލިޔަން ޑޮލަރުގެ މަޝްރޫއު ހުއްޓުވީ އެމްޑީޕީން ކުރި އެންޓި ކެމްޕޭނުގެ ސަބަބުން. ދެރަ