ޚަބަރު / ފ. އަތޮޅު

ފ. އަތޮޅު "ޑީލް" ސިއްރު ކުރަން ސައޫދީ ޝާހީ އާއިލާ އިން ބޭނުންވޭ: ނިހާން

ޕީޕީއެމްގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަރިހުގައި މެމްބަރު ނިހާނު (ވ): ފ. އަތޮޅުގައި މަޝްރޫއެއް ހިންގަން އުޅެނީ ސައުދީ ވަލީއަހުދު ކަމަށް ނިހާނު ވިދާޅުވި.---ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަން ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުން ސިއްރު ކުރަން ބޭނުންވާ ކަމަށާއި އެ އާއިލާ އިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް އެ ބޭފުޅުންގެ މުދަލަކަށް ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.

މިއީ ފ. އަތޮޅުގައި ސައޫދީން ހިންގަން އުޅޭ މަޝްރޫއާ ބެހޭ ގޮތުން މިހާ ތަފުސީލީ ވާހަކަތަކެއް، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރެއްގެ ފަރާތުން ހާމަވި ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވާ އޯޑިއޯގައި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި ގޮތުގައި ފ. އަތޮޅުން ބައެއްގައި އިންވެސްޓް ކުރައްވަން އުޅުއްވަނީ ސައޫދީގެ ވަލީއަހުދުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން އަބްދުލްއަޒީޒް އެވެ. އެކަމަކު 99 އަހަރަށް ބިން ކުއްޔަށް ދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުތައް މީގެ ކުރިން އޮތުމުން، ވަލީއަހުދު ދެކޮޅު ހެއްދެވި ކަމަށް ނިހާން ވިދާޅުވި އެވެ.

"ތިމަންނަ މިކަން ހުއްޓާލާނިއްޔޭ. އެހެންވެއްޖިއްޔާ ސަރުކާރުން އަނބުރާ މީނަ އަށް ޕޭމަންޓް ވެސް ދޭން އެބަޖެހޭ. އަދި އެ ވާހަކަ ދައްކަމުން ދާ އާއިލާ އިން ބޭނުމެއް ނުވޭ ކުއްލިއަކަށް އެ މީހުންގެ ނަން މިގޮތަށް އަންނާކަށް. އެހެން ނަމަ އަހަރެމެން [ގާނޫނުއަސާސީގައި] ޖަހާނީ މީ މިވެނި މީހަކަށޭ،" ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ނިހާން ވިދާޅުވެފައިވެ އެވެ.

ވަލީއަހުދަކަށް ހުންނެވިއިރު ސައުދީގެ މިހާރުގެ ރަސްގެފާނު ސަލްމާން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީނާ ސަލާމްކުރައްވަނީ: ސައުދީ ރަސްގެފާނު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ.-- ފޮޓޯ: ރައީސް އޮފީސް

އޯޑިއޯގައި ނިހާނު މިވާހަކަތައް ކިޔައިދެއްވަމުން ގެންދެވީ ކޮން ބަޔަކަށްކަން ނޭނގުނަސް، ސައޫދީ ޝާހީ އާއިލާ އިން މިކަމުގައި ބައިވެރިވާކަން ގާނޫނުއަސާސީގައި ނުލިޔުމަށް އެދިވަޑައިގަތް ކަމަށް ވިދާޅުވެ އެވެ.

"އެކަމަކު އެހެން ޖެހޭކަށް ނޯންނާނެތާ. އޭނާ [ވަލީއަހުދު] ބޭނުމެއް ނުވާނެ މިވަރުގެ ހެއްވާ ކަމެއް ކުރާކަށް. މިއީ ގައުމެއްގެ ގާނޫނުއަސާސީ. މާނައަކީ ސައުދީ ރޯޔަލް ފެމިލީތޯ ނޫންތޯ ހާމަނުކޮށްދެއްޗޭ،" ބިން މިލްކު ކޮށްދޭ ބައެއްގެ ނަން ގާނޫނުގައި ނުހިމަނަން ސައޫދީގެ ޝާހީ އާއިލާ އިން ބޭނުން ނުވާކަން ހާމަކުރައްވަމުން ނިހްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރަން އެތައް ބަޔަކު ޝައުގުވެރިވެ އެވެ. ނަމަވެސް ކޮންމެ ބަޔަކަށް ބިން މިލްކުކޮށްދޭން ބޭނުން ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"ރަޝިއާގެ ބިލިއަނަރު ބޭނުން ވެދާނެ [ރާއްޖޭގެ ބިމެއް] ވަގުތުން. މިއަށް ވުރެ މާ ހަޑި ފައިސާ ހުންނާނެ. އެކަމަކު އަހަރުމެންނެއް ނުދޭ އެ މީހުންނަކަށް،" ނިހާން ވިދާޅުވެފައިވެ އެވެ.

ނިހާނު ވިދާޅުވީ ފ. އަތޮޅުން ބައެއް ވިއްކޭ ގޮތް ހަދަން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ތެރެއިން ވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ވާތީ މަޖިލީހަށް އިސްލާހެއް ހުށަހެޅުއްވީ ކަމަށް ވިދާޅުވި އެވެ.

ފ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހިމިތި ހިމެނޭ ސަރަހައްދު ހިއްކައިގެން ސައޫދީ ޝާހީ އާއިލާއިން ހިންގަން ބޭނުންވަނީ 16 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެކަމަށްޓަކައި ދައްކަންޖެހޭ އިކުއިޒޭޝަން ފީ ވެސް ސަރުކާރަށް ދައްކާފައިވާ ކަމަށް ނިހާނު ވިދާޅުވި އެވެ.

ހިއްކާ ބިމުގެ 70 ޕަސަންޓަކީ ސައުދީ ޝާހީ އާއިލާގެ މުދަލަކަށް ވާނެ ކަމަށް ނިހާން ފާހަގަ ކުރެއްވި އެވެ. އަދި ދިވެހިންނަށް ލިބޭނީ އެ ބިމުން އެންމެ 30 ޕަސެންޓް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.

"ލަފާކުރެވޭ ގޮތުގައި އެމީހުންގެ ހޮލިޑޭ ހޯމްސްތައް، އެ ދެން އެކި ޕެޓާންތަކުން އެމީހުން އަޅާނީ، ދެން މިއީ އަލަށް ހިނގާކަމެއް ނޫން. ކޮންމެ ގައުމެއްގައި ވެސް މިކަން ކުރޭ،" އޯޑިއޯގައި ނިހާނު ވިދާޅުވި އެވެ.

ސައޫދީގެ ވަލީއަހުދު ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވެވަޑައިގަތީ 2012 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ކަމަށާއި އޭގެ ފަހުން 2013 ގައި ސައޫދީގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ އެކު ރާއްޖެ ވަޑައިގެން އިންވެސްޓް ކުރަން މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އެކަމަކު އެކަން ނުވީ ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިޒައިންޑް ވަރަށް ޕްރޮޕާ ވަރަށް ޕްލޭންޑް. ދިވެހިންނަށް އެއްވެސް ގެއްލުމެއް ދީނީ ނަޒަރިއްޔާތަކުން ނުވާނެ ކަހަލަ އިންވެސްޓާއެއް މިއީ،" ނިހާނު ވިދާޅުވެފައިވެ އެވެ.

ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން ނިހާން ވާހަކަ ދެއްކެވީ އޯޑިއޯ އިން އެނގޭ ގޮތުގައި ގުރޫޕެއްގެ ބަޔަކާ އެވެ. މި އޯޑިއޯއާ ގުޅޭ ގޮތުން ނިހާންގެ ބަހެއް އަދި ނުލިބެ އެވެ.

ފ. އަތޮޅަށް ހަދަން އުޅޭ ގޮތަމާ މެދު އުފައްދާ ސުވާލުތަކާއި ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެ އަތޮޅުގައި ހިންގާ މަޝްރޫއު ފަދަ، ބިޔަ މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެ ތަފްސީލުތައް، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބަށް ދިއުމުން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި ފ. އަތޮޅަށް އަންނަން އޮތީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދަނީ ކޮން ބަޔަކާ އެކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ވަނީ ބުނެފަ އެވެ.

119 ކޮމެންޓް, 360 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 2%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގާހިރު

19 March 2017

އަޅުގަނޑުމެން ކުރާ ދުޢާ މާތް ﷲ އިޖާބަ ކުރައްވައެވެ. ނިކަން ވިސްނާވަޑައިގަންނަވާށެވެ! ކޮންމެ ހަފުތާއަކު ހުކުރު ޚުޠުބާގައި މަކަރުވެރިންގެ މަކަރުންނާއި ކެހިވެރިންގެ ކެހިވެރިކަމުން މިޤައުމު ސަލާމަތް ކޮށްދެއްވުން އެދި ދުޢާކުރަމެވެ. އެހެންވެ އަޅުގަނޑު ޤަބޫލުކުރަނީ އަޅަމެންގެ ދުޢާ ﷲ އިޖާބަ ކުރައްވައިފި ކަމެވެ. އެއީ، ނިހާނުމެންގެ އާރާބާރުގަ ތިބެގެން މަކަރުވެރި ކަމުންނާޢި ކެހިވެރިކަމުން ޤައުމު ވިއްކާލަން ކުރި މަސައްކަތް ﷲ ވަނީ ފަޅާއަަރުއްވާ ދެއްވާފައެވެ. އެކަމަށްޓަކައި އެ އިލާހަށް ޙަމްދާ ޝުކުރުކުރަމެވެ. އާމީން

The name is already taken The name is available. Register?

ކަޮސްނިހާނު

18 March 2017

ނިހާނުމެންނަކީ ކަނޑުކޮހުން، ތިމީހުން ރާއްޖޭގެ ބިންވިއްކާލައިގެން ނިކަން އެއްކަމެއްވެސްނުކުރެވޭނެ، ރައްޔިތުން ތިޔައަތޮޅަކަށް ޖަމާވާނެކަން ހަނދާންކުރާތި! އަދި ބިންވިއްކާލަން ވޯޓްދިން ހުރިހާމެންބަރުންނާ އެމީހުންގެ އާއިލާތަކުގެ ފަރާތުން ބަދަލުހޯދާނެކަން ހަނދާންކުރާތި!

The name is already taken The name is available. Register?

ނާސިދު

18 March 2017

الحَمْد لله

The name is already taken The name is available. Register?

ދޮގެއްތަ؟

18 March 2017

ދިވެހިރާއްޖޭގެ ބިން އޮތް ސަރަޙައްދުތަކުގައާއި ބިން ހިއްކައިގެން ރަނގަޅު ފެންވަރުގެ ތަނަވަސް ގެތައް އަޅައި ރާއްޖޭގައި ތިބި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ހިލޭ ގެއެއް ދޭ ގޮތަށް ތި ޑީލް ނިންމާލުން ވަރަށް ރަނގަޅު. އަދި ކޮންމެ އަހަރަކު ރާއްޖޭގެ ތިންހާސް މީހުންގެ ޙައްޖު ދަތުރު މުޅިން ހިލޭ ހަމަޖައްސައިދޭންވެސް ވާނެ. އޭރުން މަ ހަމަ 500 ޕަސެންޓް ތާއީދު.

The name is already taken The name is available. Register?

ސަރުބަތު މޫސަ. ހދ. ކުދުއްފުށީ ޕިންކު ހޮޅުއަށި

18 March 2017

އެހެންވީމަ ބުރޯކާލައިގެން މިއުޅެނީ ފަޅުރައްތައް ވިއްކި ލާރިގަނޑެއްނޫންތާ! ސައުދީ ސާހީއާއިލާއިން ދީލަތި އެހީޔެއްގެ ގޮތުގަ މެލޭސިޔާގެ ބޮޑުވަޒީރައް 600 މިލިޔަންދިން ކަމައްވަނީ އެބަސްވެފަ! ދެންހެންވީމަ އެގައުމުގެ ބަޔެއް ގަންއުޅޭ ގައުމެއްގެ ބޮޑުވަސީރަކައް ދީލަތި އެހީއެއްވެ ދާނެތާ، ބުރޯޖަލައް ދާކައް ނުޖެހުނީސް ހަމަޔައް ބައިއެޅިނަމަ!

The name is already taken The name is available. Register?

ދަ ލާސްޓް

17 March 2017

މީ ހުސް ދޮގު ނިހާނު މިވާހަކަ އޮއްބާލަން ޖަހާލި ސުޓަންޓެއް އެހެން ބައެއްގެ ބޮލުގަ މިކަން އަޅުވާލަން. ނިހާނު މިރާއްޖޭގަބޯހުރި ބައެއް ކަލޭެ ވާހަކ ޤަބޫލް ނުކުރާނެ

The name is already taken The name is available. Register?

މަންސޫރު

18 March 2017

އަސްލު ސްޓަންޓަކީ ބަސްޓްވީމައި އޮޅުވާލަން ތިޔަ ކުޅޭ ޑްރާމާ.

The name is already taken The name is available. Register?

ހަސަންބެ.

17 March 2017

މީ ނިކަން ރަގަޅު ގޭމެން ޖައްސާފައި މިއޮތީ. ރައިޔަތުން ނުލިބިގެން އުޅުނު ސުވާލު ތަކުގެ ޖަވާބު ދޭނެ މޮޅުގޮތެއްގެ ގޭމެއް ޖައްސާފއި ތި އޮތީ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

17 March 2017

މިކަހަލަ އަނގަފަތަރާސީން ބައްސައިގެން އުޅުނީމަ ލިބޭނީ މިކަހަލަ ލަނޑު، ޔާނޫ މިސޮރަށް ރަނގަޅު ފިލާވަޅެއް މިފަހަރު ދޭތި.

The name is already taken The name is available. Register?

އސފ

17 March 2017

ތީ ވަރަށް ތަފާތު ބާވަތެއްގެ ފައިސާއެއް. ތިފައިސާއިން ސައުދީ ރައްޔަތުންނަށްވެސް ފައިދާނުކުރޭ، ދިވެހި ރައްޔިތުންނަށްވެސް ނުކުރާނެ. ތީފަނާކުރަނިވި ފައިސާތަކެއް. މެދުއިރުމަތި އަދި ދުނިޔޭގެ ބޮޑުބައެއް ތައައްޔަރުކުރަމުންދަނީ ތިފައިސާއިން.. މިގައުމަށްވެސް އެންމެފަހުން ތިވަބާ އައީ.. ތިފައިސާގެންނަން ހަދައިގެން ޤާނޫނުއަސާސީގަވެސް ބާހެދި ފުރޭންޏަކަށްވެއްޖެ!

The name is already taken The name is available. Register?

ައަލިރަސްގެފާން

17 March 2017

ކޮންު ކަހަލަ ކަމެއްތޯ 25 އަހަަރަށް ޖމރ އަަށް އެއަރ ޕޯޓހިންގަން ދިނުމަކީ، އެކަމަކު އެދުވަހު ތިމީހުންނަ ކަމަކު ނުދިޔަ ދެއްތޯ..މިހާރު ތިއުޅުއްވަނީ އުމުރުދުވަހަައް ގައުމުގެ ފަސްގަޑުން ތަންގަޑެއް ވިއްކާލަންވެގެން

The name is already taken The name is available. Register?

އަހަންމަދޭ

18 March 2017

ޖީއެމްއާރަށް އެއަރޕޯޓް ދިނުންވެސް ކަމަކުނުދޭ. އަދި މިކުރަންއުޅޭ ކަންތައްވެސް ކަމަކުނުދޭ. އަލިރަސްގެފާނު ތިއުޅެނީ ޖީއެމްއާރަށް އެއަރޕޯޓް ދިނުން ރަނގަޅު ކަމަކަށް ހަދާފަ މިކަން ގޯސް ކަމަކަށް ހަދަންތަ. އެހެނެއް ނުވާނެ. އަހަރުމެންނަކީ ވަކި މީހަކަށް ބަލާ ބައެއް ނޫން. ކުރާ ކަމަށް ބަލާ ބައެއް. ގޯސް ވިއްޔާ ކޮންމެ މީހަކު ކުރިޔަސް ގޯސް. އަލިރަސްގެފާނުމެންގެ ރޫހާނީ ލީޑަރު ކުރީމަ އަލިރަސްގެފާނުމެނަށް ބަރާބަރު. ފުރިހަމަ. އެވަރެއް ނެތް. އެހެނެއް ކަމަކުނުދާނެ.

The name is already taken The name is available. Register?

އލހ

18 March 2017

އަހަންމަދޭ އަށް ބުލެނަންބޭނުންވަނީ "ރޫހާނީ ލީޑަރު" މިބަސް ބޭނުންކުރުމުން ތިއީ ކޮންފެންވަރެއްގެ ވިސްނުންހުރި ފަރާތެއް އެގިއްޖެއޭ! ކިތަންމެ ގޯސްކަމެއްކުރިޔަސް ގޯސްކަމެއްކަމަށް ތިލޮލަކަށް ނުފެންނާނެއޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454