އައިފޯނަށް ބޭނުންވާ ގްރެފިކް ޕްރޮސެސިން ޔުނިޓްތައް އެޕަލުން އުފައްދާ ގޮތަށް ވާހަކަދައްކަނީ
11 އެޕްރީލް 2017 - 06:35
އައިފޯނަށް ބޭނުންވާ "ޖީޕީޔޫ"، (ގްރެފިކް ޕްރޮސެސިން ޔުނިޓް) އަމިއްލަ އަށް އުފައްދަން އެޕަލް އިން ޚިޔާރުކޮށްފި އެވެ. މީގެ ކުރިން އައިފޯނަށް ޖީޕީޔޫ އުފައްދާފައި ވަނީ އެހެން ކުންފުންޏަކަށް އޯޑަރުދީގެންނެވެ. އެ ކުންފުންޏަށް ކިޔަނީ "އިމޭޖިނޭޝަން" އެވެ.
ޖީޕީޔޫ އަށް ބައެއް ފަހަރު "ގްރެފިކްސް ޗިޕް"އޭ ވެސް ކިޔަ އެވެ. ޖީޕީޔޫ އަކީ ގްރެފިކްސް ކާޑެއް ނޫނެވެ. އެއީ މުޅިން ދޭއްޗެކެވެ. ގްރެފިކްސް ކާޑެއްގައި އެއް ޖީޕީޔޫ އަށް ވުރެ ގިނައިން ނުވަތަ ދެތިން ގްރެފިކް ޗިޕް އިނުމަކީ ވެސް އެކަށީގެންވާ ކަމެވެ.
ޖީޕީޔޫގެ ބޭނުމަކީ ފޮޓޯ އަދި ވީޑިއޯ މަންޒަރުތައް ކުޅެދިނުމުގައި ހާޑްވެއާ އަށް ލުއިކޮށްދިނުމެވެ. އެ ގޮތުގައި ސްކްރީނުން ފެންނަ މަންޒަރު ބަލާލަން ފަސޭހަވެފައި އޮމާންވެ ދެ އެވެ. ސްމާޓްފޯނު ޑެސްކްޓޮޕް ކޮމްޕިއުޓަރު، ލެޕްޓޮޕް އަދި ޓެބްލެޓް ފަދަ އާލާތްތަކުގައި ޖީބީޔޫ ބޭނުންކުރެވެ އެވެ.
އެޕަލުން އަމިއްލަ އަށް ޖީޕީޔޫ އުފައްދަން ފެށުމުގައި ދެ ކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ވާދަވެރިކަމާއި ނަފާ އިތުރުކުރުމެވެ. އަނެއް ކަމަކީ އެޕަލްގެ ގިނަ އުފެއްދުންތައް އެމެރިކާ އަށް ބަދަލުކޮށް، އަމިއްލަވަންތަކަން ބޮޑުކުރުމެވެ.
އައިފޯނަށް ބޭނުންވާ ޖީޕީޔޫ އުފެއްދުން އިމޭޖިނޭޝަނުން ހުއްޓަން ޖެހިއްޖެ ނަމަ އެ ކުންފުނި ބަނގުރޫޓުވުމަކީ ވެސް ގާތްކަމެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަކީ އެޕަލް އިން ދޭ އޯޑަރުތަކަށް ނަގާ އަގެވެ. އެހެންކަމުން އެ ކުންފުނި ދެމިއޮތުން ކަނޑައަޅާނީ އެޕަލް އިން ކުރާ އިޚުތިޔާރަކުންނެވެ.
ޚަބަރުތަކުން އެނގޭ ގޮތުގައި އިމޭޖިނޭޝަނުން ދަނީ އެޕަލްއާ މަޝްވަރާކުރަމުންނެވެ. އެ ނޫން ގޮތެެއް ވޭތޯ އެވެ. ނޫން ނަމަ މަޝްވަރަކާ ކުރެވެނީ ވިޔަފާރީގައި ދެ ކުންފުނި ޝާމިލްވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދާނެ ގޮތަކާ މެދު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަވޭ
11 April 2017
އާފަލޭ މެން އުފައްދާ ފޯން ގައި ގިނަވާނީ ސައުތު ކޮރެއާގެ އުފެއްދުން ތައް. އެމެންގެ އުފެއްދުމެއް ނުހުންނާނެ އެއަކު. ހަމަ އެކަނި ސޮފްޓް ވެއަރސް ތަކާއި އެޕްލިކޭޝަންސް ތައް އޭގައި ހުންނާނީ. އާފަލޭ މެން އެކި ގޮތް ގޮތަށް މާރކެޓް ކޮށް ގެން ނަން މަޝްހޫރުއީ. ހަގީގަތުގައި އާފަލޭ މެންގެ ފޯންގެ ޕާރފޯމެންސް މާ ބޮޑު ތަން ދަށް ވަނޭ ގެލެކްސީ ސީރީސް އަށް ވުރެން. އާފަލޭ މެންނަށް ހެދޭނެ ޗިޕެއް ނޯންނާނެއެވެ. އާފަލޭ މެންގެ ހިއްސާދާރެއް މަމެންނަކީ ވެސް. މަމެންނަށް ތިޔަ ބުނާ ފައިދާ އެއް ނުވޭ އެމެންގެ ހިއްސާ ގަނެ ވިއްކިއަސް. އެކަމަކު އެތާ ސީއީއޯ އަށް އަހަރަކު 200 މިލިއަން ޑޮލަރު ލިބެންވީ އެއީ ކީއްވެގެންތޭ. މީ ކޮރަޕްޝަން ނޫން ދެން ކޯއްޗެއްތޭ. އެހެން ވެއްޖެނަމަ އެމެރިކާގެ ރައީސް އަށް ނޫން އެންމެ ބޮޑު އާމްދަނީ އެއް ލިބޭނީ އެއީ އެމެރިކާގެ ރައީސް އަށް ވާތީވެ ބަޖެޓްގެ 10 ޕަރސެންޓް ދޭން ޖެހޭނީ ރައީސް އަށް ތާ އާފަލޭ މެން ގެ ތިއަރީ ބުނާ ގޮތުން ދޯ.