ފުލުހުންގެ މައި އިދާރާ: ސްކޭމްކުރާ މީހުންގެ ނަމްބަރުތައް އެނގޭ ގޮތަށް ހާއްސަ އެޕެއް ހަދަމުންދާ ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/މިހާރު
19 އޮކްޓޯބަރ 2025 - 14:44
ސްކޭމްކޮށްގެން ފައިސާ ހޯދުމަށް ގެންގުޅޭ ނަމްބަރުތަކާއި ބޭނުންކުރާ އެކައުންޓްތަކުގެ ނަމްބަރުތައް އެނގޭނެ ގޮތަށް މޮބައިލް އެޕްލިކޭޝަނެއް ހަދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ އަލަށް ހަދާ އެޕްލިކޭޝަންގައި ސްކޭމަރުންގެ ނަމްބަރުތަކާއި އެކައުންޓު ނަމްބަރު އަދި ފިޝިން ލިންކާއި ޕްރޮމްޓް މެސެޖުގެ މައުލޫމާތު ފެންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މީހަކަށް ސްކޭމް ކޯލެއް އަތުވެއްޖެނަމަ، އެޕަށް މައުލޫމާތު އެޅޭނެ ކަމަށެވެ. އަދި އެ މައުލޫމާތު ކަށަވަރު ކުރުމަށްފަހު އާއްމުންނަށް ފެންނާނެ ގޮތަށް އެޕުގައި އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ އަށް ގަޑިއިރަކުން އެޕަށް އެ މައުލޫމާތު އަޕްޑޭޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ސަބަބުން މިޓިގޭޓްކުރުމަށް ވަރަށް ބައިވަރު މަސައްކަތްތައް ކުރެވޭ. ސްކޭމް ކޯލެއްކަން ޝައްކުވާ ނަމަ އެޕްގައި ޖަހައިގެން ސާޗްކުރެވޭނެ. ލިންކު ވެސް ބެލޭނެ،" އަޒީފް ވިދާޅުވި އެވެ.
ސްކޭމް ހިންގާ މީހުން އެކި އުކުޅުތައް ބޭނުންކޮށްގެން، އެތައް މިލިއަން ރުފިޔާއެއް އޮޅުވާލައިގެން ހޯދަ އެވެ.
އަޒީފް ވިދާޅުވީ ސްކޭމް ކޯލެއްގެ މައުލޫމާތު ނުވަތަ ސްކޭމް ނަމްބަރެއްގެ މައުލޫމާތު ޕަބްލިޝްކުރާ ހިސާބުން، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުން ލަސްވުމުން ސްކޭމްގައި ޖެހޭ މީހުން އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ސްކޭމްގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމަށްފަހު، އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ގޮތުގެ އަޕްޑޭޓް ނުލިބޭތީ އާންމުންގެ ޝަކުވާ ލިބޭ ކަމަށެވެ. އެހެންވެ، އެފަދަ މައްސަލަތަކުގެ އަޕްޑޭޓް ވެސް އަލަށް ލޯންޗުކުރާ އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައުންސެލަރު...
20 October 2025
އަސްލުވެސް؟! ނާޙަމަ ތެދެއްތަ. ޖޯކެއްތޯ އަނެއްކާ؟ ދެން އޮތް ޖޯކުވެސް ބުނެލަދެއްވާތި އިނގޭތޯ!!!
1990
20 October 2025
1990 ގައި ދުނިޔޭގެ ގައުމުތަކުގައި ގުޅާ ނަންބަރު ޓެލެކޮމް މެދުވެރިކޮށް އެ ފޯން އޮތްތަނެއް ހޯދައި ބަލައެވެ. މިއީ 2025 އެކަމަކު ދިވެހި ފުލުހުންނަށް އެއުޅެވެނީ މި ސުކޭމަރުންނަށް ފަސޭހަކުރަން އެޕް ހަދަން. ދެން ކީކޭ ބުނާނީ.
މހއމ
20 October 2025
އެއުޅެނީ އެއްޗެކޭ ކިޔާފަ އެޕް އަޅުވައިގެން މީހުންގެ ފޯނުތަކަށް އެކްސެސް ހޯދަން.
ތެފައާސާ.
20 October 2025
އެހެންވީމާ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ އެންމެންގެ ނަންބަރުތައް ތި އެޕުގައި ހުންނާނެތާ ދޯ؟
ޖުލައި202
20 October 2025
އަސްލުކުރަންވީ ކަން ބަހައްޓާފަ އަބަދުވެސް ކޮންމެސް އެހެން ކަމެއް ކުރާނީ. ކުރަންވީ ކަމަކީ ސުކޭމަރުން ހިފާ ހައްޔަރު ކުރަންވީ، ދައުވާ ކުރަންވީ، އަދަބުދޭންވީ، ނަމްބަރު ބުލޮކްކުރަންވީ، ނަމްބަރުގެ އޯނަރުންވެސް ކިދުމަތްތަށް ދިނުން ހުއްޓާލަންވީ. އަސްލުމައްސަލަ ހައްލުނުކޮށް ދެން އެހެން ހުރިހާ ކަމެއް ކުރާނެ މިރާއްޖޭގަ
މހއމ
20 October 2025
އާނ. ވަޅަށް ވެއްޓުނު ގެރި ނުނަގާ ވަޅުގަ ބާއްވައިގެން ވަޅުގެ ފެން ގަނޑު ސާފު ކުރާ މީހުން މި އުޅެނީ ހުސް ދޯ؟
މަހާރަދުން
20 October 2025
އިސްލާމްދީނުގަ އޮންނަނީ ވެސް ގޯސް ކަމެއް ފެނިއްޖެނަމަ ވީވަރަކުން ހުއްޓުވަން...ޕޮލިހުންގެ އުސޫލަކީ އެނަންބަރު ބޮލޮކު ނުކަށް ނަންބަރު އެނގޭނެ އެޕެއް މިލަިޔަން ރުފިޔާ ދީގެން ހަދާ ވަގުން ވަން ނަ މަގުތއް ކިޔައިދީ ޑުރަގު ނަންތައް އެނގޭ އޕު ހެދުން ކަހަލަ ކަން ތައް...ގައިމު މިހާރު މުސާރަވެސް ބޮޑު ކޮއްފި...އެހން ގައުމުތަކުގަވެސް ޕޮލިހުން ކަންކަން ކުރާ ގޮތް ބަލާފަ ނަމަވެސް އެހެން އުޅެން ވެއްޖެނު!!!
ޟަގް
20 October 2025
ހެހެހެހެ. ސްކޭމަރުން ތިއެޕް ބަލާފަ ބަސްޓްވެފަ އިން ނަމްބަރެއް ވިއްޔާ އާނަމްބަރާ އެހެންނޫނިޔާ އާލިންކް ބޭނުން ނުކުރާނެބާ. ވަޓް އަވޭސްޓް. ބޭނުންވާނީ ޕްރޯ އެކްޓިވް އެޕްރޯޗެއެއް.
އިނގޭތޯހަމަ
20 October 2025
އެ ނަމްބަރުތަކަކީ ބަދަލުވާ ނަމްބަރުތަކެއް އަބަދުވެސް. ސްކޭމަރެއް ހިފާ ހައްޔަރު ކޮށް އަދަބު ދޭ ދުވަހެއް ދެކެން ބޭނުން ވަނީ. އެޕެއް ހަދާފަ ކަމަކަށް ކަމެއް ކުރާތަނެއްނޫން ދެކެން ބޭނުންވަނީ.
ޢަރުތަ
19 October 2025
"ސްކޭމަރުންގެ ނަމްބަރުތައް އެނގޭ ގޮތަށް ފުލުހުން އެޕެއް ހަދަނީ" މީހަމަ ފުލުހުންގެ ޕްރޮފެޝަނަލްކަންތަ، ހާދަ ދެރަވަރު ކަމެކޭ އުތަ، ސްކޭމަރުންނާ އެމީހުންގެ ނަންބަރާ ހުރިހާ އެއްޗެއް ދިނީމަވެސް ހަމައަޅާވެސް ނުލާ، އެންމެފަހުން ބުނަނީ، ތިމައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދާށޯ.
އޫރު ސަހަރު
19 October 2025
ޒުވާން އަންހެން ކުދިންގެ ފޯނު ހިފަހައްޓާ ބެލޭއިރު ސްކޭމަރުންގެ ފޯނާ ކޮންޕިއުތަރުތައް ހިފަހައްޓާ ބަލާ ކުށް ސާބިތު ނުކުރެވިގެން ތިޔަ އުޅެނީ އަދިވެސް މުސާރައާއި އިނާޔަތްތައް މަދީތޯ!؟