ދެ ގެއެއް ފާސްކޮށް، ފުލުހުން އިއްޔެ އަތުލައިގަތް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތަކެއް.-- ފޮޓޯ: ޕޮލިސް
06 ޑިސެމްބަރ 2025 - 23:58
މާލޭގެ އިތުރު ދެ ގެއެއް ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އިއްޔެ އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ދެ ގޭގެ ތެރެއިން، އެއް ތަނުން 190 ފްލޭވާޑް ކާޓްރިޖް، ނުވަ ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވާ ކަމަށެވެ.
ދެ ވަނަ ގެ ފާސްކުރިއިރު 331 ފްލޭވާޑް ކާޓްރިޖް، ހަ ރިފިލް ކާޓްރިޖް އަދި ހަތް ޕޮޑާއެކު ޖުމްލަ 544 އައިޓަމް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އިއްޔެ ހިންގި އިތުރު އޮޕަރޭޝަނަކުން ވެސް ވަނީ ވޭޕާ ގުޅުން ހުރި 148 އާލާތް ހޯދައިފަ އެވެ.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު ތަނެއް ފާސްކޮށް، އެކަކު ޖޫރިމަނާކުރި އެވެ. އޭގެ އިތުރުން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުން މަނާކޮށް ހަރުކަށި ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ. އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޑިތަކުރު
07 December 2025
އަތުލީމަ ކުރާނީ ކީއް؟ ދުވަސްކޮޅަކުން ތިވެސް ލީކްވެގެން ހިނގައިދާނެ.
ނަން..
07 December 2025
ޓުއަރިސްޓްއިން އެބަ ވޭޕް ބޭނުން ކުރޭ. އެމީހުން އަންނައިރު އެބަ ގެނެވޭ. ކަސްޓަމްސް ސްކޭން އަށް ނާރަނީތަ ނުނީ ދޮން މީހުން ލަގެޖްވީމަ ނުބެލެނީތައް. ރައްރަހަށް ދާ ޓުއަރިސްޓުން އެބަ ވޭޕް ބޭނުން ކުރޭ. މިއީ ކިހިނެއްވާ ކަމެއް.
ކީކޯ
07 December 2025
މިތަކެތި އެތެރެވުމަކީ ކަސްޓަމްސްގެ ނާޤާބިލްކަން. ފެއިލްވެފަ
ޕުލިސް
07 December 2025
ތިއަށް ވުރެން ގިނައިން އެބަހުރި ޕުލިސް ގަ އެކުދިން ބޯން އެކަނިވެސް. ހަ ހަ ހާ
ފޗގތގ
07 December 2025
ކޮބާ ވޭޕު އެތެރެ ކުރި މިނިސްޓަރު ދަރި ޖޫރިމަނާ ދައްކައިފިތަ؟؟
އަހުމަދޭ
07 December 2025
އެމީހުންނަށް ކުދަކޮށް ތަފާތުވާނެ. ޖޫރިމަނާގެ ބަދަލުގަ އެމީހުންނަށް ލިބޭނީ މަގާމުގެ ކުރިއެރުން.
އޮނަރަބްލް އަފީފު ދީދީ
07 December 2025
މިއީ ކިހިނެތް ވާކަމެއް؟! ދެ ގެއަކުން ހަތަރު ގެއަކުން މިކިޔަނީ މިއީ ކ.މާލޭގެ ތިޔަ ވޭޕް އަތުލައިގަތް ގެތަކުގެ ނަންތޯ ނުވަތަ ވޭޕް އަތުލައިގަތް ގޭގެ އަދަދުތޯ؟ މިއީ ގެތަކުގެ އަދަދު ނަމަ ތިޔަ ގެ ތަކުގެ ނަން އާންމު ކުރަން ފުލުހުން ޖެހިލުން ވަނީ ކ.މާލޭގެ ގެ ތަކެއް ކަމަށް ވުމުންތޯ؟!
މާލޭ ބޮޑުމީހާ
07 December 2025
މާލެ އޭ މާލެ އޭ ތިކިޔަނީ ކޯންޗެއް ހަނދާންވެގެންތަ؟ މާލެ އާ މާލެ މީހުން ދެކެ ރުޅި އަަންނަންވެސް ޖެހޭ. ފޫހިވާންވެސް ޖެހޭ. އެކަމަކު ރަށުގެ ފަސްގަނޑު ދޫކޮށް އައިސް އުޅެން ޖެހެނީ މިތާ. ތިކަހަލަ ތެތްކަމެއް ނެތް މީހުން ބޭނުންކޮށްގެން ސިޔާސީ މީހުން ފައިދާ ނަގައިގެން އެ ދިރިއުޅެނީ. ބޮޑުވެބަލަ. ހޭ ޖެހިބަލަ.
ބަކުރުު
07 December 2025
އޮނަރަބްލް އަފީފް ދީދީގެ މުގައްދަސް އައްޑޫން މަސްތުވާތަކެތީގެ ދާދާ ތަކެއް އަތުލައިގަތް ޚަބަރަށް އަފީފުދީދީ ކޮމެންޓް ކޮށްފައެއްނެތް. އެއީ ކިހިނެއްވާކަމެއް.
މުޤައްދަސް މާލޭ ބޭފުޅެއް
07 December 2025
މާލޭގެ ބައެއް ގޭގެއިން ފެނުނަކަސް ނަން ހާމަ ނުކުރެވެނީ އެގޭގޭގެ އަޞްލު ވެރިންގެ ޙައްޤުގަ އެވެ. އެއީ އެމީހުން އަފީފު ދީދީ މެންކަހަލަ މީހުންނަށް ކުއްޔަށް ދީފައި ހުރި އެޕާރޓްމެންޓަކުން ފެނިއްޖެނަމަ ގޭގެ ވެރިން ޒިންމާ ނަގަން ނުޖެހޭނެތީ އެވެ.
ޞުފް
07 December 2025
ގޭގެ ނަމެއް ޕޮލިސް ނުބުނާނެ. މާލެ ބޭފުޅުންވީމަ
އެމްސް
07 December 2025
ބިދޭސީންގެ ވަގުވިޔަފާރިތައް ހުއްޓުވަން ފުލުހުން ނިކުންނާނީ ކޮންދުވަހަކުން ބާއެވެ؟