04 ޑިސެމްބަރ 2025 - 14:16
ސައިކަލެއް ވަގަށް ނަގައިފި ނަމަ އެ ސައިކަލް ހޯދެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ސައިކަލްތައް ވަގަށް ނެގުން ގިނަވެފައިވާ ކަމަށާއި އެހާލަތުގައި ސައިކަލްތަކުގެ ވެރިންނަށް ކުރިމަތިވާ މާލީ އަދި އިދާރީ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
ކުޑޫ ހުށަހެޅުއްވި ފުރަތަމަ ކަމަކީ ސައިކަލެއް ވަގަށް ގެންދިއުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި ނަމަ ސައިކަލް ފެންނަންދެން އަހަރީ ފީ މާފުކޮށްދިނުމެވެ. ދެވަނަ ކަމަކީ ގެއްލޭ ސައިކަލް ފެނިއްޖެ ނަމަ އެ ސައިކަލް ގެއްލުނު އިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުމެވެ. އެކަމަކު އެގޮތަށް އަމަލުކޮށްދޭނީ ވަގަށް ނެގި ކަމުގެ ޕޮލިސް ރިޕޯޓް ޓްރާންސްޕޯޓަށް ހުށަހެޅުމުން ކަމަށް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރަށް ފޮނުއްވި ސިޓީގައި ކުޑޫ އެދިވަޑައިގެންނެވި އަނެއް ކަމަކީ ސްކޫލްތައް ނިމޭ ގަޑިތަކުގައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް މެނޭޖްކުރަން އާންމު ޓްރެފިކް ގަވައިދުގެ އިތުރުން، ހާއްސަ އުސޫލެއް ކަނޑައަޅައި ތަންފީޒުކޮށްދިނުމެވެ.
ކުޑޫ ވިދާޅުވިގޮތުގައި އެފަދަ އުސޫލެއް ކަނޑައަަޅައި ތަންފީޒުކުރަން އެދިވަޑައިގެންނެވީ ސްކޫލްތައް ނިމޭ ގަޑީައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް ބާރުބޮޑުވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދެވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަރީރު
05 December 2025
ގިނަފަހަރު އަހަރީފީ ނުދައްކަނީ އަތުގަ އެވަރަށް ފައިސާ ނުހުންނާތީ. ނުދެއްކީމަ ޖެހިގެން އަންނަ އަހަރު އަނެއްކާ އަހަރީފީ ޑަބަލްވަނީ. އަހަރީފީ ނުދެއްކީމަ އަރާ ޖޫރިމަނާ އަދި އަހަރީ ފީއަށްވުރެވެސް ބޮޑު. މިގޮތަށް ގޮސް ޓްރާންސްޕޯރޓް މިނިސްޓްރީގަ ތާށިވެފަ ނެތް ރައްޔިތަކު މަދުވާނެ. މީގެ ހައްލަކީ އަހަރީފީ މިހާރަށްވުރެ ކުޑަކުރުން. އަދި ސައިކަލް ގަންނައިރު މަދުވެގެން 5 އަހަރަށް އެއްފަހަރާ ފީނެގުން. އަހަރަކަށް 100 ރުފިޔާވެސް އޯކޭ.
ޢަލީއުމަރު
05 December 2025
ކޮމެންޓް ކުރާ ކުދިންނޭ ، މިހާރު ގަވާއިދު އިންނަގޮތުން ސައިކަލް ވަގައްނަގާގެން ނުފެނުނަސް ބަރާބަރަށް އަހަރީފީ އަދި އަހަރީ ފީނުދެއްކުމުން ކުރާ ޖޫރިމަނާ އަރަމުންދާތީ ، އެކަން ހުއްޓުވަން މެންބަރު އެވާހަކަ ދައްކަނީ ، މީ ރަގަނޅު ވިސްނުމެއް.
ޑރވާންޗޯ
04 December 2025
ސައިކަލް ވަގައްނެގީމަ ޕޮލިހައް ރިޕޯޓުކޮށްފަ ގަވާއިދުން އަހަރީފީ ދައްކަންވީ ކީއްކުރަން. އެއީ ޕޮލިސް ސްޕޮންސަރޑް ވަގެއްތަ؟. ދަތިކަމެއްނެތި ސައިކަލުގަ ދުއްވަން.
އެމްސް
04 December 2025
އަހަރީފީއަށްވުރެވެސް ބޮޑީ ރިބާގެބާވަތެއް ކަމުގައިވާ، ޖުރިމަނާތަކެވެ!
ހެހެހެ!
04 December 2025
މެމްބަރުންގެ ފެންވަރު ދަށްވީމާ ކޮސް ގޮވޭތަން މާގިނައިން މިހާރު ފެންނަނީ.
އެމްސް
04 December 2025
މެމްބަރަކަށް ވާކަށް ފެންވަރެއް/ޝަރުޠެއް ހުންނާކަށްވެސް ނުޖެހެއެވެ!
ޑރ ވާންޗޯ
04 December 2025
ވަގައްނެގީމަ ނުޖެހޭ އަހަރީފީދައްކާކަށް. ޕޮލިހުން މަގުމަތިން ހުއްޓުވާފަ ބަލާނީވެސް އޭރުންދޯ؟.
އެމްސް
04 December 2025
މަގުމަތީގެ ރައްކާތެރިކަމަށް އެންމެބޭނުމީ ނުޤަވާޢިދުން ދުއްވާ މީހުން ހުއްޓަވާ، އުޅަނދުގެ ބަދަލުގައި، އެބަޔަކާއި ދޭތެރޭގަ ފިޔަވަޅު އަޅާނެ ފުލުހެކެވެ!
އޮނަރަބްލް އަފީފު ދީދީ
04 December 2025
ރަނގަޅު ވާން ހަދައިގެން ކުޑޫއަށް މިހާރު ތިހެދެނީ ގޯސް. ވެހިކަލް ވަގަށް ނެގުމުން ދައްކާން ޖެހޭ ފީ ދައްކާން ނުޖެހޭ ގޮތް ހަދާ ބޭންކުން ނެގި ލޯނުން ކުރި ވިޔަފާރިން ފައިދާ ލިބެންދެން ލޯނު ދައްކާން ނުޖެހޭ ގޮތް ހަދާ. ރިސޯޓް ބަންދު ކޮށްފައި އޮތްނަ މުއްދަތަށް ކުލި ނުދައްކާ ތިބެވޭގޮތް ހެދުމަކީ ސިލޯނަށް ގޮސްފައި އައިސް ދޭން ރައްޓެއްސެއްގެ އަތުން 10 ހާސް ޑޮލަރު ނަގާފައި އަބުރާ ނުދޭން ވެގެން ސިލޯނަށް ނުގޮސް ހުރެ އަދި ސިލޯނަށް ނުދަމޭ ބުނުން ފަދަ ކަމެއް.
މަމޮޅޭބ
04 December 2025
އޮނަރަބޭ ތިޔާ ގޮވެނީ ހަމަކޮސް.
ޏޯގެޓް
04 December 2025
ކޯޗެކޭތަ ތިޔަ ކިޔަނީ؟؟ ހަހަހަހަހަހހަ
ސަހަރޯއި
04 December 2025
ދެން ވަގުކަލޭގެ ފީނުދައްކާ ދުއްވާނެދޯ. ހުރިހާމޮޅެއް ވަގުކަލޭގެއަށް.