ދުވާފަރުގައި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ ހިދުމަތް ރައީސް މުއިއްޒު މިއަދު ފައްޓަވައި ދެއްވަނީ.---ފޮޓޯ: އެސްޓީއޯ
13 ޑިސެމްބަރ 2025 - 13:00
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ރ. ދުވާފަރުގައި އެ ރޭޓުގައި ތެޔޮ ވިއްކަން މިއަދު ފަށައިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ މޮޑިއުލާ ސްޓޭޝަން ދުވާފަރުގައި ގާއިމްކޮށް، އެ ހިދުމަތް ފައްޓަވައި ދެއްވީ މިރޭ ދުވާފަރުގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ.
އެފްއެެސްްއެމުން ބުނީ، މަސްވެރިންގެ އިތުރުން ދުވާފަރުގެ ރައްޔިތުންނަށް ވެސް އެ ހިދުމަތް ފަސޭހަކަމާ އެކު ލިބޭނެ ކަމަަށެވެ.
ދުވާފަރުގައި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ ހިދުމަތް ރައީސް މުއިއްޒު މިއަދު ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ޝިމާދުއާ ސަލާން ކުރައްވަނީ.---ފޮޓޯ: އެސްޓީއޯ
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފެށުމުން، ވާދަވެރި މާކެޓެއް އުފެދި، އަގުބޮޑުކޮށް ވިއްކާ ފަރާތްތަކަށް ވެސް އަގު ކުޑަކުރަން މަޖުބޫރުވާނެ ކަމަށެވެ.
މާލެ ސަރަހައްދުން ވެސް މިހާރު އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިދިޔަ ހަފުތާގައި ވިދާޅުވިީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލްޖިބްރރާ
13 December 2025
އިހަށް ހަމަޖެހިބަލަ. އިންތިހާބު ނިމުނީމަ ކަންތައް ކުރާގޮަތް އެނގޭނެ.
އިސްމާލި
13 December 2025
ކޮބާތަ އެސްޓީއޯ ރޭޓަކީ؟ އެސްޓީއޯ ރޭޓުގަ ތެޔޮ ވިއްކުން، މިފްކޯ ރޭޓުގަ މަސް ގަތުން. މިއީކީ އާންމު މީހާ ރޭޓުގެ ކަންކަމެއް ނޫން.
ފެސެމް
13 December 2025
މިފްކޯގެ ސެންޓަރުތަކުގައި އެފްއެސްއެމްއިން ތެޔޮވިއްކަނީ ލީޓަރަކުން 2 ރުފިޔާ ބޮޑުކޮށް. ކޫއްޑޫ، ފެލިވަރު އަދި އައްޑޫގަ މިކަންހިންގަނީ އެސްޓިއޯއިން. ރައީސް މިކަންބައްލަވައިދެއްވާ. މިފްކޯއިން އަންގަނީ އެމީހުންނާއި ބެހޭބައެއްނޫންކަމަށް.
1828
13 December 2025
ތެދުވެރި، ހަޤީޤީމާނާގައި ކަންކުރަނީ މިހެން؟ މިހުންނަނީ ރައީސް ދުވާފަރަށް ނުދިޔަސް ޚިދުމަތް ލިބެންޖެހޭ ކަންކަން. މިއީ މިހާރު ހަމަ އަސާސީ ކަމެއް. އެކަމަކު އެޚިދުމަތް ރައްޔިތުންނަށް ލިބެން މިފަށަނީ ވަކި ދުވަހަކާ ދިމާކޮށް، އެދުވަހަކަށް އެރަށް ރައީސްއަށް ދެވިއްޖެނަމަ. މިއީ މިކަންކަން ވާންޖެހޭނެ ގޮތެއް ނޫން. ރައީސް އަޔަސް ނަޔަސް އެ ޚިދުމަތެއް ދެވޭވަރަށް ކަންކަން ޤާއިމް ކުރެވުނީމައި ލަސްނުކޮށް ރައްޔިތުންނަށް ވަގުތުން ޚިދުމަތް ފޯރުކޮށްދޭން ފަށަންޖެހޭ.
ރާކަނިި
13 December 2025
އެސްޓީއޯރޭޓުން ދިވެހިންނަށް ކޮފީ ލިބޭނޭގޮތް ހަދައިދެއްވާ.
ދިވެހިބިން
13 December 2025
އިޤްތިސާދީގޮތުން ހަމަޖެހޭ އުސޫލަކަށްްވާނީ "އެސްޓީއޯ ރޭޓު" އެކި އަތޮޅުތަކަށް / ރަށްރަތަކަށް ދުރުމިނަށްބަލާފަ ކަނޑައެޅީމަ. ކޮޮންމެގޮތެއްވިޔަސް ތެޔޮއުފުލުމަށްދާ ޚަރަދެއް އޮންނާނެ. ތެޔޮނަގަނީ ރަށްރަށުގެ ބިމުއަޑިއަކުންނޫން!
ދޖަޕާން
13 December 2025
ދުވާފަރު ބަނދަރު ދެއިންޗި ބޮޱު ކުރުމުގެ މަޝްއޫއު ފަށައިފި ދުވާފަރު އޭޓި އެމް ގެ ރިބަންކަނޱައިފި ދުވާފަރު ބިންބޮޱު ކުރުމުގެ މަސައްކަތް ފަށައިފި؟ މިއޮތީ ރަންގަޅުޕްއިންޓެއް މިރަށުގެ ބިންހިއްކުމުގެ ބަދަލު މާލެއަތޮޅުން ތިޔަހިއްކާ ބިންތަކުން މިރަށުގެ ގޯތި ނުލިބިތިބި މީހުންނައް ދޭންވީނޯތޯ ހަމަ މިގޮތައް އަތޮޅުތެރޭގެ އެހެން ރައްތަކުގެ މީހުންނައްވެސް އިރުއިރުކޮޅާ ތިޔަކަޱަނުޖަހާ
އޮނަރަބްލް އަފީފު ދީދީ
13 December 2025
ވިޔަފާރި ނުވަތަ އިކޮނޮމިކްސް ގައި "އެސްޓީއޯ ރޭޓް" ކިޔާ ރޭޓެއް އޮވޭތޯ؟! ތިޔަވިދާޅުވާ STO ރޭޓަކީ ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނިން ތެޔޮ އެތެރެކުރުމަށްފަހު އެކުންފުނިން ކ.އަތޮޅު މާލޭގައި ތެޔޮވިއްކާ އަގުކަމަށް ވާނަމަ، ރަނުގެ އަގަށްވުރެން ބިމުގެ އަގުބޮޑު ކ.މާލޭގައި ހުންނަ "ޤައުމީ ތެޔޮ ތާނގީ" އަށް ވުރެން ހެޔޮއަގުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ތެޔޮ ސްޓޯރޭޖް ކުރެވޭނެގޮތް ހަދާ ތެޔޮ ވިއްކެން އޮތްވާ ކީއްކުރަން އެސްޓީއޯ ރޭޓެއްގައި ތެޔޮ ވިއްކަނީ؟!
އޮނަރަބްލް އަފީފު ދީދީ
13 December 2025
ތެލުގެ ބާވަތް ތައްވކަމުގައިވޭ ޑީސަލް، ޕެޓްރޯލް، އެވިއޭޝަން ޖެޓް ފިއުލް އަދި LPG ގެ އިތުރަށް ކާޑުގެ ބާވަތް ތައް ކަމުގައިވާ ހަނޑޫ، ހަކުރު އަދި ފުށަކީ ކ.މާލޭގައި އުފައްދާ އެއްޗެއްނޫން. މި ބާވަތް ތަކަކީ އެސްޓީއޯ އިން ކޮންޓްރެކް އުސޫލުން ބަޔަކަށް ދީގެން ތަކެތި. އަގުހެޔޮކޮށް ކިތަކެތި ވިއްކަން ބޭނުން ނަމަ މިތަކެތި އެތެރެ ކުރަން އިޢުލާން ކުރާއިރު ކުޅުދުއްފުށި އަދި އައްޑޫސިޓީގެ ބަނދަރަށް އެ ސަރަޙައްދަށް ބޭނުންވާ ތަކެތި ގެނެވޭ ގޮތަށް ތިކަން ކުރީމާ ނިމުނީ.
ފާތުން ގދ.ނަޑެއްލާ
13 December 2025
ރައީސްގެ ދުރުވިސްނުންފުޅާއި ޚިދުމަތްތެރިކަން ލާމަސީލު. ހާދަ ހެޔޮފުޅޭ. މިއީ ލިބުނު ކުރިއެރުމެއް