އެޕަލްގެ އެންމެ ފަހުގެ އައިފޯނު: އެ ފޯނު މިހާރު ދިރާގުން ވަނީ ވިއްކަން ފަށާފައި.
05 އެޕްރީލް 2017 - 11:04
އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު 7ގެ (ޕްރޮޑަކްޓް ރެޑް) ހާއްސަ އެޑިޝަން ދިރާގުން މިއަދު ވިއްކަން ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 23 ގައި ބާޒާރަށް ނެރުނު އައިފޯނު މިއަދުން ފެށިގެން ދިރާގުގެ ހުރިހާ ކަސްޓަމާ ސާވިސް އޮފީސްތަކުން ލިބެން ހުންނާނެ ކަމަށެވެ.
އައިފޯން 7 ގެ ރެޑް އެޑިޝަންގައި ހުންނަނީ ދެ ސައިޒެކެވެ. އެއީ 128 ޖީބީ އާއި 256 ޖީބީގެ ފޯނެވެ.
އެޕަލްގެ އެންމެ ފަހުގެ އައިފޯނު.
ދިރާގުން ބުނިގޮތުގައި އައިފޯން 7 (ރެޑް) ގަންނަ މީހުންނަށް ހަ މަސް ދުވަސް ވަންދެން ހިލޭ ފަސް ޖީބީ ޑާޓާ ލިބޭނެ އެވެ.
"އާ ފޯނު ބޭނުންވާ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ އިތުރުން 12 މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ. މިއީ އެންމެ ފަހުގެ ފޯނު ހޯދުމަށް ކަސްޓަމަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވި އެވެ.
"ޕްރޮޑަކްޓް ރެޑް" ގެ ނަން ދީފައިވާ މި ފޯނު 7 ވިއްކައިގެން ލިބޭ ފައިސާއިން، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވާނެ އެވެ. މީގެ ކުރިން ވެސް އެޕަލް އިން ވަނީ ރަތްކުލައިގެ އުފެއްދުންތައް ވިއްކައިގެން ލިބޭ ފައިސާ އިން އެއިޑްސް ޗެރިޓީ އަށް އެހީވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
05 April 2017
އަގުތައް ޖަހާލިނަމަދޯ!!!
ރަދީފް
05 April 2017
އަގުކިހާވަރެއްތަ؟؟
މަހަށްދޭބަލަ
05 April 2017
އާފަލޭ މެން ސެމްސަންގް ކުދިން ކޮޕީ ކޮށްގެން ރެޑް ކުލަ ނެރުނީ ދޯ. ތަމެން މަހަށް ދޭބަލަ އާފަލޭ މެންނޭ.
ނަސީރު
05 April 2017
ކޮންދުވަހަކުން ދިރާގުން ސެންސަންގް އެސް 8 ވިއްކަންފަނީ ނުވަތަ ޕްރީ އޯޑަރ ނަގަންފަށަނީ ބަލަންބޭނުން - ދިރާގް ކަސްޓަމަރުންގެ އެދުމެއް....