08 އެޕްރީލް 2017 - 21:51
އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ އައިބީސީ-24 އިން މިއަދު ހެނދުނު މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގެ ކުއްލި ޚަބަރެއް ގެނެސްދިނެވެ. ޓީވީން ޚަބަރު ހުށަހަޅައިދޭން އިން އަންހެން ޕްރެޒެންޓަރު، އެކްސިޑެންޓް ހިނގި ތަނުގައި ހުރި ނޫސްވެރިޔާއަށް ފޯނުން ގުޅައި ތަފްސީލްތައް ވަގުތުން ގެނެސްދިންއިރު އެނގުނީ މަރުވި މީހުންގެ ތެރޭގައި ޕްރެޒެންޓަރުގެ ފިރިމީހާ ވެސް ހިމެނޭ ކަމެކެވެ. އެކަމަކު ޕްރެޒެންޓަރު ހަމަޖެހިލައިގެން އިނދެ ޚަބަރު ފުރިހަމަކުރި އެވެ.
އެކްސިޑެންޓުވި ވެހިކަލާއި އޭގައި މީހުން ތިބި އަދަދު އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ ތަފްސީލް، ހާދިސާ ހިނގި ތަނުގައި ހުރި ނޫސްވެރިޔާ ކިޔައިދިން އިރު، އެ މައުލޫމާތު ދިމާވަނީ ޚަބަރު ހުށަހަޅައިދޭން އިން ސުރްޕްރީތު ކައުރްގެ ފިރިމީހާ އެ ދުވަހު ހަމަ އެ ވަގުތު ކުރަން އޮތް ދަތުރަށެވެ. އެހެންވެ އެކްސިޑެންޓުވީ ފިރިމީހާ އިން ވެހިކަލްތައް ކައުރް އަށް ޔަގީންވި އެވެ.
ކިޔަމުން ދިޔައީ ފިރިމީހާގެ މަރުގެ ޚަބަރުކަން އެނގުނު ނަމަވެސް ކައުރް ވަނީ 10 ވަރަކަށް މިނެޓް ވަންދެން ހަމަޖެހިލައިގެން އިނދެ ޚަބަރު ފުރިހަމަކޮށްފަ އެވެ. އެކަމަކު ކެތްކުރެވުނީ ސްޓޫޑިއޯއިން ނިކުމެވެންދެނެވެ. އެ ހިސާބުން ރޯން ފެށުމަށް ފަހު އާއިލާގެ އެކި މީސްމީހުންނަށް ގުޅައި، ފިރިމީހާގެ މަރުގެ ޚަބަރު ދިނެވެ. އަދި އެކްސިޑެންޓް ހިނގި ތަނަށް ދިޔަ އެވެ. އެކަމަކު ފަހުން އަނެއްކާވެސް އޮފީހަށް ދިޔުމުން، އޭނާގެ އާދަޔާ ޚިލާފް ހިތްވަރަށް އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
"އޭނާ އަކީ ހިތްވަރު ގަދަ އަންހެނެއް. އޭނާއަށް އަހަރެމެން ފަޚްރުވެރިކަން. އެކަމަކު މިއަދު މި ދިމާވި ގޮތުން އެންމެންނަށް ވެސް ލިބުނީ ޝޮކެއް،" ޓީވީ ސްޓޭޝަންގެ މުވައްޒަފަކު ހިންދުސްތާން ޓައިމް އަށް ބުނެފައިވެ އެވެ.
ކައުރްގެ އެޑިޓަރު ވިދާޅުވީ ކައުރް ޚަބަރު ކިޔަމުން ދިޔައިރު، އެއީ ކައުރްގެ ފިރިމީހާގެ މަރުގެ ޚަބަރުކަން އެހެން މުވައްޒަފުންނަށް އެނގުނު ކަމަށާއި އެކަމަކު އެ ވާހަކަ ކައުރް ގާތު ކުއްލިއަކަށް ބުނަން އެއްވެސް މީހަކަށް ނުކެރުނީ ކަމަށެވެ.
އުމުރުން 28 އަހަރުގެ ކައުރްގެ ފިރިމީހާ އާއި އެހެން ދެ މީހަކު އެކްސިޑެންޓުގައި މަރުވި އިރު ވެހިކަލްގައި ތިބި އަނެއް ދެ މީހުން ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. މި އެކްސިޑެންޓް ހިނގީ މި ފަސް މީހުން ދުއްވި ވެހިކަލްގެ ފަހަތުން އައި ޓްރަކަކުން ޖެހިގެން ކަމަށް ފުލުހުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައި
10 April 2017
ރަނގަޅަށް ހަބަރު ކިޔާފައި ކޮމެންޓް ކުރުން އެދެން..ވަރަށް ގަސް މީހުންވެސް އުޅޭކަން އެނގިއްޖެ ހަބަރު ތަކުގަ ހުންނަ ކޮމެންޓްތަށް ކިޔާލީމަ..ހިތްދަތި ވަރަށް.ހަހަހަ
ގިނަ ވައްތަރު
09 April 2017
އަަދަޔާ ޚިލާފު ހިއްވަރޭ!!! ތިމާގެ ފިރިމީހާ އެކްސިޑެންޓްގައި މަރުވީމާ ހަމަ އެ ދުވަހު އޮފީހަށް ނުކުތީމާ އެއީ ހިއްވަރު ގަދަކަންތަ؟ އެއީ ތަޢުރީފް ކުރަންވީ ކަމެއްތަ؟ ލިބުނު ބޮޑު ހިތާމައަށް ބަލައި އޮފީހު ވެރިޔާވެސް އެ އަންހެނާ ވީއްލާ ދޭނެ. ވީއްލާ ނުދެންޏާ ސަލާމް ބުނެގެން ނޫނީ ޗުއްޓީ ނަގައިގެން ހިތާމައިގެ ދުވަސްތަކެއް ގޭގައި ހޭދަ ކުރަން ޖެހޭނެ.
އިބިރިހިންބެއްޔާ
10 April 2017
ވަޒީފާއާއި ބުރަމަސައްކަތުން ހޯދާ މުސާރަ އެއީ ކިހާ މުހިންމު އެއްޗެއްކަން އެގޭދިވެހިން ގިނަނަމަ ލައިކު/ ނުލައިކު އޮތީހީ ތަފާތުކޮއް.
ތަންދޮރު
10 April 2017
ޕްރެޒެންޓަރު އޮފީހަށް ދިޔައިރު އެކްސިޑެންޓެއް ނުހިނގާ. އަދި އެއްފަހަރު ޚަބަރު ކިޔާލުންރަނގަޅު، ޕްރެޒެންޓަރު ޚަބަރު ކިޔަން އިންދާ ލިބުނު ކުއްލި ޚަބަރެއް އެކްސިޑެންޓް ހިނގި ވަގުތު. އަދި އޭނައަކަށް ނޭނގޭ އޭނަގެ ފިރިމީހާ މަރުވިކަމެއް ނަމަވެސް އޭނައަށް އެނގޭ އެ ވެހިކަލްގައިކަން އޭނަގެ ފިރިމީހާ ވެސް ދަތުރުކުރާނީ. ޚަބަރު ލިޔުނު މީހުންނަށް އޭނަގެ ފިރިމީހާ މަރުވިކަން އެނގުނު ނަމަވެސް އޭނަކައިރީ ނުބުނާ ކަމަށް ވެސް އެއޮތީ ލިޔެފަ
ޓުރަކު
09 April 2017
ޓުރަކު ޑުރައިވަރު އާއި އޭގައި ތިބި 2މީހުން ވީމަ ، 8 މީހުން،
ހުސެން
09 April 2017
އަޅުގަނޑަށް ވިސްނެނީ މީނަ ހިއްވަރު ގަދައީކީނޫންކަމަށް އެކަމަކު މީ ފިރިމީހާދެކެ އެހާލޯބިނުވާ އަންހެނެއްކަމަށް
އަނާ ބޭބެ
09 April 2017
މަށަށް ހީވަނީ 6 ވަނަ މީހަކުވެސް އެބަ އުޅޭހެން.. ޝައްކު ،، ޔަގީން ވާނީ
ފާތުން
09 April 2017
ހިސާބުން ފާސް ނުވާކުދިން ވަރަށް ގިނަ ކަމަށް ފާހަގަ ކުރެވޭ.... (؛
ބޯހަލާކު..
09 April 2017
ޕިސް ޕިސް ޕިސް. މީގަ ކޮންކަމެއްތަ އޮޅުންނުފިލައިގެން މިއުޅެނީ؟ އެ ވެހިކަލްގަ ޖުމްލަ ތިބީ ފަސްމީހުން. ޕްރެޒެންޓަރުގެ ފިރިމީހާއާއި އިތުރު 2 މީހުން މަރުވީ. ޒަހަމް ވީ 2 މީހުން. އެހެންވީމާ ޖުމްލަ 5 މީހުން.
ޕްރެޒެންޓަރ
09 April 2017
ދެން ކޮބާ ޕްރެޒެންޓަރ؟
ހުވާ މިބުނީ
09 April 2017
ޕްރެޒެންޓަރ އިނީ އެ ޚަބަރު ގެނެސްދޭން... އެ ދަތުރުގައި ޕްރެޒެންޓަރ ބައިވެރިއެއް ނުވެޔޭ.. މިއޮއް އުޅޭ ބައެއް ދޯ.. ތި ރަގަޅަށް ޚަބަރު ކިޔާބަލަ..
Mishy
09 April 2017
ކައުރުގެ ފިރިމީހާގެ އިތުރުން އިތުރު 2 މީހަކު މަރުވީ އަދި 2 މީހުން ޒަޚަމް ވީ....އެހެންވީމާ 5 ނޫންތަ ވީ
އިސްމާޢީލް ހުޛާމް
09 April 2017
މަ ހިތަށްއެރީ އެހެން އެއްޗެއް. ނިވްސް އެންކަރަށް މިކަން މިހެން ހިނގާނެކަން އެނގެންޏާމުން މާބޮޑު ހާސްކަމެއް ނުހުންނާނެ ނޫންހޭ. އިންޑިޔާގައި އެފަދަ އެކްސިޑެންޓުތައް ޕްލޭންކޮށްގެބްވެސް ހިންގާ. ޢެހެންވެ ހިތަށްއެރި އެއްޗެއް.
މޮޔަ
09 April 2017
ބަލަގަ ކުއްޖާ އޭނާގެ ފިރިމީހަޔާ އެހެން ދެ މީހަކު މަރުވެ އިތުރު ދެ މީހަކު ޒަހަމުވީމަ އެވީ ކިތަކެއް ތަ؟ސާބަހޭ ދަރިޔާ