ގާސިމްގެ ބަންދުގެ މުއްދަތު ޖެހުމަށް ފަހު މިދިޔަ ހުކުރުދުވަހު އޭނާ ދޫނިދޫ އަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
12 އެޕްރީލް 2017 - 10:14
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތިން ދައުވާއެއް ކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
މިހާރު ޖަލުގައި ހުންނެވި ގާސިމްގެ މަައްޗަށް ދައުވާކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކަމަށް، ޕީޖީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ގާސިމްގެ މައްސަލަ ޕީޖީން ކޯޓަށް މި ފޮނުވީ ކުރިން ހުށަހެޅި މައްސަލަ ފުލުހުން އަނބުރާ ގެންދިއުމަށް ފަހު، ގާސިމް ހައްޔަރުކޮށް ހިންގި ތަހުގީގުތަކާ އެކު އަލުން ޕީޖީ އަށް ހުށަހެޅުމުންނެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮވަން އެހީވާނެ ކަމަށް ވިދާޅުވުމުންނެވެ. ފުލުސް އޮފީހަށް އޭނާ ފުރަތަމަ ހައްޔަރުކުރީ އެއީ މެމްބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.
ގާސިމްގެ ބަންދަށް އިތުރުކުރި ހަ ދުވަސް ހަމަވާތީ މިއަދު އަނެއްކާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމުން ހުށަހެޅި އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ވެސް މިއަދު އޮންނާނެ އެވެ.
ގާސިމާ މެދު ފުލުހުން އަމަލުކުރަނީ ތަފާތުކޮށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ގާސިމް މަޖިލީހަށް ހާޒިރުކޮށް ނުދިނުމާއި އާއިލީ ބައްދަލުވުންތައް ނުދޭ މައްސަލާގައި އެ ކޯލިޝަނުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަހުސަން
12 April 2017
ހެއްވާކަމަކީ، ގާސިމައް ކުރާ ، ތިންދައުވާ، އަކީ ... އެއްދައުއާއެއް .. މިސާލަކަށް ގާސިމް އޮވައިދީފިނަމަ ،، އެރަށެއްގެ ނަރުދަމާ އަޅާއިދޭނަމޭ، އަދި ހޮސްޕިޓަލް އަޅައިދޭ ނަމޭ ، ބަނދަރު ހަަދާއިދޭނަމޭ.. މިތިކަންތަކަކީ އޭނާ ހޮވައިދީފިނަމަ ކޮއްދޭން ބުނި ކަން... އެގޮތަށް ...މަޖިލީހުގެ ގަވާއިދާ ހިލާފަށް މަސަތްކަތްކުރާ މަސީހުއާ ދެކޮޅަށް ވޯޓް ދީފިނަމަ ، އިތުރު ދައުރަކަށް ހޮަވާއިދިނުމަށް މަސަކަށް ކޮށްދިނުމަށް ބުނުން،، އެބުނި ވަގުތު ޕޯޑިއަމް ކަރިއައް ހުއްޓި ހުރުން،، ޖަލްސާ އެއްގެތެރޭގައި ހުރެގެން އެވާހަކަ ދެއްކުން.... ގަސިމް ގެ ޕާޓީ ކުދިން ކުރިމަތީ ހުރެ ބުނުން... މިދެނ ޖޯކެއް ދޯ ...
ފާރި
12 April 2017
ޕިންކު ކުދިން ޑިމޮކްރަސީއޭ ކިޔާނެ ކަމެއް ނެތް... ގަދަބާރުން ވެރިކަން ކުރެވޭތޯ ބަލާ.
ޖުފުޓް
12 April 2017
އަހރުމެންނަށް މިއަވުރެށް ރަނގަޅު ދުވަސް ތަކެއް މ،ިންވަރު ކުރަށް ވާށި ......
އަޙްމަދް
12 April 2017
ވަރައް ރަނގަޅު ތިމީހާ ތީ ހަމަ ދައުވާ ކުރަން ޖެހޭ މީހެއް
ބޮޑުރިޔާ
12 April 2017
ދެން އަހަރެމެންރަށައް އަރާފަ މިފަހރު ހޮވިއްޖެނަމަ މިރަށުގާ ނަރުދަމާ އަޅައިދޭނަމޭބުނެފިނަމަ ދައުވާކުރެވޭނެދޯ
މައިމޫނާ
12 April 2017
ހެޔޮނުވާނެ!! ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އާންމުންގެ އަގުލަބިއްޔަތު ވޯޓުން ވެރިކަމަށް އައިސްފައިވާ ސަރުކާރެއް ވަކިބަޔަކު ވެރިކަންބޭނުންވެގެން ވައްޓައެއް ނުލެވޭނެކަން ގަބޫލުކުރަން އެބަޖެހޭދޯ؟ ތަރަށްގީއަށް ފުރިސަތުދީ ގައުމު ހިނގުމުގެ ފުރުސަތު ރައީސްޔާމީނަށް ދޭން އެބަޖެހޭ!!
އަޙްމަދު
12 April 2017
ނަޝީދަށް ވެސް ތި ފުރުސަތު އޮންނަން ވާނެނު. މިހާރު ޤަބޫލު ކުރެވޭ ދޯ. ޢެބަ ވިސްނޭ ދޯ.
ޑަކުޓަރު
12 April 2017
މީ ކީއްކުރުރާހާ ރައްޔިތުންނެއްހޭ. %5 ކިޔަކިޔަ ތިބޭ. އެއްވެސް ކަމަކަށް ވޯޓަލުން މިހިސާބުން ނިމުނީމިވައްސްލާމް
ޢަނީސާ ޔޫސުބު
12 April 2017
ރައްޔިތުން ނުކުނެ މި އަނިޔަވެރިކަން ނިންމަން މިހަރު ވާޖިބުވާ ހިސާބަށް އަނިޔާވެރިކަންމިވަނީ އިތުރުވެފައި. ނޫންނަމަ ގައުމު ހަލާކުވެ މުސްތަގުބަލު ކަޅުއަނދިރިވެ ހިނގައިދާނެ.
އަޙްމަދު
12 April 2017
ދެން މިލަނޑު ލިބޭނީ މައުމޫނަށާއީ އެނާއަށް ތަޢިދު ކުރާ މީހުންނަށް. ވެންމަސް ވެނަށް ކާންދެނީ، އެމްޑީޕީ އަޑިގަ އޮވެގެން އެއްކަލާ ބާގީން ޖަލަށްލާ ހުސް ކުރަނީ. ދެންވެސް ހޭލަ ބަލަ. ޔާމީނު ލައްވާ އެންމެން ޖަލަށް ދެން ވާނެ އެއްޗެއް ބަލަންމާ ދޯ!!!
ކަނދިކަމަނާގެ މަސްތެލުލުން
12 April 2017
ކޮންމެ ނުބވައިކަމެއް ކޮށްފައި އެމްޑީޕީ ބޮލަށް. ސިޔާސީކުށްވެރިން ޖަލަށްލާފަވެސް އެމްޑީޮީ ބޮލަށް. މިއޮތީވާ ބައެއް،
ބޯހޫރާބޯހޫރާ
12 April 2017
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް ކުރިއަރަމުން ތަރައްގީވަމުން އައިދުވަސްވަރު އެގައުމުތަކުގައި އަމިއްލައެދުން އިސްކުރި ވިޔަފާރިވެރިން އެއީ ވިޔަފާރިވެރިންގެ ގޮތުގައިނެތި ގައުމަށް ފުރިހަމަ ތަރައްގީ ގެނެސްފައެވަނީ. ދިވެހި ގައުމަކީވެސް މިބޮޑު މާއްދީ ދުނިޔޭގެ ގައުމެއްކަމުން އެފަދަ ތަޖުރިބާތަކުގެ އަލީގައި ގައުމު ތަރައްގީކުރުމުގެ ވިސްނުން ކޮންމެވެސްބަޔަކު ގެންގުޅޭނެ.