މަޖިލީހުގެ ޖަލްސާއެއްގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ވާހަކަ ދައްކަވަނީ. މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ އިސްލާހާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވި.
09 އެޕްރީލް 2017 - 20:31
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަމުންދާ ގޮތަށް ބަލާއިރު، ސަރުކާރަށް ތާއީދުކުރާ މެމްބަރުންނަށް އެކަނި މަޖިލީހުގެ ތަޅުމަށް ވަދެވޭ ގޮތަށް ވެސް ގަވާއިދު އިސްލާހުކުރާނެ ކަމަށް ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން އާއްމު ކޮމެޓީން މިއަދު ވަނީ ނިންމައިފަ އެވެ. މިއީ މިހާރު ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް ގެންނަ ބަދަލެކެވެ.
މަޖިލިހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއެކު އެވެ.
މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ ބަދަލަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސައުދު ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ގަވާއިދު ބަދަލު ކުރަނީ "ކުޅުންތެރިން ދަނޑު މައްޗަށް އަރައި ތިއްބައި" ކަމަށެވެ. މިއީ ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޅުންތެރިން ދަނޑުމައްޗަށް ކުޅެން އަރައި ތިއްބައި މި ބުނަނީ ފަސް ކުޅުންތެރިން ފައިބާށޭ. މިހާރު އެގޮތަށް ބަދަލު ގެނެސްފީމޭ،" ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން ދޫކުރައްވައި ކުރީގެ ރައީސް މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގެންފައިވާ ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް 42 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާއިރު، އެ އަދަދަށް ސޮއި ލިބިއްޖެ ނަމަ މަގާމު ގެއްލޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނަން ޖެހެ އެވެ. އެގޮތަށް ބަދަލު ގެނައި ނަމަ، ރައްޔިތުންނަށް ބަލައިގަންނަން ތަންކޮޅެއް ފަސޭހަވާނެ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
މަޖިލީހުން ކުއްލިކުއްލި އަށް ނިންމާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑު ނުތަވަސްކަމެއް އުފެދިފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ. ގައުމަށް ދިމާވެގެން އުޅޭ މައްސަލައަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި، މަޖިލީސް މެދުވެރިކޮށް "ހިތުހުރި ގޮތަކަށް އަމަލުކުރުމެ"ވެ.
"އެހެންވީމަ 42 ސޮއި ހޯދައފި ނަމަ މަގާމުން ވަކިކުރެވޭ ގޮތަށް އިސްލާހު ހުށަހަޅަން ޖެހޭނީ. އޭރުން އިދިކޮޅު މެމްބަރުންގެ ނަން އިއްވައި ހުރިހާ ސަކަރާތެއް ވެސް ޖަހާކަށް ނުޖެހޭނެ. މިކުރަން އުޅޭ ކަންކަން ބަލައިގަންނަން ވެސް ރައްޔިތުންނަށް ތަންކޮޅެއް ފަސޭހަވީސް،" ސައުދު ވިދާޅުވި އެވެ.
އާންމު ކޮމެޓީގެ މުގައްރިރު ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވިދާޅުވި ގޮތުގައި އާ އިސްލާހު މަޖިލިހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، މިހާރު އިދިކޮޅު ފަރާތްތަކުން ޖިލިހަށް ވައްދާފައިވާ، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް އާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އޮޓަމެޓިކުން މަޖިލިހުން ބޭރުވާނެ ކަމަށެވެ.
މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކުރަން އާންމު ކޮމެޓީން ފާސްކުރިއިރު، ނައިބު ރައީސް މޫސަ މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އަންގާރަދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެ މައްސަލަ މަޖިލިހަށް ވެއްދީ 15 މެމްބަރުންގެ ސޮޔާއެކު އެވެ. އަދި މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ދެވަނަ ފަހަރަށް މަޖިލިހަށް ވައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަ
30 June 2017
ސައުދު ތީ ފޭލްވެފަހުރި މީހެއް
މުނި ކާފަ
10 July 2017
ފެއިލްވީ ކީއްވެތޯ؟ ފެއިލްވީ ރައްޔިތުންގެ ބަހަށް ތާއީދުކޮށް އެކަމަށް އެއްބާރުލުން ދިނީމަތޯ؟؟ ސައުދަކީ ދާއިރާގެ ރައްޔިތުން ލޯބިވާ ފަޚުރުވެރި އެމްޕީއެއް!! މީ ވަރަށް ވާހަކަ!!
އަވަސް.
17 April 2017
ރައީސް މައުމޫނުވެސް އަވަހަށް ޕާރޓީ ހެއްދެވުން އަވަސްކުރަންވީ
އަހްމަދު ބިން ޝާފީ
10 April 2017
ކުރިން ޤާވާޢިދެއްގެ ތެރޭއިން ވެ ނިމިފައި އޮންނަ ކަމަކަށް ފަހުން ހަދާ ގަވާއިދަކުން ނުވަތަ އިސްލާހުކުރާ އިސްލާހަކުން އެކަމަކަށް ބާރެއް ނުފޯރުވޭނެ ވާހަކަ ވަރަށް އުފަލާއެކު ދަންނަވަން، ޢަމަލު ކުރަން ޖެހޭނީ، ފަހުން ހަދާ ގާނޫނު ނުވަތަ އިސްލާޙް ކުރާ މާއްދާ ވުޖޫދުވަާ ފަހުން އަންނަ ކަންކަމަށް އެކަނި، ޤާނޫނުގެ ޙުޚޫމާތު ނޭންގޭތޯ ގާނުނޫހަދާ މަޖިލީހުގަ ފުއްޕާފަ އުޅޭ މީހުންނަށް، ވަރަށް ސަލާމް.
ވިލޭއަލި
10 April 2017
އިދިކޮޅު މީހުން ތިބޭކަށް ނުޖެހޭ. ތިބެން ޖެހޭނީ ވެރިންނަށް ކިޔަމަންވާ މީހުން. ކޮންމެ ތަނެއްގެ ވެރިމީހާއަށް ކިޔަމަންވާން ޖެހޭނެ. ކިޔަމަން ނުވާ މީހުން ވަކިކުރާ ގޮތެއް ފާސްކުރަންވީ.
ހުސޭނުބެ
10 April 2017
ހެހެހެ!! ސަޢުދު މިއަންނަ ދައުރު މަޖްލީހުގެ ގޮނޑިއަށް އަލްވަދާޢު އިގޭތޯ!! ދެން ނެތް އެކަމެއްވާކަށް!! އެކަން އެގޭތީ ދެން ނެގުނު ފައިދާއެއް މިދައުރުގެ ބާކީ މިއޮތް ދުވަސްކޮޅު ނެގޭތޯ ބައްލަވަނީ ދެއްތޯ!!
ޜޯޒް
10 April 2017
ސަރުކާރު މެމްބަރުންނޭ؟
ޒާ
10 April 2017
ދެންވެސް ތިމާމެންގެ ނެތްފެންވަރު ދައްކަން ގަދަދައްކަން ނޫޅެބަލަ.
ހަސަންބެ
10 April 2017
މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 15 މެމްބަރުންގެ ސޮއި އާ އެކު ކަމަށެވެ. އެހްނވީމާ އެ އަދަދު 42 އަށްވެސް ބަދަލުކުރެވޭނެނު. 15 އަށް އަދަދު ކަނޑައެޅީވެސް މަޖިލީހުންނޫންތޯ. އެހެންވީމާ 42 އަށްވެސް އަދި އެނޫން އަދަދަކަށްވެސް ބަދަލުކުރެވިދާނެ. އެއީ ޤާނޫނީގޮތުން ކުރެވޭނެކަމެއް. ގާނޫނުއަސާސީއާ ހިލާފުކަމެއްނޫން
ޢަބްދުﷲ ޚަލީލު ނިލަންދޫ ދާއިރާ
10 April 2017
ބައްލަވާ 42 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައި 11 މެމްބަރުންގެ ވޯޓުން ގޮނޑި ގެއްލޭ ގޮތަށް އޮތީމާ މި އެއް ދެކޮޅެއް ނުޖެހޭ ދެއްތޯ؟
ބޭބީ
10 April 2017
ސަރުކާރު މެމްބަރުން މިހާރު ނުތިބޭނެ ،، ކުފޫ ހަމަވާނީ ކޮންދުވަހަކުންބާ ،،،،،،،،،،،،،،،،،،،،،،،،،،،،،،،،،
ފިނި
10 April 2017
ތީކީ ކޮންމެ ޕާޓީ އެއްގެ ފަރާތުން ވެރިޔަކު އެރުނަސް ވާ ކަމެއް.މަ ބުނާނީ ޕީ.ޕީ.އެމް ހަމަ މޮޅޭ އެންމެން ފިއްތާފަ އޭ ބައިންދަނީ ސޮރީ ޔާމިން މޮޅު ވާހަކަ! އޭނަ ދަނީ އޭނަގެ ހުރަސްތައް ނައްތާލަމުން...ހަ ހަ ހަ...