އައްޑޫ ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ބަދަލުކޮށްދޭން އެދި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ޕީއެންސީގެ މެންބަރުން ކުރަނީ.
11 ޑިސެމްބަރ 2025 - 22:27
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރާ އިރު، ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރާ ދާއިރާ ރޮޓޭޓްވާން ޖެހޭ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދާއިރާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި ފަހަރު ވެސް ބަދަލުނުކުރާތީ އެކަން ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.
އީސީން އެގޮތަށް ނިންމާފައި ވާތީ އެކަން ބަދަލުކުރަން ވެރިކަންކުރާ ޕީއެންސީގެ އައްޑޫ މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ އީސީއަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އައްޑޫ ޕީއެންސީގެ މެންބަރުން ސޮއިކުރަމުން ގެންދާ ޕެޓިޝަންގައި ބުނެފައި އޮތީ އަންހެނުންނަށް ހާއްސަކުރާ ދާއިރާ، ގާނޫނުގައި ބުނާ ގޮތަށް ބަދަލުނުކޮށް، ހިތަދޫ ބޭރުމަތި ދާއިރާ މިފަހަރު ވެސް ހާއްސަކޮށްފައި އޮތީ އަންހެނުންނަށް ކަމަށެވެ. މިއީ، އެދާއިރާއަށް ވާދަކުރުމުގެ ހައްގު ފިރިހެނުންނަށް ނުލިބި 10 އަހަރު ދުވަސް ހޭދަވާނެ ކަމެއް ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.
އެހެންވެ އެކަން ބަދަލުކުރަން އެ ޕެޓިޝަނުގައި އީސީއަށް ގޮވާލާފައި ވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން 19 ވަނަ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ފުރަތަމަ ބާއްވާ އިންތިހާބުގައި ސިޓީކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރާނެ ވަކި އުސޫލަކާއި އޭގެ ފަހުން އަމަލުކުރާނެ ގޮތް ބަޔާންކޮށްފައި ވެ އެވެ. އެ އެ އިސްލާހުގައިވާ ގޮތުން އޭގެ ފަހުން ބާއްވާ ފުރަތަމަ އިންތިހާބަށް ފަހު އަންހެނުންނަށް ހާއްސަކުރާ ދާއިރާ ރޮޓޭޓްވާން ޖެހޭނެ އެވެ.
އެހެން އެކަން އޮއްވާ 20 ވަނަ މަޖިލީހުން އެ ގާނޫނަށް ގެނައި އިސްލާހުގައި އަނެއްކާވެސް ކަނޑައަޅާފައި އޮތީ އެ ގާނޫނުގެ ދަށުން [ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން އެންމެ ފަހުން ފާސްކުރި ގާނޫނުގެ ދަށުން] ބާއްވާ އިންތިހާބުތަކުގައި އަންހެނުންނަށް ހާއްސަކުރާ ދާއިރާ ރޮޓޭޓްވާން ޖެހޭނެ ކަމަށެވެ.
އަޒާން އީސީއަަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އަންހެނުންނަށް ހާއްސަކުރާ ދާއިރާ ބަދަލު ނުކުރުމަކީ އެކަމަށް ކަނޑައަޅާފައިވާ [ގާނޫނުގައި ބުނާ] އުސޫލާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.
އަންހެނުންނަށް ހާއްސަކުރާ ދާއިރާ ބަދަލުވާން ޖެހޭނެ ގޮތުގެ ތާވަލެއް ވެސް ސިޓީއާ އެކު އޭނާ އީސީއަށް ހުށަހެޅުއްވި އެވެ. އެހެންވެ، އީސީން އެގޮތަށް ނިންމި ސަބަބު ސާފުކޮށްދޭން، ސިޓީގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިކކި
12 December 2025
އެދާއިރާ އަންހެނުންނަށް ޚާއްޞަ ކުރުމުންގެ އެދާއިރާގެ ފިރިހެނުންގެ ހައްގު ގެއްލުނީތާ، އަންހެނުންނަށް ހައްގު ހޯދައި މިދެނީ އެހެން ބައެއްގެ ހައްގު ފޭރިގަނެގެން، މިއީ ކޮންކަހަލަ އިންސާފެއްބާ، އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ޚާއްޞަކުރާނަމަ މިއަށްވުރެ އިންސާފުވެރިގޮތަކަށް، އެއްވެސް ބައެއްގެ ހައްގު ނުގެއްލޭ ގޮތަށް އެކަން ކުރެވެންޖެހޭނެ، މިސާލަކަށް، މެމްބަރުން ހޮވާ ދާއިރާތަކުގެ އިތުރުން ބޭނުންވާ އަދަދަށް އަންހެނުންނަށް ވަކިން ކުރިމަތި ލެވޭގޮތަށް
ވިސްނާށޭ
12 December 2025
އަންހެނުންނަށް ޚާއްސަ ދާއިރާ އެއް ފިރިހެނުންނަށް ޚާއްސަ ދާއިރާ އެއް އެއީ އޮންނަ އެއްޗެއް ނޫނޭ އަންހެނުން ވެސް ފިރިހެނުންވެސް މަސައްކަތް ކުރަންވީ މަސައްކަތް ކުރީމާ ކާމިޔާބުވާނެއޭ އެނިމުނީއޭ...
ލާމަސީލު
12 December 2025
އަންހެނުންނާއި އެއްގޮތަށް ފިރިހެނުންނަށްވެސް ޚާއްސަ ދާއިރާތައް ހުންނަންވާނެ. ގައުމުގަ މިއޮތް ނަސްލީއިމްތިޔާޒް ބަލައެއް ނުގަނެވޭ.
ކޫޑޫ
12 December 2025
ޙާއްސަކޮށްދޭން ޖެހުމަކީ ބަލިކަށިކަން، ދެރަކަން، ހަމަހަމަކަން ނެތުން. ޙާއްސަ ނުކުރާނަމަ ހުސް އަންހެނުންނަށްވެސް އާދެވިދާނެ. އެކަމަކު ހާއްސަކުރާހާ ހިނދަކު މީހުން އެކަން ބަލައިގަންނާނީ ޙާއްސަކުރިއެއްޗެއް އެކަނިދޭން.
ދިވެހި ފިރިހެނެއް
12 December 2025
އަންހެނުން ނިކަމެތިކުރަން އެ މީހުންނަށް ހާއްސަ ދާއިދާ ހަމަޖެއްސުމަކީ ސަރުކާރުން އަންހެނުނަށް ކުރާ މަލާމާތެއް.
މާލެމީހާ
11 December 2025
ހެންވޭރު އުތުރު ވެސް ހަމަ އެހެން. ބަދަލު ނުކޮށް ހެންވޭރު އުތުތު ތަމްސީލު ކުރަން މިފަހަރުވެސް ތަބަކަށް ލާފަ މި ދެނީ އަންހެނަކަށް. އެ ހެޔޮ އެ ކަނބަލެއްގެ އެއްވެސް އުރަތްޕެއް ނެތަސް.
ކާނިި
11 December 2025
އައްޑޫއަކީ ހާދަ މައްސަލަބޮޑުތަނެކޭދީ.
ސިޔާސަ
12 December 2025
ވެރިން ތިބި ތަނެއް ނުން. ބޮޓުން މުޅިންވެސް އުޅޭތަނެއް.
ޒެފިއާ
11 December 2025
އތުރަށް އަންހެން ގޮނޑި ބޭނުމެއް ނޫން! ނުވެސް ލެވޭނެ ދެން، އީސީ ބާރު އެބައޮތް ދާއިރާގައކ
ާޖަމީލާ
11 December 2025
ވަރަށް ބޭ އިންސާފު ނިންމުމެއް. ޢީސީގެ ނިންމުން ބަދަލު ކުރޭ