ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބާ ކައުންސިލްގެ ބައެއް މެންބަރުން: ހެކިންނަށް ވަކީލުން ބިރުދައްކާ ކަމަށް ގާޒީ ވިދާޅުވުން ބާ ކައުންސިލުން ވަނީ ކުށްވެރިކޮށްފައި - ފޮޓޯ: މިހާރު
11 ޑިސެމްބަރ 2025 - 20:13
ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވުމުން އެކަން ބާ ކައުންސިލުން ކުށްވެރިކޮށްފި އެވެ.
އެމްއެމްއޭ ކައިރީގައި ހަމަލާދީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ޝަރީއަތުގައި އެންމެ މުހިންމު ސިއްރު ހެކިވެރިޔާ އެންމެ ފަހު ވަގުތު، އޭނާގެ ހެކިބަސް ބަލައިނުގަތުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވި އެވެ.
އެކަމާ ކަންބޮޑުވުންފާޅުކުރައްވައި، ގާޒީ އަލީ އާދަމް އެ މައްސަލައިގެ ހުކުމްގައި ވިދާޅުވެފައިވަނީ މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލަތުކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާވާނޭ ފަދަ ހަމަލާއެއް ދޭނެ ކަމަށް އިންޒާރުދޭ ކަމަށެވެ.
ގާޒީ ހުކުމްގައި އެކަން ފާހަގަކުރުން ކުށްވެރިކޮށް ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާޒީ ހުކުމްގައި ބަޔާންކުރި އިބާރާތަކީ ހެއްކެއްގެ މައްޗަށް ނުވަތަ އެ މައްސަލައިގެ ވަކީލުގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރާ ގާނޫނީ ވަކީލުންނަށް އަމާޒުވެގެން ދިޔަ ކަމެއް ކަމަށެވެ.
ދިފާއީ ވަކީލުންނާ މެދު މުޖުތަމައުގައި ނުރަނގަޅު ތަސައްވުރެއް އުފެދި ދިފާއީ ވަކީލުންނަކީ ކުށުގެ އަމަލުތަކެއް ހިންގާ ބައެއްގެ ގޮތުގައި ސިފަކުރެވުމަކީ އަދުލު އިންސާފުގެ ނިޒާމަށް އަދި ގާނޫނީ ފަންނަށް އާންމުންގެ އޮންނަ އިތުބާރަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ. އެހެންވެ، އެ ކަންބޮޑުވުން ބާ ކައުންސިލުން ވަނީ ކްރިމިނަލް ކޯޓާ ވެސް މިއަދު ހިއްސާކޮށްފަ އެވެ.
"ވަކީލުންނަކީ ކުށްވެރިން ކަމަށް ނުވަތަ ކުށުގެ އަމަލު ހިންގާ ފަރާތެއް ކަމަށް އާންމުންނަށް ދޭހަވާ ގޮތަށް އެއްވެސް ހެއްކަކާ ނުލައި ދައުލަތުގެ އެއްވެސް އިދާރާއަކުން ކޯޓަކުން ނުވަތަ އާންމު ފަރާތަކުން ވެސް އެފަދަ ތުހުމަތު ރައްދުކުރުން ބާ ކައުންސިލުން ކުށްވެރި ކުރަމެވެ. އަދި އެއީ އިންސާފުވެރި ޝަރީއަތުގެ ހައްގަށް ހުރަސްއެޅިގެންދާނެ އަދި އަދުލު އިންސާފުގެ ނިޒާމާ މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމުގައި ވެސް ދެކެމެވެ." ބާ ކައުންސިލުން ބުންޏެވެ.
ވަކީލެއްގެ ސުލޫކީ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ، ބާ ކައުންސިލުން ބުނި ގޮތުގައި ގާނޫނީ ފަންނުގެ ގާނޫނާއި ވަކީލުންގެ ސުލޫކީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ސުލޫކީ މައްސަލަ ހުށަހެޅުމުގެ ނިޒާމެއް ގާއިމްވެފައިވެ އެވެ. އެގޮތުގެ މަތިން އެފަދަ މައްސަލަތައް ބާ ކައުންސިލަށް ހުށަހަޅަން އެއްވެސް ހުރަހެއް ނެތް ކަމަށް ބުންޏެވެ.
އަދި ގާނޫނީ ވަކީލުންގެ ސުލޫކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް މިހާރު ވެސް ބާ ކައުންސިލުން ބަލައި ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގައި ފިޔަވަޅު އަޅަމުންދާ ކަމަށާއި އެހެންކަމުން ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތްކޮށް އަސާސެއް ނެތް ތުހުމަތުތައް ކުރުމުން ދުރުހެލިވުމަށް ބާ ކައުންސިލުން އިލްތިމާސްކުރާ ކަމަށް ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަޕް
12 December 2025
ތިބާވެފައި އޮތް ކައުންސިލަކީ ރާއްޖެއަށް ބޭނުންތަނެއް ނޫން. އަވަހަށް އުވާލާ!
އައިސަން
12 December 2025
ޑިފެންސިވް ވާންވީކީ ނޫން ކަލޭނޭ މައްސަލަ ހުރިކަން ގަބޫލުކޮށް ރަނގަޅު ކުރަން މަސައްކަތް ކުރަންވީ
ހޮޓްކިންގ
12 December 2025
ކިތަންމެ ރުޅިއަޔަސް ގާޒީވިދާޅުވީ ހަގީގަތެއް. ރިސްވަތުވެސް ހުށަހަޅާ.
ސަލިމާ
12 December 2025
ދިފާއީ ވަކީލުން ބިރުދައްކާ ، ފައިސާވެސް ނަގާ. މަދު މީހަކުނޫނީ އެންމެންނަކީ ހުސް އެހެން އުޅޭމީހުން
ޒަރީރު
12 December 2025
90 ޕަސެންޓް ދިފާއީ ވަކީލުން ހެކިންނަށް ބިރުދައްކާ
ހިނިއަންނަނީ
12 December 2025
އެއްކަލަ ޒުންނަވާރު އަދިވެސް އުޅެނީ ގާނޫނީވަކީލު ކަމުގަ، ކޮބާ ބާ ކައުންސިލް.
ދައްކާ
12 December 2025
ބާކައުނސިލް މުއްިއްޒު ކިތަންމެ ރުޅިއަޔަސް، ޙަޤީޤަތްވާނީ ތެދަށް. ދެން ފަނޑިޔާރު ވަކިކުރޭ އަވަހަށް. މިޤައުމަކު ނެތް ވަކީލުންނެއް، މުޅިން ތިބީ ފައިސާއަށް ދަހިވެތި، ކަލޓން.
ކޫޑޫ
12 December 2025
ޤާޒީ އެވިދާޅުވީ ތެދުަކަން މިހާމަވީ. މައްސަލަ ހިނގާ ގޮތަކީ ލިންކްތައް ވަރުގަދަ ވަކީލުން މައްސަލަ ކާމިޔާބުވާނެ. ވަކީލަކީ މެދުވެރިޔާ. އައިއޯއިން ފެށިގެން ގާޒީއާއި ދެމެދު އޮންނަ ނެޓްވޯކްގެ.
ކަތްދައްތަ
12 December 2025
ހަމްޒާ ބާ އަށް ބިރު ދެއްކީބާ؟ ފަނޑިޔާރަކު ބުނާއެއްޗެއް އެބުނަނީ ހަގީގަތެއް އޮތީމަ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ބެންޗުން ދުއްވާލީ ތިޔަ ބާ ކައުންސިލުގެ ޒިންމާގަ ހުރި ވަކީލެއް އޭނާގެ ދުސްތޫރީ ގާނޫނީ ޒިންމާތަކާއި ކުރި ދެ ހުވަޔާވެސް ޚިލާފަށް ސަރުކާރަށް ބައިއަތު ހިފައިގެން ހޭވި ހަޑިއެއްގަ؟ އޭނާގެ ސުލޫކު ބަލާބަލަ ކުރާނެ ކަމެއް ނެތިއްޔާ. ބެންޗާ ބާ އާ ހަގުރާމަ ކުރަން ހިފައިގެން ބާއަށް ކާމިޔާބު ވާނެތަ؟
ޖުޔިކުރު
12 December 2025
ގާޒީ ވިދާޅުވީ ހެޔޮކޮށް. ކަލޭމެން ފިޔަވަޅެއް އެޅި ވަކީލެއް ދައްކަބަލަ ސިރާޖޫ މުޅިތަން ސިޔާސީ ކޮށް ނިންމައިގެން
ޖުޔިރުކުގެ
12 December 2025
ވެބްސައިޓް ބަލާބަލަ.