ރައުދާ އާތިފް: ރައުދާގެ މައްސަލަ ކައިރިން ބަލަމުންދާ ކަމަށް ދިވެހި ފުލުހުން ކުރިން ވަނީ ބުނެފައި
03 އެޕްރީލް 2017 - 17:34
ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައި މަރުވި ދިވެހި މޮޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ރާއްޖޭގެ ދެ ފުލުހަކު ބަންގްލަދޭޝަށް މިއަދު ފުރައިފި އެވެ.
ފުލުހުން ބުނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ދިވެހި ފުލުހުން ގުޅިގެން ހަމަޖެއްސި މި ދަތުރުގައި އެ ހާދިސާއާ ގުޅޭ މައުލޫމާތު އެއްކޮށް، ބަންގަލްދޭޝްގައި މިވަގުތު ތިބި ރައުދާގެ އާއިލާ އާއި އެތަނުގައި އުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރާނެ ކަމަށެވެ.
ރައުދާގެ މަރުގެ މައްސަލަ ކައިރިން ބަލަމުން އަންނަ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
މިދިޔަ ބުދަދުވަހު ރައުދާ އޭނާގެ ކޮޓަރީގައި ދަންޖެހިފައި ހުއްޓާ ފެނުމާ ގުޅިގެން އޭނާގެ އޮޓޮޕްސީ ހެދުމުން އޮޓޮޕްސީ ރިޕޯޓުން ދެއްކީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. އެކަމަކު ރައުދާގެ އާއިލާ އިން ބުނެފައިވަނީ އެ ރިޕޯޓް ގަބޫލު ނުކުރާ ކަމަށާއި ރައުދާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
ދިވެހި ފުލުހުންގެ ޓީމެއް ބަންގްލަދޭޝް އަށް ފުރީ ރައުދާގެ މައްސަލަ އެ ގައުމު ޑިޓެކްޓިވް ބްރާންޗުން ވެސް ތަހުގީގު ކުރަން ފަށާފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
04 April 2017
ދިވެހި ފުލުހުން ނަކީ ވަރަށް ޤަބިލުބައެއް، އިތުރު އެއްޗެއް ނުބުނާނަން، ދިވެހި ފުލުހުން ވިއްޔަ، ހީހީހީ.
އެކްސް
04 April 2017
ރައުދާގެ މަރުގެ ފަހަތުގައި ގޮތްނޭނގޭ އެތައްކަމެއް ހިނގައިފި. ސުވާލަކީ ހެކި ނައްތާލެވޭހާ ވަގުތުދީފައި ދިވެހި ފުލުހުންގެ ބަޔަކު ބަންގާޅަށް ދިއުމުން ތިމައްސަލަ އެދެވޭ ގޮތެއްގައި ތަހުގީގު ކުރެވޭނެބާއޭ؟ މިހާރުވެސް އަޑު އިވޭ ގޮތުން ބަންގާޅު ފުލުހުންވަނީ "ސީން" ރޫޅާލާފައި. އަދި ސީސީޓީވީ ފުޓޭޖު ލިބެންނެތުމާއި ރައުދާގެ އިންސްޓަގްރާމް އެކައުންޓު ކުއްލިއަކަށް ގެއްލުމާއި މިހެން ގޮސް ސުވާލު އުފެދޭ އެތައްކަމެއް ހިނގައިފި. ދެންވެސް އަހަރެމެން ގަބޫލުކުރަންވީ މިއީ ހަމަ އަމިއްލައަށް މަރުވީކަމަށް؟ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ނުލިބެނީސް ގޮތެއް ކަނޑައަޅަން ދަތި. ރައުދާގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވާށި. އާމީން.
ޖަޑިބު
04 April 2017
އަސްތާ އަދިމާ އަވަސް ދިޔަލޭ. 2018 ގަ ދާން މަޑުކޮއްލިނަމަ
ސިންތިލީ ވޫމް
03 April 2017
އަފްރާޝީމް އާއި ރިލްވާން އެއީ ބަންގްލަދޭޝް މީހުން ތޯ؟
އަލިބެ292
03 April 2017
ޥާވާ ..... ދިވެހިފުލުހުން ނަށް ބަގާވާތް ނަމަ ވަރަށް ޕުރޮފިޝަނަލް ކޮށް ކުރެވުނީސް ލަދު ދޯ
ނޮޓްޕްރީޓީ
03 April 2017
އަފްރާޝީމްގެ މަރުގެ މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލަބަލަން ދެފުލުހަކު ރާއްޖެ ފޮނުވާދިނުމަށް ބަންގްލަދޭޝްގާއި އެދެންވީނުންތޯ؟
ޕްރީޓީ
03 April 2017
އަފްރާޝީމް އާ ރިލްވާން އެޢީ ބަންގްލަދޭޝް މީހުން ތަ؟ ބަންގްލަދޭޝްން 2 ފުލުހުން ގެންނަން.. ނޮޓްޕްރީޓީ މެންނަ އަދި ނުވިސްނެނީ......
ނޮޓްޕްރީޓީ
04 April 2017
ޕްރީޓީ އަށް ނުވިސްނުނަސް ދިވެހި ފުލުހުންގެ ޖުރިސްޑިކްޝަން އޮންނަ ދިވެހިރާއްޖޭގަ ގާނޫނީ ހުރިހާ ބާރެއްލިބިމެ ބޮޑެތި ކުއްތަކުގެ މޯޓިވްއާއި އަޑީގައިތިބޭ މީހުން ހޯދިފައިނުވާ ދިވެހި ފުލުހުންނަށް އެހެން ގައުމަކަށްގޮސް ކުރެވޭނެ މާބޮޑުކަމެއް އޮންނާނެބާ؟