ރައީސް މުއިއްޒު މިދިޔަ އަހަރު މަސްވެރިންގެ ޔުނިއަންއާ ބައްދަލުކުރައްވަނީ: މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
10 ޑިސެމްބަރ 2025 - 14:37
މި ސަރުކާރުގެ އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ގުޅި ލާމެހިފައިވާ ކަމަށާއި އަދި އެ މިއަދާ ހަމައަށް ވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުން ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކޮށް ގައުމުގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާ އިތުރު ކުރުމާއެކު މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައުފާން
10 December 2025
މި ސަރުކާރުން މަސްވެރިންނަށް ހޯދައިދިން ފުރުސަތަކީ ނުވަތަ މި ސިނާޢަތަށް ގެނެސްދިން އާރޯ ކަމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. ކޮންމެއަކަސް، މަސްވެރިކަމުގެ ސިނާޢަތުގެ ހުރިހާ ދޮރެއް ހުޅުވާލައި، މަސްވެރިންނަށް ދައުލަތުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ގޮތްތައް ހަމަޖައްސާ ދިނީ، މި ސަރުކާރުންނެވެ. ހަޤީގަތުގައިވެސް މަސްވެރިންނަކީ ދައުލަތް ދަންނަ، އިޤްތިޞާދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބަޔަކަށް މި ސަރުކާރުން ވަނީ ހަދާދީފައެވެ.
އިކްރާމް ހަސަން
10 December 2025
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢާތް ސިންދަފާތު ކުރުމަށް ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަން ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ކަނޑުފަޅުން ލިބޭ ނަފާ އިތުރު ކުރުމަށް މުޅިން އައު ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ އަދި އެކުއަކަލްޗަރ ދަނީ ތަރައްޤީ ކުރަމުންނެވެ.
ޖީހާން ނައީ
10 December 2025
ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާގެ ވިޔަފާރިތައް ފުޅާކުރަން ބާރުއެޅުމަށް މިސަރުކާރުން ވަނީ އެތައް މަސައްކަތް ތަކެއް ކޮށްފައި
އިރުޝާދު އިބްރާހިމް
10 December 2025
މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރި ރާއްޖެއަކީ، ފަރުމަހުގެ މަސްވެރިކަމުން އާމްދަނީ ހޯދާ ފަރާތްތައް ގިނަ ޤައުމެއް ނަމަވެސް ކުރީގެ ސަރުކާރުތަކުން މި ދާއިރާއަށް އޮތީ އިހުމާލުވެފައެވެ. އަދުގެ ސަަރުކާރުންވަނީ، ފަރު މަސްވެރިކަމުގެ ދާއިރާއަށްވެސް ބަދަލުތައް ގެނެސް، މިދާއިރާއިން އާއްމުންނަށް ލިބޭ ނަފާ އިތުރުކުރުމަށް ރާވާފައެވެ.
ބައްސާމު
10 December 2025
މި ސަރުކާރަކީ، ކޮންމެ ކަހަލަ މަސްވެރިކަމެއްވެސް ބަލައިގަންނާނެ ސަރުކާރެކެވެ. އެގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ 1 ނޮވެމްބަރ އިން ފެށިގެން ސަރުކާރުން ވަނީ ދީފައެވެ. އަދި ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭނެ ޤަވާއިދުތަކާއި އުސޫލުތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.
އުމަރު ނަސީރު
10 December 2025
ފަރު މަސްވެރިކަން ކުރަން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އައިސް ލިބުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސް ދެއްވުމަށް ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ހަރުކުރުމަށްވެސް ދަނީ ލޯނު ދޫކުރަމުންނެވެ.
ވިލްދާން
10 December 2025
މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަށް އެތައް ފުރުސަތުތަކެއް މި ސަރުކާރުން އެންމެ އަޑުހަރުކޮށް ގޮވާލާ އެއްކަމަކީ، މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަަކަށް ހަދާނެ ކަމަށެވެ. މިކަމަށްޓަކައި މަސްވެރިކަމުގެ ދަފްތަރެއް އެކުލަވާލިއެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ލޯނު ދޫކުރަން ފަށާފައެެވެ.
ދާއިން
10 December 2025
މަސްވެރިން ބާނާ މަސް ރައްކާ ކުރުމާއި، އެ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ 25000 ޓަނަށް އިތުރު ކުރުމާއެކު މަސް ޕްރޮސެސް ކުރާނެ އިތުރު ކާރުޚާނާތައް އެޅުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިހާރު އެ މަސައްކަތް ފަށައި ބޮޑުބައި ވަނީ ނިންމާފައެވެ.
ޔުމާން
10 December 2025
ވީ ވަޢުދާއެކު މަޝްރޫޢުތަކުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި މަސްވެރިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މަސްވެރި އުޅަނދުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިޔައިރު، މިފްކޯގެ މަސް ގަންނަ ކާރުޚާނާތައް އެ ފެންވަރަށް ތަރައްޤީވެގެން ނުދިޔުމެވެ. ނަތީޖާއަކަށް ވީ މަސްވެރިން ބާނާ މަސް ކިރުވުން މިފްކޯއަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. މިފްކޯގެ އެވަރުގެ ކެޕޭސިޓީއެއް ނެތުމެވެ. މި ސަރުކާރުން މިވަނީ މިކަމށް ބޮޑެތި ބަދަލުތަކެއް ގެންސްފަ
އިލްހާމް
10 December 2025
ހަވާލިވިއިރުގައި މަސްވެރިންނަށް ނުދީ އޮތް 250 މިލިޔަން ރުފިޔާ ވަރު. އެވެސް ދީފަ 10 ޑިސެމްބަރާ ހަމައަށް އެދިޔަ ދުވަސްތަކުގަ އެކިފަހަރުމަތިން މަސްވެރިންގެ ފައިސާ ދީ އެއްކޮށް ކިޔާ ބެކްލޮގް ސާފުކުރިން. ސާފުކޮށްފަ ދެން 10 ޑިސެމްބަރުން ފެށިގެން ދުވަހުން ދުވަހަށް 48 ގަޑިއިރު ތެރޭގައި ދެމުންދަނީ