ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، އެތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޑިޒައިން އެންޑް ކޮންސަޓެންސީގެ ހިދުމަތް ހޯދަން އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޑެޓާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އައިލެންޑް އޭވިއޭޝަން
15 ޑިސެމްބަރ 2025 - 12:52
ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، އެތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޑިޒައިން އެންޑް ކޮންސަޓެންސީގެ ހިދުމަތް ހޯދަން އައިލެންޑް އެވިއޭޝަނުން އަމިއްލަ ކުންފުންޏާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ދަރަވަންދޫ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއާޕޯޓުގައި މިހާރު ހުރި ޓާމިނަލް މަރާމާތު ކުރުމުގެ މަސައްކަތާއި ޓާމިނަލް ބޮޑުކޮށް އާ ހިދުމަތްތައް ފެށުމުގެ މަސައްކަތް ކުރުމަށް ޑިޒައިން އެންޑް ކޮންސަލްޓެންސީގެ ހިދުމަތް ހޯދަން އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޑެޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އީޕޮކް އެސޯސިއޭޓްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޓާމިނަލް އެކި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ބެލުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި؛
- އެއާޕޯޓުގެ އެރައިވަލް ސަރަހައްދު ބޮޑުކުރެވޭނެ ގޮތްތައް ބެލުން
- ޗެކް އިން އަދި ބެގޭޖު ހެންޑްލިން ހިދުމަތް ޒަމާނީ ކުރުން
- ޓާމިނަލްގެ އެތެރޭގެ އިންޓީރިއާ ބަދަލުކުރުން
- ފަސިންޖަރުންގެ ލައުންޖެއް ހެދުން
- އިތުރު ޑިޕާޗާ ގޭޓުތައް ހެދުން
- އެއާޕޯޓުގެ އޮޕަރޭޝަނަލް އެންޑް ސަޕޯޓަށް ބޭނުންވާ އިތުރު ޖާގަ ހެދުން
- ބޭބީ-ކެއާ ފެސިލިޓީއެއް ހެދުން
- އައުޓްޑޯ އޭރިއާތައް ހެދުން
- ލޭންޑްސްކޭޕިންގެ މަސައްކަތް ކުރުން
އައިލެންޑް އެވިއޭޝަނުން ބުނީ ދަރަވަންދޫ އެއާޕޯޓަކީ ބ. އަތޮޅުގެ ޓޫރިޒަމްގެ މައި ދޮރާށި ކަމަށް ވާތީ އާއި އާންމު ދަތުރުފަތުރަށް ވެސް ގިނަ ބަޔަކު ބޭނުންކުރާ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓަކަށް ވާތީ އެތަނުން ދޭ ހިދުމަތުގެ ފެންވަރު މަތިކުރަން ޖެހިފައިވާ ކަމަށެވެ.
ޓާމިނަލް ބޮޑުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަނީ އެ މަގުސަދު ހާސިލްކުރަން ކަމަށާއި އަދި މިއީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފަށާ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަންއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓް މަހު އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ކުންފުންޏާ އެކު މަޝްވަރާކޮށް، އެ ކުންފުނީގެ އަތުން އެއާޕޯޓު ނަގައި އައިލެންޑް އޭވިއޭޝަނާ އެތަން ހަވާލުކޮށް އަދި ސަރުކާރުން ބޭނުންވާ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް އޭރު ވިދާޅުވެފައިވެ އެވެ.
މީގެ 14 އަހަރު ކުރިން 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ. އެ އެއާޕޯޓް މިހާރު އޮޕަރޭޓް ކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބ.ތުޅާދޫ
15 December 2025
ކޮބައިތޯ ބ.ތުޅާދޫގެ އެއާރޕޯރޓު؟ ބ. އަތޮޅުގެ ދެކުނުބައިގަ އެއާރޕޯރޓެއް ނެތުމުން ތުޅާދޫ ކަހަލަ އާބާދީ ބޮޑު ދެކުނުގެ ރަށްތަކަށް ދަރަވަންދޫ އެއާރޕޯޓުގެ ބޭނުމެއް ނުހިފޭ.
ަސދފގހ
15 December 2025
ދަރަވަންދޫ އިން ދެވޭނެ ފެރީގަ
ޙެންވޭރު
15 December 2025
ކޮބައިތޯ ހެންވޭރު އެއާރޕޯރޓު؟ ހެންވޭރުގަ އެއާރޕޯރޓެއް ނެތުމުން ހެންވޭރު ކަހަލަ އާބާދީ ބޮޑު ދެކުނުގެ އަވަށްތަކަށް ހުޅުލެ އެއާރޕޯޓުގެ ބޭނުމެއް ނުހިފޭ.
އެޑްމުންޑޯ
15 December 2025
މިދައުރު ނިމިގެން ދާނީ ތިހަދަން ހަވާލުކުރާ ޑިޒައިން އިން ނުނިމިގެން އުޅެނިކޮށް