ރޯޝަނީ ބިލްޑިންގައި ހިންގާ އެމްއެފްޑީއޭ އޮފީހުގެ ނަން ބޯޑު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޑިސެމްބަރ 2025 - 15:12
ހެލްތު ސެޓްފިކެޓާ ނުލައި ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރަން ކްލިއަރެންސް ދިން މައްސަލައެއްގައި އެމްއެފްޑީއޭގެ ދެ މުވައްޒަފެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޕޯޓު ކްލިއަރެންސްގައި އުޅުނު އެމްއެފްޑީއޭގެ ފީލްޑު އޮފިސަރުންތަކެއް، ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި ކަނޑާއި ވައިގެ މަގުން އެތެރެ ކޮށްފައިވާ ޝިޕްމަންޓްތަކަކަށް މިދިޔަ މާޗު މަހު ކްލިއަރެންސް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ ދަފްތަރު 9244، އަހުމަދު ހާޝިމް އަދި ގދ. ތިނަދޫ، އަރަފާތު، އަހުމަދު ޒާހިިރުގެ މައްޗަށެވެ.
އެ ކޮންމެ މީހެއްގެ މައްޗަށް ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އުފުލައިފަ އެވެ.
ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ މައްސަލައަކަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން ބުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ދައުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، އެއީ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުން ހުރި ކަމަކަށް ވާތީ އާއްމު މަސްލަހަތު ވަޒަންކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހަދަން ނިންމާފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
03 December 2025
އަމިއްލަ ފައިދާ އަށް ފައިސާ ތަކެއް ނަގާފަ ހުރިތޯ ބަލަން ވާނެ އެވެ. ފައިދާ އެއް ނެތި ކަމެއް ކޮށްދޭނީ ކާކު ހެއްޔެވެ؟ ފަސޭހައިން ދޫކޮށްލައިފިނަމަ ބޮޑު ވިޔަފާރި އެއް ކުއްލިއަކަށް ފަށާފާނެ އެވެ.
މޫތީ
03 December 2025
ދެރައެރި ދެރަވާނެ. ތިހެން ވަޒީފާ މަސްއޫލިއްޔަތަށް އިހުމަޅުވާ ކިތައް މީހުންތޯ ސަސްޕެންޑްކޮށްފައިތިބީ. ކިތައްމީހުންތޯ ވަޒިފާ ވަކިކޮށްފައި ތިބީ. އެކަމަކު މިފަހަރު ވައި ކުޅަނދުރު ކަހަލަ އެހީތެރިއެއް ނެތަ ތީވެ ދައުވާ ކުރަން ފޮނުވަނީ.
އަފްރާސިޔާބު
03 December 2025
އެ މައްސަލަ ސާބިތެއްނުވާނެ.
ރައްޔިތޭ
03 December 2025
ކޮންމެ ގޮތެއް ހަދައިގެންވެސް އެތެރެކޮށްގެން ފައިސާކޮޅު ލިބެނިކޮން ވަރިހަމަ މުޖުތަމައެއް ތެރޭގައި ތިޔަނޫން މީހަކު މިހާރަކު ނުފެނޭބުންޏަސް ގޯހެއް ނުވާނެ. އެތެރެކުރަންވީމާ، ކޮންމެ ބާވަތަކަށް އެންމެ 3000ރ ދިނީމާ އެތެރެކޮށްލެވޭ ބުނާ އަޑު އަހަނީ. ދެން މުޅިގައުމުގައި މި އޮންނަނީ ހަލާލެއް ހަރާމެއް ނޭނގޭ، ކިޔަން ނޭންގޭ ބަހުރުވަތަކުން ލިޔެފަ ހުންނަ ތަކެތި.
ޑރ ވާންޗޯ
03 December 2025
ތިކަހަލަކަމެއްގަ ނަސޭހަތުގެ އެއްބަސްވުމަކަށް ސަރުތު ހަމަވާނީކިހިނެއް، 30 ހަކަށް ކުށުގެ ދައުވާކުރެވި މިލިއަން ރުފިޔާގެ މުއާމަލާތެއްނަމަ ސަރީއަތްނިމި ހުކުމްކުރަންވެފަ އޮތަސް ސަރުތުހަމަވީސް.
ސަހަރޯއި
03 December 2025
ރައްޔިތުންގެ ސިްހަތާ ގުޅުންހުރި ބޮޑުކަމެއްގައި ހއުދަހައި ކުޑައަދަބެކޭ.
ލާމަސީލު
03 December 2025
މާމަދު އަދަދެއް ވީމާ ނަސޭހަތުގެ އެއްބަސްވުން ނުހެދޭނެތާދޯ. އެމްއެމްޕީއާރސީ ކަހަލަނބޮޑުއަދަދެއްނަމަ އެކަންވެސް ވީސް.
އަފްރާސިޔާބު
03 December 2025
ނަސޭހަތުގެ އެއްބަސްވުން ހަދަނީ 25 އަހަރަށްވުރެ ހުކުމް ބޮޑުވާ މީހުންނަށް. އެމީހުން ކައިރީ ބުނަނީ ދެން އެކަން މީހުންނަށް އެގޭގޮތަށް ނުކުރައްޗޭ.
ޚޮބާ
03 December 2025
ޔަގީން، މައްސަލަވެސް ދޫކޮށްލާނެ ، މާކުޑަ މައްސަލައެެއް އެހެންވީމަ ވީގޮތް. ދެންފަހަރަކުން ބިޔަ ކޮށް ބޮޑުކޮށް ކުށް ކޮށްލާ އޭރުން ޕްރޮމޯޓުވެސް ވާނެ