ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރި ތަނެއް އިމިގްރޭޝަނުން ފާސްކޮށް، އަތުލައިގަތް ތަކެތި: އެފަދަ 11 ތަނެއް ވަނީ ބަންދުކުރަން އަންގާފައި --- ފޮޓޯ/އިމިގްރޭޝަން
05 ޑިސެމްބަރ 2025 - 19:13
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ހުއްޓުވަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ފެށި މަސައްކަތާއެކު، މިހާތަނަށް އެފަދަ 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓްކުރަން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިގެން 20 ކެފޭއަކާއި 12 ރީޓެއިލް އައުޓްލެޓަކާއި ދެ ގަރާޖަކާއި ގެސްޓްހައުސްއެއް ފާސްކުރި ކަމަށެވެ.
އޭގެ ތެރެއިން 11 ތަނެއް މިހާރު ބަންދު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ވިޔަފާރިތައް ބަންދުކުރުމަށް ނޯޓިސްދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ" އެތަންތަން ބަންދުކުރި ސަބަބާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން މަސައްކަތް ކުރަނީ އެ މިނިސްޓްރީ ހިމެނޭހެން އެކުލަވާލާފައިވާ ގައުމީ ޓާސްކް ފޯހަކުންނެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދުމުގެ ތަހުގީގެއް ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އިކޮނޮމިކް މިނިސްޓްރީގެ 3333199 ނަމްބަރަށް ގުޅައިގެން ނުވަތަ އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެކަން އަންގަން އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
05 December 2025
ތިފަދަ ތަޙްޤީގު ތަކުން ބިދޭސީމީހާ ވިޔަފާރި ކުރާކަން ސާބިތު ނުވިކަމަށް ވިޔަސް އޭނާއަށް ދޫކޮށްފައިވާ ވާކް ވީސާގެ މުއްދަތު އިތުރު ކޮށްނުދިނުން ފަދަ ފިޔަވަޅު އަޅައި އޭނާ ރާއްޖޭގައި ހުރުމަށް ހުރަސް އަޅާން ޖެހޭ. ވާކް ވީސާ ނެތި އިތުރަށް ޓްއަރިސްޓް ވީސާގައި އޭނާ ދަތުރުކޮށް ވިޔަފާރީގެ އެއްވެސް ޙަރަކާތެއްގައި އުޅެނިކޮށް (ޓްއަރިސްޓެއްގެ ޙައިސީއްޔަތުން ބޭރު އެއްވެސް ކަމެއް ކުރަނިކޮށް) ފެނިއްޖެ ނަމަ 20 އަހަރު ދުވަހަށް ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓް ކޮށްލާ.
ރަށުކަތީބު
05 December 2025
ބިދޭސީ މީހާޔައް ވިޔަފާރި ހުއްދަ ނަގައިދީގެން މަސަކަތެއް ނޮކޮށް ކައިގެން ބޮއިގެން އުޅޭ ދިވެހި މީހާޔައް އަދަބު ނުދީ ތިޔަކަން ނުހުއްޓޭނެ، ކޭސިޔަރުންނަށް ބިދޭސީން ތިބުމަކީ މަނާކަމެއް، ކީއްވެ އެތަންތަން ބަންދު ނުކުރެވެނީ ؟
ސޭކު
05 December 2025
މީ ގައުމުގެ ހާލަތު. މިކަހަލަ ކަންކަމަކީ ހަބަރު ނުލިޔެވެސް ވެވެ ހުންނަންޖެހޭ ކަންކަން.
ޖެންޒީ
05 December 2025
މިފޯއްތައް ކައިގެން އަނެއްކާ ބޭކަލުންތައް ރަތްކުޅުތަޅާނީ މަގުމައްޗަށް. ވަކި ސަހަލު ބަޔަކު ނެތެއްނު.
ވަރިހަމަދޯ
05 December 2025
ރިސޯޓްތަކުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަށް އަޅައެއްނުލާ
ކިއްލިބާތުޝާހު
05 December 2025
ބާކޯޑުވެސް ޖަހައިގެން ތަކެތި އެވިއްކަނީ. އަޅޭ މިމީހުން ގަދަކޮށްފިއެއްނު.
ޢަރުތަ
05 December 2025
ބަލަގަ ތިޔަ މިނިސްޓްރީން ނޫންތަ މަނާކުރީ، ފައިސާ ކަނޑަން ކޮށިގަނޑުގަ ބިދޭސީން ތިބުން! ކިހިނެއްބާ އެކަން ދަނީ އެކަން ބެލޭތަ، ތިހުރިހާ ތާކުވެސް ފައިސާ ކަނޑަން ތިބެނީ ހަމަބިދޭސީން، ތަންފީޒު ކުރުމުގެ ޤާބިލުކަމެއް ނެތޭ، ޗޮކުން ގޮއްސަ ތިއޮންނަނީ އަބަދު، މީވަކި ސަރުކާރެއްގެ ވާހަކއެއް ނޫން، ކުރިންވެސް މިހާރުވެސް ހަމަ އެހެން، އަދި ފަހުން ވެސް ހަމަ "އެބޭފުޅުން" ފައިސާ ކަނޑަން ތިބޭނީ.
ބއުޒ
05 December 2025
ދިވެހީންގެ ފުދުންތެރިކަން އިތުރުކުރުމަށް އެވެރިންކުރާމަަސައްކަތް. ކާތަކެތި އަންނަނީ ކޮނއތާކުންކަން ބަލާލަން ނުޖެހޭވަރަށް މިތިބީ ހިތްހަމަޖެހި އުފަލުގައި. މި އުފާވެރިކަން ކެފޭތަކާއި ޖަގަހަތަކުގައި ދުފާލަން ތިބޭ ބައެއްމީހުންގެ ކިބައިންފެނޭ.
މިލިސްތާން
05 December 2025
ތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ، ހުރިހާ ވިޔަފާރިތަކުންވެސް ޓެކްސް ފައިލް ކުރަން މަޖުބޫރުކުރާ ހިސާބުން، މިހާރު މި އޮންނަނީ އެމީހަކު ބޭނުންނަމަ ޓެކްސް ފައިލް ކުރަންޖެހޭ ނިޒާމެއް، ކިތަންމެ ވިޔަފާރިއެއް ކުރިއަސް ޓެކްސް ފައިލް ނުކޮށް ސަލާމަތްވެވޭނެހެން ސިސްޓަމް ރާވާފައިވަނީ، ކުދިބޮޑު އެންމެހާ ވިޔަފާރިތަކުން ޓެކްސް ފައިލް ކުރަންފެށުމުން ތި ވިޔަފާރިތައް ހޯދަން ވަރަށް ފަސޭހަވާނެ،
ފަރަކް
05 December 2025
ކަރަންކާ މަގުގެ ވިޔަފާރިތައް މީރާއިންނާ އެޗްޕީއޭ އިން ބަލާލަދީބަލަ. ހޮޓާތައް ކައިރިވެސް ކުނިވެފަ އޮންނަނީ. ބަދިގެތެރޭ ހާލަތެއް ނޭގެ.