ފުލުހުންގެ އެޕްލިކޭޝަންތަކަށް ގެނައި ބަދަލުތައް، އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސައީދު ހިއްސާކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
08 ޑިސެމްބަރ 2025 - 21:00
ފުލުހުންނަށް ރިޕޯޓުކުރާ މައްސަލަތަކުގެ އަޕްޑޭޓު ހޯދަން އިންވެސްޓިގޭޓަރު އޮފިސަރާ ސީދާ މުއާމަލާތްކުރެވޭ ގޮތާއި ސްކޭމަރުންގެ ނަންބަރުތައް އާއްމުންނަށް ފަސޭހައިން ލިބޭ ގޮތަށް ޕޮލިސް އެޕަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެ ތަނުގެ އިދާރީ ބޭނުންތަކާއި އާއްމުންނަށް ހާއްސަކޮށް ތައާރަފްކުރި އެޕްލިކޭޝަންތަކުގެ މައުލޫމާތު ދިނުމަށް އިސްކަންދަރުކޮށީގައި ބޭއްވި ބައްދަލުވުމުގައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑުގެ އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސައީދު ވިދާޅުވީ، އެ ޕޯޓަލްތަކަށް ވަދެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށެވެ. އެކަން ކުރުމަށް އެންމެ ފުރަތަމަ ޖެހޭނީ ޕޮލިސް.އެމްވީގެ އާ އެޕްލިކޭޝަން ޑައުންލޯޑުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއަށްފަހު، އެ އެޕްލިކޭޝަން މެދުވެރިކޮށް ދެން ހުރި ޕޯޓަލްތައް ފަސޭހައިން ބޭނުންކުރެވޭނެ އެވެ.
ސައީދު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް، ޕޮލިސް އެމްވީ މައިޕޯޓަލް އިން ލިބޭނެ ކަމަށެވެ.
ސައިބަ ކޯނާގެ ފަރާތުން، އަހުމަދު އަލީ މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އަދި މައްސަލަ ކުރިއަށްދާ ގޮތް ބެލުމަށް، ސީދާ އިންވެސްޓިގޭޝަން އޮފިސަރާ މުއާމަލާތްކުރެވޭނެ ކަމަށާއި އެ ސުވާލުތަކަށް 72 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންނަށް ހުށަހަޅާ ރިޕޯޓުތަކަށް ވާނުވާ ނޭނގުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެކަމަކު، އަލަށް ތައާރަފްކުރި ފީޗާތަކާއެކު އެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބޭނެ ކަން ސައީދު ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން އެ ޕޯޓަލް މެދުވެރިކޮށް؛
- ކާކުކަން ނޭނގޭގޮތަށް ބޮޑު މައްސަލައަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވޭނެ
- ޕޮލިސް ސެޓްފިކެޓަށް ހުށަހެޅޭނެ
- ކްރައިމް ޓިޕެއް ފޮނުވޭނެ
އެ ޑިޕާޓްމަންޓުގެ ޕޮލިސް އަހުމަދު އަލީ ވިދާޅުވީ އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ލޯންޗުކުރި ސައިބާ ޕޯޓަލް މެދުވެރިކޮށް، ސްކޭމްތައް ހިންގަން ބޭނުންކުރާ ނަމްބަރުތަކާއި ލިންކުތައް ފެންނާނެ ކަމަށެވެ. ސްކޭމެއް ކަމަށް ބުނެ ޕޮލިހަށް ރިޕޯޓުކުރުމުން، އެ އިދާރާއިން އެކަން ކަށަވަރުކުރާނެ ކަމަށާއި ޕޯޓަލް އިން ނަމްބަރު ފެންނާނީ ސްކޭމް ނަމްބަރެއްކަން ޔަގީންވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ކުރިއަށްގެންދާ އިންފްރަސްޓްރަކްޗާ މަޝްރޫއުތަކުގެ އަޕްޑޭޓް ބެލުމަށް ހާއްސަކުރި އިންޓާނަލް ޕޯޓަލްގެ މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެކަންކަމުގެ އިތުރުން އެޕްލިކޭޝަންތަކުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ހޭލުންތެރިކަން އިތުރުކުރަން އެވެއާނަސް ޓިޕްސްތަކެއް ވެސް ދީފައިވެ އެވެ.
އެކި މައްސަލަތަކުގައި ފުލުހުން ހޯދާ ފައިސާތަކާ ގުޅޭގޮތުން ހިނގާ ކަންކަން މިހާތަނަށް ކުރަމުން ދިޔައީ ޕޯޓަލްކޮށެވެ. ނަމަވެސް، އަލަށް ތާއަރަފްކުރި "ކޭޝް ލެޖާ" މެދުވެރިކޮށް، ފައިސާ ބަހައްޓާފައިވާ ސޭފް ހުޅުވާ މީހުންގެ ހުރިހާ ތަފްސީލެއް ޑިޖިޓަލްވާނެ އެވެ. އޭގެ އިތުރުން ފުލުހުންގެ އިދާރާގައި ބޭނުންކުރާ ވެހިކަލްތައް ސާވިސްކުރާ ގޮތްތަކާއި އެއަށް ކުރާ ހަރަދުތައް ވަކިން އެނގޭނެ ގޮތަށް، ފްލީޓް މެނޭޖްމަންޓުގެ ނަމުގައި ފުލުހުންގެ އިންޓާނަލް ޕޯޓަލެއް ވެސް ހަދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަޖޫ
09 December 2025
ސޮރީ ސޮރީ ސޮރީ ވާގޮތަކީ ސިގިރެޓް ކޮޅުވެސް ގެއްލެނީ ޑޮލަރުކޮޅުވެސް ގެއްލެނީ ޕޮލްކޯގެ ލާރިކޮޅު(ރައްޔިތުންގެ)ވެސް ގެއްލެނީ އެހެންވީމާ ހަމަ ހުވާ ނުކެރޭނެ ތިތަނުން ހަދާ އެޕެއް ފޯނަށް އަޅާކަށް.
އަހުމަދުއަލޯ
09 December 2025
ގަޅިންގެ ގަޅިން ފުލުހުން ހަދާފަ އިން އެޕެއް ފޯނަށް އަޅާނީ...
ހުސްނޫ
09 December 2025
އާ. ނޭޅީމަ ނޭންގޭނެ ކާކުކަމެެއް. އަދި ފޯނެެއްވެސް ޢެއްޗެއް ނުނެގޭ. ވިންކް
ސަންމްސު
09 December 2025
ދިވެހި ފުލުހުން ހަދާ އެޕެއް މަގޭ ފޯނަކަށް ހަމަ ޔަގީނުންވެސް ނާޅާނަން. ފޯނަށް އެޕެއް ނާޅާ ވެބްސްއިޓު މެދުވެރިކޮށް ތިޔަ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެ.
ހުސައިން
09 December 2025
އެޕު ތައް ހެދިއަސް އައި އޯ އިން ރަނގަޅުވެގެން ޢާންމު މީހާ އަށް ރަނގަޅުވާނީ. އަޅުގަނޑުގެ ކޭސް ފުރަތަމަ ބެލި އައި އޯ ރަނގަޅު. ދެން ހަވާލުވި އައި އޯ ރަނަގަޅެކޭ ނުބުނެވޭނެ. އެކި ފަހަރު މަތިން ކޭސް ވާހަކަ ދެއްކިޔަސް ޖަވާބެއް ނުލިބޭ. 1.5 އަހަރަށްވުރެ ގިނަ ދުވަސްވެދާނެ. ކުރިއެރުމެއް ނުލިބޭ. މަދު ފަރަތަކުން ކުރާކަންތަކުން ހިތް ހަމަ ނުޖެހުނަސް ޢާންމުކޮށް ފުލުހުން ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަން. ޚާއްސަކޮށް ޓްރެފިކް ޕޮލިހުންނަށް
ޖުލައި2021
08 December 2025
ކާކުކަން ނޭގޭ ގޮތަށް ކިހިނެއް އެޕެއް ބޭނުންކުރަނީ. އެޕްފޯނަށް އަޅާއިރު އެއެޕުން ފޯނުގެ ބައިވަރު މައުލޫމާތުނެގޭނެ. އަދި މި މައުލޫމާތު ފުލުންގެ ޑޭޓަބޭސްތަކުގަ ރައްކާކުރާނެ ކަމީ ސައްކެއްނެއްކަމެއް. ކޮންމެ އެޕެއްވެސް ފޯނަށް އަޅަންވާނީ އެއެޕަކުން ސުޕައިވެސްކުރެވިދާނެކަން އެނގިގެން
ބަލަކަލޯ
09 December 2025
ތިބޭފުޅާ މިހާރު ތިޔަބޭނުންކުރާ ފޯނުގައިވެސް ސްޕައިވެއަރ ހުންނާނެ. ޓެކްނޮލޮޖީ ބޭނުންކުރާ ކޮންމެ މީހެއްގެ މައުލޫމާތު ހޯދޭނެ ވަސީލަތް ޤައުމުތަކުގައި އެބަހުރި. ކިތަންމެ ސިއްރުން އުޅުނަސް ހެއްދެވިފަރާތަށް ސިއްރުކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތްކަން ދެނެހުރެ ދުނިޔޭގައި އުޅެމާ.
ހޭބަލިވެދާނެ
09 December 2025
@ބަލަކަލޯ، ހެއްދެވިފަރާތާ ތިޔަ އަޅާ ކިޔަނީ ކޮރަޕްށަންގެ ހާއްޔަކަށް ވެފައިވާ މުއައްސަސާ އަކާ!! ކަލޭ ހަމަތަ!؟
ޑިޖިޓަލައިޒޭޝަން
08 December 2025
ވަރަށް ފުރިހަމަ! އަދިވެސް ބައެއް ހިދުމަތްތައް ލައިވެއްނޫން. މިސާލަކަށް ޕޮލިސް ސަރޓިފިކެޓް، އެޕަލައި ކުރީމަ، ވަގުތުން ސަރޓިފިކެޓް ލިބެންވާނެ. ބިއުރެކުރެސީގެ ތެރެއަށް ވަންނަ ވަނުން ކުޑަކުރަންޖެހޭ، އެހެނަސް މިހާރު ކުރިޔަށްވުރެ ފަސޭހަ.
ހދހހެ
08 December 2025
މިހަރުވެސް އައިއޯހާ މުއަމަލަތް ކުރެވޭ. އޭނައަށް އެއްޗެއް އެނގޭކަމަކަށް ނުވެ
ހުސައިން
09 December 2025
އެޕު ތައް ހެދިއަސް އައި އޯ އިން ރަނގަޅުވެގެން ޢާންމު މީހާ އަށް ރަނގަޅުވާނީ. އަޅުގަނޑުގެ ކޭސް ފުރަތަމަ ބެލި އައި އޯ ރަނގަޅު. ދެން ހަވާލުވި އައި އޯ ރަނަގަޅެކޭ ނުބުނެވޭނެ. އެކި ފަހަރު މަތިން ކޭސް ވާހަކަ ދެއްކިޔަސް ޖަވާބެއް ނުލިބޭ.
ވަރަށް ވބަރާބަރު
08 December 2025
އެޕު ފެނުނު. ވަރަށް ރަނގަޅު މަސައްކަތެއް. މި މަސައްކަތް ކުރުމުގައި އަމަލީ ގޮތުން މުގުލުގައި ހުރި މީހަކީ އާދައިގެ މީހެއް ނޫން. ކާކު ކަމެއް ނޭނގެ.