އިންޑިއާގައި ވަނީ 20 އަހަރު ވަންދެން ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅުނު ކުއްޖަކު ސަލާމަތްކޮށްފައި.
08 ޑިސެމްބަރ 2025 - 05:59
ޖިންސީ ފުރައްސާރައިން ކުއްޖަކު ސަލާމަތްކުރުމަށް ކަމަށް ބުނެ އިންޑިއާގައި އަންހެން ކުއްޖެއްގެ އުމުރުން އަށް އަހަރުގައި، އަނދިރި ކޮޓަރިއަކަށް ލީ ގޮތަށް 20 އަހަރު ވަންދެން ގެންގުޅެފި އެވެ.
އިންޑިއާގެ ޗަތިސްގަރްގެ ޖަގްދަލްޕޫރުގައި ބަންދުކޮށްގެން ގެންގުޅުނު ކުއްޖާ އަކީ މައިންބަފައިން މަރުވެ ޔަތީމްވެފައިވާ ކުއްޖެއް ކަމަށާއި އަނދިރި ކޮޓަރިއެއްގައި އެކަހެރިކޮށް އެ ކުއްޖާ ގެންގުޅެންފެށީ ގޭދޮށުގައި އުޅޭ ފިރިހެނަކު އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފާނެ ކަމަށް ބެލެވިގެން ކުއްޖާގެ އާއިލާގެ މީހުންނެވެ.
އެ ކުއްޖާ 20 އަހަރު ފަހުން ސަލާމަތްކޮށްފައިވަނީ ސޯޝަލް ވެލްފެއާ ޑިޕާޓްމަންޓަށް ކުއްޖާގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ގެޔަށް ގޮހެވެ. އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެކަހެރި ޖަލު ގޮޅިއެއް ގޮތަށް ހުރ ކޮޓަރިން ކުއްޖާ ނެރުނު އިރު އިނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އަދި އަނދިރީގައި އެހާ ގިނަ ދުވަހު އިނުމުން ލޮލަށް ފެންނަނީ ވެސް ކިރިޔާ ކަމަށްވެ އެވެ.
ކުއްޖާގެ އާއިލާގެ މީހުން މިގޮތަށް ކަންތައް ކުރީ، ވިޔާނުދާ ކަންކަން އާންމުކޮށް ކޮށް އުޅޭ އަވަށްޓެރިއެއްގެ ކިބައިން ކުއްޖާ ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފަ އެވެ.
އަމިއްލަ ގޭގައި އެ ކުއްޖާ ގެންގުޅުނު ކަމުގައި ވިޔަސް ގައިން ތާހިރުވުމާއި އެންމެ އަސާސީ އެހެން ކަންކަން ވެސް ކިޔައިދީފައި ނުވާ ކަމަށާއި ކުއްޖާގެ ނަމުން ގޮވިޔަސް ނޭނގޭ ކަމަށް ވެލްފެއާ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އަދި ޑޮކްޓަރުން ވަނީ ކުއްޖާގެ ލޮލުގެ ފެނުން އެންމެ ފުރިހަމައަށް ދެން ނުލިބިދާނެ ކަމަށް ވެސް ބުނެފަ އެވެ.
އޮފިޝަލުން ބުނެފައި ވަނީ މިއީ ކުއްޖާގެ ހިމާޔަތަށް ކުރި ކަމެއްގެ ގޮތުގައި އާއިލާއިން ބުނި ނަމަވެސް މިހާ ގިނަ ދުވަހު ކުއްޖަކު ބަންދުކޮށްގެން ގެންގުޅުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ބެލެވޭނެތީ މިކަމުގައި ކަން ހިނގާފައިވާ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަނައިނާ
11 December 2025
އަޅެ އެކުއްޖާ ބަނދުކުރުމުގެ ބަދަލުގައި އެ ވިޔާނުނާ ކަންތައް ކުރާ މީހާ ބަންދުކުރިނަމަ؟ އިންޑިއާ މީހުން މީ ކިހިނެއް ވިސްނާ ބައެއްތަ؟؟
އިހްސާސް
09 December 2025
އަދިވެސް އިންޑިޔާ މީހުން މޭފުއްޕާނެ. މިހިރީ ހާލުހުރިގޮތް.
ސޯސަލްވެލްފެއާރ
09 December 2025
ހޮޅި ވާހަކަ ނުލިޔެބަލަ! ދިވެހިރާއްޖޭގެ ނޫސްތަކުން މިއަށްވުރެ ޤައުމަށް ފައިދާހުރި ވާހަކަތައް ލިޔެވެންވާނެ!
ސައިނީށް
09 December 2025
20 އަހަރު ވުމުން ކުއްޖަކަށް ވެވޭތަ
ސެލޯފިން
08 December 2025
ތިކަމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ތިޔަ ބުނާ ވިޔާނުދާކޮށް އުޅޭ އަވަށްޓެރިޔާ އެވެ. އަދި ތި ކުއްޖާ ތާހިރުވާން ގެނގުޅޭ ބާލިދީ އާއި ކުއްޖާ ހުރި ކޮޓަރީގަ ބޮކިވެސް ތިކަމުގަ ޝާމިލްވެއެވެ.
މާމަޖާ
08 December 2025
މަޖާ ނުވެބަލަ. ކޮންމެ ކަމަކީ މަޖާ ކަމެއް ނޫން
21233
08 December 2025
ދޮންހިޔަލައަށް ވީ މިހެންތާ! އެކަމަކުވެސް ރަސްގެފާނު ޖަހައިގަތީ މީހެއްގެ އަންބަކަށް ވެ ހުއްޓަ
ހާރިސްއަލީ
08 December 2025
ފިރިހެނުންގެ ޖިންސީ ފުރައްސާރައިން ކުއްޖާ ރައްކާތެރި ކުރުމަށް ކުއްޖާ ލޯތަކުން ނިވާކުރުމުގެ ބަދަލުގައި ނުބައި އަމަލު ހިނގާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން މަސައްކަތް ނުކުރީ ކީއްވެ؟
ޟފހ5
08 December 2025
ބެލެންސެއް އޮންނާނެ ކަންކަމުގަ... މިހެން ބަންދުކުރީމާ މިހާރު މި ކުއްޖާގެ މުޅި ލައިފް މި ހަލާކުވީ...