މާލޭގެ މޭޔަރު އާޒިމް، ސިޓީކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. -- ފޮޓޯ | މާލޭ ސިޓީކައުންސިލް
10 ޑިސެމްބަރ 2025 - 10:07
އަތޮޅު ކައުންސިލްތައް އުވާލުން ހިމެނޭހެން ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތައް "ހުއްޓުމަކަށް އައިސްފައިވާ" ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ ގާނޫނަށް ގެނައި ބަދަލާ އެކު މާލެ ސިޓީކައުންސިލުން މުވައްޒަފު ކެނޑުނަސް ބަދަލުގައި މީހަކު ހޯދަން ދާން ޖެހެނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކަމަށެވެ. އެހެން ނަމަވެސް ހިދުމަތެއް ނުދެވިއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހެނީ މޭޔަރާއި ކައުންސިލަރުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓީކައުންސިލަށް މުވައްޒަފުން ހޯދަން މިހާރު ވެސް އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެކަަމަށް އަދި ޖަވާބެއް ނުލިބޭ ކަމަށެވެ.
"އެެހެންވީމާ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދަތިކުރުމުގެ ގޮތުން ކަމަށް އަަޅުގަނޑަށް ފާހަގަކުރެވެނީ މި ބަދަލުތައް މިހިރީ ގެނެސްފައި،" އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ރަނގަޅަށް ހިނގާ ނިޒާމަކީ ލާމަރުކަޒީ ނިޒާމް ކަމަށާއި ކައުންސިލްތަކަށް ދޭ ކުޑަކުޑަ ބަޖެޓުން ރައްޔިތުންނަށް މާ ރަނގަޅަަށް ހިދުމަތްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކައުންސިލްތަކަށް ދޭ ފައިސާ ހަރަދުކުރާ ގޮތް މާ ރަނގަޅަށް ރައްޔިތުންނަށް ފެންނަން ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކިޔަނީ ދިވެހިރާއްޖޭގެ ބަޖެޓްގެ ހަަތަރުވަރަކަށް ޕަސެންޓް[ގެ ވާހަކަ]. އަނެއް 96 ޕަސެންޓަށް ވާ ގޮތެއް ރައްޔިތުންނަކަށް ނޭނގޭ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ކައުންސިލްތަކަށް ލިބޭ އާމްދަނީ ވެސް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ވަނީ ގެއްލިފަ އެވެ. ކައުންސިލްތަކުން ތަނެއް ކުއްޔަށް ދޭން ވެސް އެލްޖީއޭގެ ހުއްދަ ނަގަން ޖެހުމަކީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހުންނަ ތަންތަން ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް އޮންނަން ވާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ ގާނޫނަށް މި ގެންނަ ބަދަލުތަކަކީ ސީދާ ރައްޔިތުންނަށް ޖެއްސުންކުރަން ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ކަންބޮޑުވުން ފާޅުކުރެއްވި ކަމަކީ އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއި ކައުންސިލްގެ ދައުރުގެ ފަހު އަހަރު އެއްވެސް މުވައްޒަފަކު ނުނެގޭ ގޮތަށް އޮތުމެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް. -- ފައިލް ފޮޓޯ/މިހާރު
"އެހެން ނަމަވެސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ސަރުކާރުން އައިނު ފިހާރަ އެބަ ހުޅުވާ، ޓެކްސީ ލައިން އެބަ ހަދާ، އަދި ހަމަ އެއާ އެކުގައި އަޅުގަނޑުމެންނަށް ފެނިގެންދޭ ގާއަަޅާ ކުންފުންޏެއް ހެދި ތަން. އަދި މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި އިރު ގަސް ވިއްކާ ފިހާރައެއް ހުޅުވާފައި ވޭ. އެހެން ނަމަވެސް މިއަދު ކައުންސިލްތަކުން ކުރާ އެފަދަ މަސައްކަތްތައް ހަމަ އެއްކޮށް ހުއްޓުވަން ގާނޫނަށް މި ބަދަލު ގެނައީ،" އާތިފް ވިދާޅުވި އެވެ.
ކަންބޮޑުވުންތަކާ އެކު ދެ މޭޔަރުން ވެސް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލެއްވީ ލާމަރުކަޒީ ގާނޫނު ކުރިން އޮތް ގޮތަށް އިއާދަކުރަން ނުވަތަ މިހާރަށް ވުރެ ރަނގަޅު ބަދަލުތަކެއް ގެނައުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
10 December 2025
މުއިއްޒުގެ މޭޔަރުކަމުގައި ތިޔަތަނަށް ލީ ބޭކާރު ކޮންސަލްޓަންޓުންތަށް ކަނޑާ ހަމައެކަނި ބޭނުންވާ މީހުން ނަބާލަ. މުސާރައިގެ ގޮތުގައި ފައިސާ ބެހުމުގެ ދޮރު ބަންދުކުރަންޖެހޭ.
ޝޮކްތެރަޕީ
10 December 2025
ސަރުކާރުން ހެދީ ރަނގަޅަ. ބޭކާރު ތަންތަން މިހާރުން މިހާރައް އޮވާލަންވީ.
ޖާގަ
10 December 2025
އޮވައެއްނުލެވޭނެ. އުވާލެވިދާނެ.
އައްބެ
10 December 2025
މޭޔަރުގެ ކެމްޕޭން ފެށުމަށް ތައްޔާރުވެއްޖެ ގެޒެޓް ބައްލަވާ "ކުޅުދުއްފުށީ ސިޓީގެ 5 އަހަރުގެ ތަރައްގީގެ ޕްލޭންގެ ހާސިލްކުރުންތަކާއި ގުޅޭ ފޮތެއް އަދި ވެބް ކޮންޓެންޓް ތައްޔާރުކޮށްދޭނެ ކޮމިއުނިކޭޝަން ފާރމެއް ހޯދަން ބޭނުންވެއްޖެ"
އައްބެ
10 December 2025
ގެޒެޓުގައި އެތައް މެޝިނަރީއަކާއި މަސައްކަތްތަކަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުންއިއުލާނު ކޮށްފައިމިވަނީ ސަރުކާރުން ހުރަސްއަޅާތީތޯ. ޔަގީނުން އެހުރިހާކަމެއް ކުރާނެ އާމްދަނީއެއް ހޯދޭނެ މަސައްކަތްތަކެއް ތިޔަ ކައުންސިލަކަށް ނުކުރެވޭ. ހައެއްކަ މައިޒާން ތަރައްޤީކުރެވުމަކުން އެއީ ކަމެއް ކުރެވުނިއްޔެއްނޫން. ދައުލަތުގެ ބަޖެޓުން ދޫކުރާ ގްރާންޓް އެހީ ތިޔަ ހުސްކުރަނީ ކެމްޕޭނަށް މިހާރު.
އައްބެ
10 December 2025
"ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ކަންބޮޑުވުން ފާޅުކުރެއްވި ކަމަކީ އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއި ކައުންސިލްގެ ދައުރުގެ ފަހު އަހަރު އެއްވެސް މުވައްޒަފަކު ނުނެގޭ ގޮތަށް އޮތުން" ހުސްދޮގު. މިހެންވެތޯ ގެޒެޓުގައި 2 ޑިސެމްބަރ ގައި އެއޮތީ ސ.އެންވަޔަރަމަންޓް މެނޭޖްމެންޓް އޮފިސަރެއްގެ ދާއިމީ މަޤާމަކަށް އިއުލާންކޮށްފައި. https://gazette.gov.mv/iulaan/370089
ސަލީމް އަހުމަދު
10 December 2025
ބަލަ އާޒިމް ނޫންތޯ ބުނީ އެމްޑީޕީގެ 14 މީހުންނަށް ވަޒީފާ ދިނީމޭ 25 ހާސް ރުފިޔާގެ މުސާރައިގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއޭ
އިބްރާމް
10 December 2025
ހެޔޮނިޔަތެއްގައި ކޮށްފިއްޔާ ރަނގަޅު ދޯ!؟ އަތޮޅު ކައުންސިލްތައް އުވާލުން ... އެއަށްވުރެ މާކުރިން ފެނަކައަށް އެކި ދަރަޖައިގައި މުއައްޒަފުން އިންތިހާއަށް ވެއްދުން... ސިޔާސީ މަޤާމުތައް ހައްދުފަހަނާއަޅައި ބޮއްސުންލާވަރަށް އިތުރު ކުރުން ނުފޫޒާ ބާރުގަދަ އައުވާނުންގެ ބާރުގައި ބޭނުމެއްނެތް ގިނަ މުއައްސަސާތައް އަލަށް އުފެއްދުމާއިއެކު ކޮރަޕްޝަން އިންތިހާއަށް މައްޗަށް އަދި އަޅާނުލައި ދޫކޮށްލައި އިތުރަށް ހިތްވަރުދީ ބާރު ދިނުން ...؟؟؟!!!
ޢެމެފިކާ
10 December 2025
ޢަތޮޅު ކަންސިލްތަ އޮވާލަންވީ.
ނާސިދް
10 December 2025
މިއަދު ސިޔާސީ ބޭނުމަކަށް ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަން މި އިނގެނީ.. ހުދު އާދަމް އާޒިމް ޕާޓީ ކުދިންވެސް ވަރަށް ތާއީދު ކުރާކަމެއް މީ
ނައުޝޫދް
10 December 2025
ބޭކާރު ކައުންސިލަރުން މަދު ކުރުމަކީ ރައީސް މުއިއްޒު ކުރެއްވި ރަނގަޅުކަމެއް، ބޭކާރު އެތަކެއް ހަރަދެއް ސަލާމަތް ވެގެން މިދިޔައީ.. ކައުންސިލްތަކާ ގުޅިގެން މިހާތަނަށް އެންމެ ގިނަ މަސަކަތެއް ކުރެއްވި ހަމައެކަނި ރައީސްއަކީ ރައީސް މުއިއްޒު
ބިރާލް
10 December 2025
ރަނގަޅު މަގުސަދެއްގައި ބޭކާރު ހަރަދުކުޑަކުރަންކުރި ކަމެއްނަމަ ސިޔާސީ މީހުން ގިނަ ނުކުރީސް..ސިވިލް މީހުނަަށްވިރެ ބޮޑުހަރަދެއް ކުރޭ ސިޔާސީ މުސާރަތަކަށް.