މި ބިދޭސީމީހާ އެކު ދައުލަތުން އެއްބަސްވުމެއް ހެދުމުން ބޮޑު ލުޔެއް ވަނީ ލިބިފައި. ގަވާއިދާ ހިލާފަށް އޭނާ ހޯދި 8 މިލިއަން ރުފިޔާ ދައުލަތަށް ނަގާނެ ގޮތެއް ވެސް ނެތް.
ޝަހާދަތު ހުސެއިން: ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، ދައުވާއަށް އިއުތިރާފުވެފައިވާތީ އިއްވީ ލުއި އަދަބެއް
13 ޑިސެމްބަރ 2025 - 11:01
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެ އަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ބައިވެރިވި ބިދޭސީ މީހާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ދިވެހިންގެ ބަޔަކު ވެސް ބައިވެރިވާ މި ނެޓްވޯކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ، ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް، އޭނާ ރާއްޖޭގައި ދިޔައީ ގަވާއިދާ ހިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގަމުންނެވެ.
މި މައްސަލާގައި ޝަހާދަތުގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ކުރި އެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އަދި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ އެވެ.
ޝަހާދަތުގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން އޭނާ ވަނީ ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ރެކްރޫޓްކޮށް، ވޯކް ވިސާ ހަމަޖައްސަން ބޭނުންވާ ސިސްޓަމް ގަވާއިދާ ހިލާފަށް ބޭނުންކޮށްފަ އެވެ. އަދި ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ މަންދޫބެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ދައުވާގައި ބުންޏެވެ.
އޭނާ ވަނީ ބިދޭސީންނަށް މަސައްކަތް ކުރުމުގެ ކޯޓާ ހަމަޖައްސައިދީ، އެކަމުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފަ އެވެ. އެ ފައިސާތައް ޝަހާދަތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ޖަމާކޮށްފަ އެވެ. އެގޮތުން ޖުމްލަ 8 މިލއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލަގައި ޝަހާދަތުގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ބުނުމާ އެކު، އަދަބުތައް ލުއިވާ ގޮތަށް ދައުލަތުން ހެދި އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އެގޮތަށް އަދަބު ކަނޑައަޅަން ނިންމި އެވެ.
އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ތިން ދައުވާއެއް އަނބުރާ ގެންދަން ދައުލަތުން ވަނީ އެއްބަސްވެފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް މިހާރު އޮތީ މަނީލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
މަނީ ލޯންޑްރިންގެ ދައުވާއަކީ ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 10،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ. ނަމަވެސް، ޝަހާދަތު އިއުތިރާފުވެފައިވާތީ އެއްބަސްވެފައިވަނީ އޭނާގެ މައްޗަށް ދެ އަހަރާއި ހަ މަހުގެ މުއްދަތަށް ޖަލަށްލުމާ އެކު 53،400 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.
ރިޝްވަތު ދިނުމުގެ ދައުވާއަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. ނަމަވެސް، އެއްބަސްވެފައިވަނީ ޝަހާދަތުގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 21،600 ރުފިޔާގެ ޖޫރިމަނާއަކަށެވެ.
މި މައްސަލަގައި މި އަހަރު ކުރީކޮޅު ޝަހާދަތު ހައްޔަރުކުރިއިރު އޭނާ ބަންދުގައި ހުންނަތާ 10 މަހާއި 17 ދުވަސް ވަނީ ވެފަ އެވެ. އެހެންވެ، ޝަހާދަތު ތަންފީޒު ކުރަން ޖަލު ހުކުމުން އެ މުއްދަތު ވަނީ އުނިކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ޝަހާދަތުގެ މައްޗަށް ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމުގެ މުއްދަތުގެ ގޮތުގައި އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި 12 ދުވަހެވެ. ޖޫރިމަނާގެ ގޮތުގައި ޖުމްލަ 75،000 ރުފިޔާ ހަ މަސް ތެރޭގައި ދައްކަން އޭނާގެ މައްޗަށް އެންގި އެވެ.
ޝަހާދަތުގެ މައްޗަށް އުފުލި މަނީލޯންޑްރިންގެ ދައުވާގައި އޭނާ ގަވާއިދާ ހިލާފަށް ހޯދައި ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ 8 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވެ އެވެ. ނަމަވެސް، އިއުތިރާފު އެއްބަސްވުމުގައި އެކަމާ މެދު ވަކި ގޮތެއް ނެތްއިރު، މައްސަލަ ނިންމުމުގައި ވެސް އެ ފައިސާއާ މެދު ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.
މި މައްސަލައިގެ ތަހުގީގަަށް ފަހު ފުލުހުން ބުނެފައިވާ ގޮތުން ހައްޔަރު ކުރުމާ ހަމައަށް ޝަހާދަތު ދިރިއުޅެމުން ދިޔައީ މަހަކު 18،000ރ. ކުއްޔަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއްގަ އެވެ. ޝަހާދަތު ގެންގުޅޭ މޯބައިލް ފޯނު އަދި ލެޕްޓޮޕުގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީ، ލޯގޯ އާއި ސްޓޭމްޕާއި ބިދޭސީން ހިމެނޭ ގޮތަށް އެކި މީހުން ސޮއި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އަދި ވޯކް ޕާމިޓް ނެގުމަށް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓާއި ބިދޭސީންގެ ޕާސްޕޯޓު ކޮޕީ އާއި ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ އޭނަގެ ލެޕްޓޮޕާއި ފޯނުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ވޯކް ޕާމިޓް ސައިޓުތަކަށް ވަދެފައިވާ ކަމުގެ ވެބް ހިސްޓްރީ ވެސް ފެނިފައިވެ އެވެ.
އެ ތަކެތި ފެނުމުން ތަހުގީގަށް ހާމަވާ ކަމަކީ ޝަހާދަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެކޮށް އޭގެން މާލީ މަންފާ ހޯދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަލޭކަ ދައިތަ
13 December 2025
ދިވެހިންގެ ނިވާފަށްގަޑަށް ބޮންދުން ބޭނުންކުރާ ގައުމެއްމީ. ފައިސާއަށް ދަހިވެތިވެފައިވާ ފައިސާ ނުދެކޭ ބަގްލާ ކުދިން ލާރިކޮޅަކަށް އެމީހުންގެ ނަމުގަ ސިމް ނަގާ ދިނުމާ އެމީހުންގެ އ/ކ ޔޫސްކުރަންވެސް ނިކަން ފަސޭހަކޮށްދޭނެ. އެބުނާ 8 މިލިއަން ރަނގަޅަށްވިއްޔާ މިސޮރަށްނޭގޭނެ އޭނަގެ އ/ކގަ ހުރިކަންވެސް. އިގިރޭސިއަކުރެއް އިގުނަސް ފޮޅާ ސާފުކުރާކަށް ބޮންދެއް ނުހުންނާނެ،
ދިލްދާރު
13 December 2025
ރައްޔިތުންގެ ރުޅިގަނޑު މިހިރަދަނީ ފަޅައިގެން. ދެން ކުއްލިއަކާ އިވޭނީ ރައީސް މިމައްސަލަ އަންލުން ބައްލަވާން އަންގަވާވާހަކަ. އެއީ އެމަނިކުފާނުންގެ ހެޔޮފުޅުކަމުގެތެރެއިން ވާކަމެއް.
ޗަޕް
13 December 2025
ބަންގާޅު މީހުން ބަންގާޅުން މީހުން ގެނައުން މިހާރުވެސް އެހާވަރަށް އޮވޭ. ޢަހަރެން ދަންނަން ބަންގާޅުން މީހުން ގެންނަ އޭގެ 2 މީހަކު. އަދި އެމީހުން ގެނެސްފައި ތިބި ބައެއް މީހުންވެސް އެނގޭ. މިއިދާރާތަކުން ހާމަ މިކުރަނީ ހުސް ދޮގު މައުލޫމާތު. މިތާގައި ބަންގާޅު މީހުން އަންނަ ވަރެއްވެސް ނޭނގެ. ތިބި ވަރެއްވެސް ނޭނގެ. މިއަހަރު މާގިނަ ޓޫރިސްޓުން އައިކަމަށް މިކިޔަނީ ބަންގާޅުން މިއަހަރު މާގިނަ މީހުން އައީތީ ކަމަށްވެސް ވެދާނެ.
ދަލޭކަ ދައިތަ
13 December 2025
މަށަށް އަސްލު ވދަތި ނޫހުގަ މިބުނާ މައުލޫމާތަށް ބުރަވާން މިކަމުގަ. އިމިގުރޭޝަން އޮފިސަރުން ތިބެފަ މިސޮރަކީ ފޮޅާސާފުކުރަން ގެނެސްސަ ހުރި ސޮރަކަށްވާތީ. ލޭބަރުންގެ ގޮތުގައި ތިބޭ ބޮންދުންނަކީ އިގިރޭސިފެންވަރު ނުލާހިކުދަށްބައެއް. މަގޭ ސިކުނޑި ބުނަނީ ހަގީގަށް މިއޮތީ އެފުއްމިފުށަށް ޖެހިފައޭ. މިސޮރު ބަގުލާމީހުން ގެނައުމުގަ އެޖެންޓަކަށްވިޔަސް މިސޮރަކީ ބަޔަކު ބަޗަންވެގެން ގެނގުޅުނު ސޮރެކޭ. މީނައަށް މިހާ އަދަބުކުޑަވެގެން ދިއުންވެސް މީ އާދައިގެ ކަމެއްނޫން.
ވަންޗޫ
13 December 2025
މީ ހަމަ ސަދޫމުގެ ހުކުމް ކުރާ ކޯޓްތަކެއްވާ ގައުމެއް! ތިހާބޮޑެތި ކުއްތައް ކުރަމުން ދިޔަ އިންސާނީ ވަގުފާރި ވިޔަފާރި ކުރަމުންދިޔަ މީހަކަށް ތިހާ ލުއިއަދަބެއް ކަނޑައެޅިގެން ދިޔަކަމީ މިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުޢާހަދާތަކާވެސް ކަނޑައެޅިގެން ދެކޮޅުކަމެއްކަން ޔަގީން! ދައުލަތުން އެބަޖެހޭ ވަގުތު އޮއްވަ ތިހުކުމް އިސްތިއުނާފުކުރަންވެސް!
ވވޗޗޗ
13 December 2025
މައްސަލައަކީ ކޯޓުތަކެއްނޫން. ރަނގަޅަށް ދިރާސާނުކޮށް ހެދިފަހުންނަ ތަންފީޒީ ގާނޫނުތައް. ކޯޓުން އަދަބު ކަނޑައަޅަނީ ގާނުނުގަ ލިޔެފަ އޮންނަ ގޮތަށް
ދާއޫދު
13 December 2025
"އައްލަހުމާލަހުމާ" ކިޔަމުން ވާހަކަކިޔައިދޭއިރު މަހުންނަނީ އާޝޯޚުވެފާ. އަދި އެވީޑިއޯފެނިފާވެސް ހަމަ ހައިރާއްވެ އަންތަރީސްވެފާ. އޭރު ހިތަށްއަރާ އެފެންނަނީ ހަމަ އަސްލު އިބްރާހީމްގެފާނޭ. އެއީ ކުޑައިރު. ރަށުގާ އުޅުނުއިރު. ކޮންމެވެސް ގެއަކުން ޓީވީދައްކާއިރު ކުޑަދޮރުދޮށަށް ޖަމާވެގެން ޓީވީ ފެންނާނީ. މިހާރު ހިތަށްމިއަރަނީ ކިތަންމެ ދަޅަގަގަދަ މަންޒަރުތަކެއް ފެނުނަސް ކިތަންމެ ކިޔެވެލިތަކެއް ކިޔެވިޔަސް ދުނިޔެ ވެއްޓިފާމިއޮތީ ހަމަ "އައްލަހުމާހަލުމާ" ޒަމާނަށޭ.
ނަންމީ
13 December 2025
އެއްކަމެއްވެސް ރަނގަޅު ނުކުރެވޭނެ! ކީއްވެ؟ އަމިއްލަ އެދުން، ދަހިވެތިކަން، އަދި ދިވެހިންގެ ތެރޭގަ އުޅުމެއް އަހްލާގެއް ނެތީމަ!
ގިރިގިރި
13 December 2025
މިއޮތީ އޮޱި ގިރިއަކަށް އަރާފަ ދެންފުންނުވާނެ. ފޭލް ފޭލް ފޭލް މަމިހެންބުންޏޭ ނުބުނާތި އަނެއްކާ. މިފުރުސަތުގަ ގޮވާލަން ރާއްޖޭގެ ހުރިހާ އިންޖީނުގެ ތަކެއްގެ ސަލާމަތީ އޮޱިޓެއްހަދަން.
ޥެރިނަ
13 December 2025
ދިވެއްސެއްގެ އެކައުންޓަށް ބައިލައްކަ ރުފިޔާ ޖަމާވާއިރާސް އެބަ ބޭންކުން ގުޅާ އެކައުންޓު ފްރީޒްކުރޭ އެހެޔޮ ހަލާލުގޮތުގަހޯދިޔަސް މިތާ ބިދޭސީން ވަގު ވިޔަފާރި ހިންގާލާއިރު އެކައުންޓު ރޯލު ކޮށްލަކޮށްލާ އެތިބެނީ.
އިހްސާސް
13 December 2025
އަހަރުމެން އެކައުންޓަށް ދެން 100،000 ރުފިޔާ ޖަމާކުރާއިރަށް ބޭންކުން އީމެއިލް ނުކުރާތި ކިހިނެތް ހޯދި ފައިސާތޯ ބަލާކަށް. މިއީ ބިދޭސީންގެ ތަނެއް.