އޮސްޓްރޭލިއާގައި މިއަދުން ފެށިގެން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާވުމުން އިންސްޓަގްރާމުން ކުއްޖެއްގެ އެކައުންޓް ބްލޮކް ކޮށް، އެކަމުގެ ނޯޓިފިކޭޝަން ފޮނުވާފައި. -- ފޮޓޯ: އޭއެފްޕީ
09 ޑިސެމްބަރ 2025 - 20:01
މުޅި ދުނިޔޭގައި ވެސް މުޅިން އަލަށް، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވެއްޖެ އެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ މަޝްހޫރު އެތައް އެޕްލިކޭޝަނެއް މި މަހުގެ 10 އިން ފެށިގެން، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭ ގޮތް ހަދަން ޓެކް ކުންފުނިތަކަށް ލާޒިމްކޮށްފައި ވާއިރު އެކަމުގައި ފެއިލްވެއްޖެ ކުންފުންޏެއް 33 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރާނެ އެވެ.
އޮސްޓްރޭލިއާ ވެފައިވަނީ ޓެކްނޮލޮޖީގެ ދާއިރާގައި އާދަޔާ ހިލާފަށް ނުފޫޒު ގަދަ ކުންފުނިތަކާ ދެކޮޅަށް ސިޔާސީ ބާރު ބޭނުންކޮށް އެ ކުންފުނިތައް ފަހަތަށް ޖެހެން މަޖުބޫރު ކުރުވި. މަދު ގައުމުތަކުގެ ތެރޭގަ އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެލްގޮރިދަމް ހަދާފައިވަނީ ވަރަށް ބޮޑަށް އެޑިކްޓުވާ ގޮތަކަށް ކަމަށާއި ކުޑަކުދިން އަބަދު ސްކްރީނަށް ބަލަން ތިބޭއިރު ފެންނަނީ ބުލީކުރުމާއި ޖިންސީ ކަންކަމާ ގުޅޭ ކޮންޓެންޓާއި އަނިޔާވެރި އަމަލުތައް ކަމަށެވެ.
"ސޯޝަލް މީޑިއާ އަކީ، ގިނަ ފަހަރަށް، ސޯޝަލް އެއްޗެއް ނޫން،" ކުޑަކުދިނަށް ސޯޝަލް މީޑިއާ މަނާވާ ވަގުތު ޖެހުމުގެ ކުރިން ދެއްވި ބަޔާނުގައި ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގައި މިއަދުން ފެށިގެން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާވުމުން ސްނެޕްޗެޓުން ކުއްޖެއްގެ އެކައުންޓް ބްލޮކް ކޮށް، އެކަމުގެ ނޯޓިފިކޭޝަން ފޮނުވާފައި. -- ފޮޓޯ: އޭއެފްޕީ
"އޭގެ ބަދަލުގައި އެ ބޭނުންކުރަނީ ބުލީކުރުމުގެ ހަތިޔާރަކަށް، ޕިއާ ޕްރެޝާގެ ޕްލެޓްފޯމަކަށް، އެންޒައިޓީއަށް ހުށަހަޅާ އެއްޗަކަށް، ސްކޭމަރުންނަށް ލިބޭ ފުރުސަތަކަށް، އަދި އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އެއީ ޖިންސީ ގޯނާކުރާ މީހުންނަށް ވެސް ފަހި މައިދާނެއް."
އޮސްޓްރޭލިއާ އަށް މި މަހުގެ 10 ވަނަ ދުވަސް، ދަންވަރު 12 ޖެހުމާ އެކު ފެށިފައި ވާއިރު ކުދިން ހޭލާއިރު ދެން ފެންނާނީ ސޯޝަލް މީޑިއާ އެކައުންޓަކުން ލޮގްއައުޓް ވެފައި ވަނިކޮށެވެ.
މި ނިންމުމާ ދެކޮޅަށް ޓެކް ކުންފުނިތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ މީހުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ބެލެނިވެރިންގެ ތާއީދު ބޮޑެވެ.
މީގެ ފަހުން އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓިކް، ސްނެޕްޗެޓް އަދި ރެޑިޓް ފަދަ ޕްލެޓްފޯމްތަކުގައި އެކައުންޓެއް ނުހެދޭނެ އެވެ. އެކައުންޓް ހުޅުވާއިރު އުމުރު ކަށަވަރުކުރުމަށް ސެލްފީއަކާއި އައިޑެންޓިޓީ ކާޑު އަދި ބޭންކް އެކައުންޓް ލިންކު ކުރުން ފަދަ ކަންކަން ކުރަން ޖެހޭނެ އެވެ. ބައެއް ކުންފުނިތަކުން ބުނެފައިވަނީ އުމުރު ދެނެގަތުމަށް ބޭނުންކުރާނީ އޭއައި ޓެކްނޮލޮޖީ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
10 December 2025
ރާއްޖެ އާ މުސްލިމް ގައުމު ތަކުގަ މަނާ ނުކުރެވެނީ ކީއްވެތޯ އެވެ ؟
000000
10 December 2025
ތީތި މަނާކުރަންވީ 65 އަަހަރުން ދަށަށް. ރިޓަޔަރވީމަ ސިކުންތަކު އެއްފަހަރު ހަބަރު ކިއިދާނެ. މަސައްކަތު އުމުރު ތި އެއްޗަކާ ހެދި މީޙުން މަސައްކަތ ްނުކޮށ އަނގައރުަވަނ ތިބެނީ
ކުޑަސޯބު
10 December 2025
ރާއްޖޭގައި 40+ މީހުންނަށް މަނާކުރަންވީ ؛ޕ
ދައިތަގެ
10 December 2025
ރާއްޖޭގަ މިކަން ކުރާނީ ކޮން އިރަކުންބާ
ކަބަޑު
10 December 2025
ނޯތުކޮރެއާއެކޭ ތަފާތެއްނެތެއްނު.
މިއައު
09 December 2025
މިއީ އިސްލާމީ ގައުމެއްގަ ކުރި ކަމެއްނަމަ މިކަން ޖޯކު ވެގެން މިތާ މިއުޅޭ މީހުން ބޮޑު އީދެއް ކުރާނެ. އެކަމު މިއީ އެވެރިން ލައިކް ވާ ގައުމެއް ވީމަ މިއީ ކޫލް ސަޅި ކަމެއް
ސަޅި
10 December 2025
މަވެސް ބުނެލަން ހިތަށް އެރި އެއްޗެއް ތިޔަ ބުނެލީ.
ބިން
10 December 2025
އެއީ ތިބުނާ "އިސްލާމީ" ގައުމެއްގަ ކުރިޔަކުރާނީ ޕްރޮޕެގެންޑާއެއް ފަތުރަން، ނޫނީ ވެރިކަމުގަ މުޅި އުމުރު ހުންނަބޭނުންވާ ޑިކްޓޭޓަރެއް. މީހުންގެ ނުވަތަ ގައުމެއްގެ ވަޒަންކުރާނީ އެބަޔަކު ބުނާ ބަސްތަކުންނެއް ނޫން، އެބަޔެއް ކުރާ ކަންތަކުން، އަމަލުތަކުން. އެހެންވީމަ ޖޯކުވަނީ އެގޮތަށް އަމަލުކޮށްފަ ހުންނާތީވެ.
ނަމެއް
10 December 2025
މުސްލިމް ނޫނީ އެފްރިކާގެ ގައުމެއްނަމަ ޒަކަބާގުމެން ކަހަލަ މަހުޖަނުންނާ އެމެރިކާގެ ސަރުކާރުން މިހާރު އެގައުމެއްގެ ސަރުކާރާދެކޮޅަށް ފަންޑުކޮށް ވެރިކަން ވައްޓާލީސް.
ސަސި
09 December 2025
އަދި ހަމަ ޖެހިލާ އަހަރުމެން 15 އަހަރުން ދަށަށް މަނާ ކޮށްލަން މާ ގިނަ ދުވަހެއް ނުނަގާނެ
ސަހަރޯއި
09 December 2025
ކެނެޑާގަ 15 އަހަރުންދަށަށް އެއޮށް މަނާކުރަނީ އަހަރެމެން ސޯޝަލްމީޑިއާގަ ބތ ވެފަ ތިއްބާ.