މީގެ ކުރިން ފާހަގަކުރި މަސްވެރިންގެ ދުވަހުގެ ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
13 ޑިސެމްބަރ 2025 - 08:42
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނަބަލުން ރ. ދުވާފަރަށް މިއަދު ފުރާވަޑައިގެންފި އެވެ.
ޑިސެމްބަރު 10 ގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި މިރޭ ބާއްވަން ތާވަލް ކޮށްފައިވީ ނަމަވެސް މީގެ ފަސް ދުވަސް ކުރިން ފެށިގެން އެ ދުވަހާ ގުޅޭ ހާއްސަ ހަރަކާތްތައް އެ ރަށުގައި އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި ތަފާތު މުބާރާތްތަކާއި މަސްވެރިންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމް ހިމެނެ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން ދުވާފަރުގައި ހިންގާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ރައީސްގެ ދަތުުރުފުޅުގައި މިއަދު ފަށްޓަވައި ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް މިއަދު ކުރިއަށް ގެންދާނެ އެވެ.
އޭގެ ތެރޭގައި ދުވާފަރުގެ ބިންހިންކުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމާއި އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދުވާފަރުގައި ގާއިމްކޮށްފައިވާ އޭޓީއެމާއި އެސްޓީއޯ އިން ދުވާފަރުގައި ގާއިމްކުރި ޕެޓްރޯލްޝެޑް ހުޅުވުން އޮންނާނެ އެވެ. ދުވާފަރުގައި އާރްޓީލް ބަހުގެ ހިދުމަތް ވެސް މިއަދު ފަށަން ވަނީ ތާވަލްކޮށްފަ އެވެ.
- ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު
- ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ މަޝްރޫއު
- އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު
- ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އަލަށް އަޅާ އިމާރާތުގެ މަސައްކަތް
- އައުޓްޑޯ ވޮލީކޯޓްގެ މަސައްކަތް
- ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް
- ދަނާލު އެޅުމުގެ މަސައްކަތް
މި މަސައްކަތްތައް ފަށްޓަވައިދެއްވުމުގެ އިތުރުން ދުވާފަރުގައި ސަރުކާރުން ހިންގާ ބައެއް އާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ރައީސް މުއިއްޒުގެ ދަތުރުފުޅުގައި އޮންނާނެ އެވެ. މިއަދު އެއްބަސްވުމުގައި ސޮއިކުރާ މަޝްރޫއުތަކުގެ ތެރޭގައި ދުވާފަރުގެ ހިއްކި ބިމަށް ބޭނުންވާ ފެނާއި ނަރުދަމާ އެޅުމުގެ އެއްބަސްވުމާއި ދުވާފަރުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުން ހިމެނެ އެވެ. ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކުރާނެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ދުވާފަރުގައި ކުރިއަށް ގެންދާ ބައެއް ހަރަކާތްތައް ރައީސްގެ ދެ ކަނބަލުން މިއަދު ބައްލަވައިލައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާޖިދާ
13 December 2025
ތިމާވެށި ހިމާޔަތް ކުރަން ނޫޅެ އަދި ވެސް މަސްވެރިންގެ ދުވަސް ފާހަނގަ ކުރަނީ.. މަހުގެ ސްޓޮކް ހުސްވުމުގެ ކުރިން މަސް ބޭނުން މަނާކޮށް މިހާރު މަސްވެރިކަމުން އާމްދަނީ ހޯދާ މީހުންނަށް އާމްދަނީ ލިބޭނެ އެހެން ގޮތްތަށް ސަރުކާރުން ހޯދަދޭން ފެނޭ.
ފަހުދު.
13 December 2025
މަސްވެތިން ގަނަތެޅެނީ
ކޮރަލް
13 December 2025
ކިތަނެމް ވަރަކަށް ސިނާއަތް ތަރައްގީ ކުރިއަސް މަސްވެރީންނަށް ތަމްރީން ނުދީ ކުރިއަށް ނުދާނެ އެވެ.