ގާސިމް ދޫނިދޫއަށް ގެންދަނީ: އޭނާއާ ދެކޮޅަށް ހެއްކެއް ނުދެއްކޭ ކަމަށް އޭނާގެ ވަކީލުން ބުނޭ --ފޮޓޯ/މިހާރު
09 އެޕްރީލް 2017 - 13:10
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރިޝްވަތު ދޭން އުޅުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާސިމް ހަ ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ މިދިޔަ ހުކުރުދުވަހު އެވެ.
ގާސިމް ބަންދުގައި ބެހެއްޓުމުގެ އިތުރުން ރަނގަޅަށް ވައި ދައުރުވާ ތަނެއްގައި އޭނާ ބެހެއްޓުމަށާއި އެ މައްސަލައިގެ ހެކިތައް ހަ ދުވަސް ތެރޭގައި ކޯޓަށް ހުށަހެޅުމަށް އަމުރުގައި ފުލުހުންނަށް ވަނީ އަންގައިފަ އެވެ.
ގާސިމަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވިޔަސް އިތުރު ކަންތައްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. ގާސިމް ހައްޔަރުކުރި އިޖްރައާތުގެ ސައްހަކަމާ މެދު މަޖިލީހުގެ އިދިކޮޅު މެމްބަރުން ދަނީ ސުވާލު އުފައްދަމުންނެވެ.
ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި މެނުވީ މެމްބަރަކު ހައްޔަރު ކުރަން ކޯޓު އަމުރު ހޯދޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމަށް މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާއިރު، އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށް އިދިކޮޅު މެމްބަރުން ދަނީ ބުނެފަ އެވެ. ގާސިމް ހައްޔަރު ކުރަން އަމުރު ހޯދީ އެ އިޖްރައާތުގެ ތެރެއިން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.
ގާސިމްގެ ވަކީލުން ބުނެފައި ވަނީ ގާސިމާ ދެކޮޅަށް ފުލުހުންނަށް ހެއްކެއް ނުދެއްކޭ ކަމަށާއި ފުލުހުންގެ އަތުގައި އޮތީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއް ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރީ ދެ ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށް އަދި އޭނާ ފުރުން މަނާކޮށްފައި އޮތުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިއެފް
09 April 2017
ތިމައްސަލަ އެޖެންޑާކުރާނީ ކޮންއިރަކުންބާ. އާނމުކޮށް އިދިކޮޅު ސިޔާސީ ބޭފުޅުންގެ އިސްތިއުނާފުގެ ޝަރީއަތް އެޖެންޑާނުކޮށް ދިގުލައިގެންދޭ. 11ވަނަ ދުވަހުގެ ކުރިން އެޖެންޑާ ކުރާނެކަމަކަށް ނުބެލެވޭ. ކަންހިނގާގޮތް މިއީ. އެމްޕީ ޤާސިމް އިބުރާހީމް ބަންދުގައި ހުންނަ ކޮންމެ ސިކުންތަކީވެސް ބަންދުކުރުމުގައި ޝާމިލުވި ހުރިހާ ފަރާތްތަކުން ޒިންމާ ނަންގަވަންޖެހޭނެ. އެއީ ޣައިރުޤާނޫނީ ހައްޔަރަކަށްވާތީ. ފުރީޤާސިމް
ބޯވަ
09 April 2017
ބަންދު ކުރި މުއްދަތު ހަމަވާއިރުވެސް މައްސަލަ ބެލޭނެބާ! ދަންވަރާއި ފަހިތު ކޯޓްތައް ހުޅުވައިގެން އަމުރުތައް ނެރުނު ފަޑިޔާރުން އަދިވެސް ކޯޓްތަކުގައި އެބަތިއްބެވެ. ސުވާލަކީ އޭރު ކީއްވެހޭ މިހާރު އެގޮތް ނެތީ ކިހިނެތްވެގެންހޭ! މަހުލޫފްގެ މައްސަލަ އަދިވެސް ތާވަލެއް ނުކުރެވެ. މިހާރު މުއްދަތު ހަމަވެގެން ހިގައްޖެއެވެ. ދެން އަތް ނުބާނާ ކަމަށް ބުނެ އަަވަސްކުރަންވެސް ދަންނަވަނީ ވަކި ބާވަތެއްގެ މައްސަލަަތައްކަމަށް ވެދާނެއެވެ.
ރައީސް
09 April 2017
ޔާމީނު ވިދާޅުވަނީ ޝަރުއީ ދާއިރާއައް އެއްގޮތަކައްވެސް ނުފޫޒެއް ނުފޯރުވަމޯ، އެހެންވީމަ މި އެނގެނީ ފަނޑިޔާރުން އަމަލު ކުރަނީ އެމީހުންނައް ފެންނަގޮތަށޭ، މިކަންތައް ބަލާނެދުވަހެއް އަންނާނެ އެދުވަހަކުން ޔާމީނެއް ނުހުއްނާނެ،
ސޯވަޓް
09 April 2017
ގާސިމް ބަންދުކުރަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހަޅައިފި. ދެން ސޯ ވަޓް. ކޮބާތޭ މައްސަަލަ އަކީ. މައްސަލަ އެއް ނެތެއް ނޫންދޯ. ތަމެން ޖެހޭނެ އިސްތިއުނާފު ވެސް ކުރަން. އެހަމަ އޯކޭ އެވެ. މަމެން ދުލެއް ނުދޭނަން ތަމެން ގްރައުންޑް ނުކުރަނީސް. އެއީ ޔަގީން ކަމެކެވެ. އެއިރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލުވާ ތަން ފެނިގެން ދާނީ ދޯ. އޭގެ ކޮޅުމަތި މާލެ ހުޅުލެ ބްރިޖް އަދި މާލެ ސަރަހައްދުގައި 1 ލައްކަ ލަގްޒަރީ އެޕާރޓްމެންޓް އެމްޓީސީސީ މެދުވެރިކޮށް އަޅަން ލޯންޗް ކުރުން ދޯ.
ރަދީފް
09 April 2017
ތި 6 ދުވަސް ނިމެއިރުވެސް އިސްތިއުނާފް ކުރިމައްސަލަ އޮންނާނީ މޭޒުމަތީގަ. އިސްތިއުނާފް އެއީ ނަމެއްގަ އޮންނައެއްޗެއް.