ދުނިޔެ / އެމެރިކާ

"ބޮންތަކުގެ މަންމަ ބޮން" އައިއެސްއާ ދެކޮޅަށް އެމެރިކާ އިން ބޭނުންކޮށްފި

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް މިއަދު ބޭނުންކުރި ބާރުގަދަ ބޮން އެމެރިކާ އިން މީގެ ކުރިން ހަނގުރާމައިގައި ބޭނުންކޮށްފައެއް ނުވޭ.

ވޮޝިންޓަން (އެޕްރީލް 13) - ނިއުކްލިއާ ބޮން ފިޔަވައި އެމެރިކާ އިން އުފެއްދި އެންމެ ބާރުގަދަ ބޮން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އެމެރިކާ އިން ބޭނުންކޮށްފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ޖީބީޔޫ-43/ބީ މެސިވް އޯޑެންސް އެއާ ބްލާސްޓް ބޮން ނުވަތަ "ބޮންތަކުގެ މަންމަ ބޮން" ފުރަތަމަ ޓެސްޓް ކުރީ 2003 ވަނަ އަހަރު އެވެ. ނަމަވެސް މީގެ ކުރިން ހަނގުރާމައެއްގައި މި ބޮން ބޭނުންކޮށްފައެއް ނުވެ އެވެ. ޕެންޓަގަނުން ބުނީ އައިއެސްއާ ދެކޮޅަށް މި ބޮން އަޅާފައި ވަނީ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި ހަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން ކަމަށެވެ. ބާރުގަދަ ބޮން އައިއެސްއާ ދެކޮޅަށް ބޭނުންކޮށްފައި މި ވަނީ ނަންގަރްހާރުގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރާ އެމެރިކާގެ ސްޕެޝަލް ފޯސަސްގެ ސިފައިންގެ މީހަކު މިދިޔަ ހަފުތާގައި މަރާލާފައި ވަނިކޮށެވެ.

ޕެންޓަގަނުން ބުނީ 9،800 ކިލޯގެ ބޮން އަޅާފައި ވަނީ މިއަދު ކަމަށެވެ. އެ ބޮން އަޅާފައި ވަނީ އައިއެސް އިން ބޭނުންކުރާ ހޮހަޅަތަކަށާއި ޓަނަލްތަކަށް ކަމަށް ވެސް ޕެންޓަނުން ބުނެފައިވެ އެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ކޮމާންޑަރު، ޖެނެރަލް ޖޯން ނިކޯލްސަން ވިދާޅުވީ އައިއެސް އިން އެ މީހުންގެ ދިފާއު ވަރުގަދަ ކުރަން އައިއީޑީތަކާއި ބަންކަރާއި ޓަނަލްތައް ބޭނުންކުރަމުންދާ އިރު ޖީބީޔޫ-43/ބީ އަކީ އެންމެ ރަނގަޅު ހަމަލާ ކަމަށެވެ.

އައިއެސް އިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާކަން އިއުލާންކުރީ ޖެނުއަރީ، 2015 ގަ އެވެ. އަދި އެ ގައުމުގައި އައިއެސްގެ 1،000-5،000 އާ ދެމެދުގެ ހަނގުރާމަވެރިން އުޅޭ ކަމަށްވެ އެވެ.

14 ކޮމެންޓް, 249 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 20%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަނަވަރު

14 April 2017

ކާފަބޮން އޮތީ ނޯތްކޮރެއާ އަތުގަ

The name is already taken The name is available. Register?

ފައުޒާން

14 April 2017

އެންމެ 5000 ޓެރަރިސްޓުންނަށް އަމާޒުކޮށް 9800 ކިލޯގެމަންމަނު ބޮއް ބޭނުންކުރަންޖެހޭބާ ފޭކްފޭކް ؟ ތިވާނީ އެހެން ބޭނުމެއްގަ؟

The name is already taken The name is available. Register?

އިބްރާހިމް

14 April 2017

ނަތީޖާއަކީ ކޮބައިތޯ؟ އިސްލާމުން ސައިޒްކުރުންތޯ؟

The name is already taken The name is available. Register?

އަހުމަުދު

14 April 2017

މުސްލިމް ގައުމު ތަކަކީ އެމީހުންގެ ހަތިޔާރު ޓެސްޓު ކުރަން ބޭނުން ކުރާ ބިންތައްކެއް، އެބިން ތަކުގެ އަހުލުވެރިން ނަކީ އެމީހުންނަށް އިންސާނުންނެއް ނޫން. ހުރޭ ދުވަހަކު ކޮޅަކުން ފުރުސަތެއް ލިބުނަސް އަހުގަ އާއި ބިމުން ގޮސް ކަނޑި ބަލިކުރާނަން.

The name is already taken The name is available. Register?

އަހަންމަދު

14 April 2017

އެބިންތަކުގައި މިއޮށް ހުރިހާ ދުވާ ދުވަހު ތަޅަމުން ދިޔައީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ..300.000 މުސްލިމުން (ރާއްޖޭގެ އާބާދީގެ ސަިއޒް ގާތްގަނޑަކަށް) އެދިޔައީ މުސްލިނުން ލޭ އޮހޮރުވައިގެން.

The name is already taken The name is available. Register?

ޟުހާޓޯ

14 April 2017

ކޮބާަތަ ކާޕެޓުބޮން.

The name is already taken The name is available. Register?

މުހައްމަދު ޒާހިރު

14 April 2017

ތީ ވައިބޮން

The name is already taken The name is available. Register?

ވިލޭއަލި

14 April 2017

ބޮން އަޅަނީ އައިއެސް އާ ދެކޮޅަށް. މަރުވަނީ ކުޑަކުދިންނާ ޢާއްމުން. އެމެރިކާއިން ބުނަނީ ނިވާ ފަތްގަނޑެއްގެ ގޮތުގައި އައިއެސް އިން ޢާއްމުން ބޭނުންކުރާތީ އެހެން ވަނީކަމަށް. އެމެރިކާއިން ހޯދަންވި ޓެކްނޮލޮޖީ އަކީ، އާއްމުން ނިވާފަތްގަނޑަކަށް ބޭނުންކުރީމާ ތޯލިބާނުންނާ އައިއެސް މީހުން މަރުވާ ކަހަލަ ޓެކްނޮލޮޖީއެއް. އެމީހުން ސައިންސް ކަަމަކު ނުދޭ.

The name is already taken The name is available. Register?

އުދުހޭ

14 April 2017

ޔޫޓިއުބުން މީގެ މިސައިލް ޓެސްޓް ވީޑިއޯ ބަލާލީމާ ފެންނަނީ ހާހަކަށް ފޫޓު ޑައިމީޓަރުގަ ހުންނަ ސަރަހައްދެއް ގޮވާތަން. މިވަރަރަކުން އަދި ތިޔަބުނާ ބިންގަރާސްމަގުތަކަށް މާބޮޑު ގެއްލުމެއް ނުދެވޭނެ. ޔަގީނާ ގާތަށް ވިސްނެނީ މިއީ ބިންގަރާސް ގޮއްވުމުގެ ނަމުގައި ދުވަސްވެފައިހުރި މިސައިލްތަށް ގޮވާތޯ ބެލުމަށް ކޮށްލި ޓެސްޓަކާ. ބިންގަރާސް މަގު ގޮއްވަން ޓޯރާބޯރާ ސަރަހައްދަށް އެކަނިވެސް މީގެ 100 އެއްހާ މިސައިލް އަޅައިގެން ކަންފުޅެއްވާނީ. އެކަމަކު އެހާ ބައިވަރު ފައިސާ ފަރުބަދަ މައްޗަށް އޮއްސާލެވޭހާ ފެންވަރެއް އެމެރިކާއަކު ނެތް.

The name is already taken The name is available. Register?

ކިލްޒޯން

14 April 2017

މި ބޮމުގަ ހުންނަނީ 1 މައިލް ރޭޑިއަސްގެ ކިލް ޒޯންއެއް. މީގެ މާާނައަކީ އެ ވެއްޓުނު ތަނުން ފަށައިގެން ހުރިހާ ކޮޅަކުންވެސް ގާތްގަނޑަކަށް 5000 ފޫޓުވަރު ދުރުގަ ތިބި ބަޔަކުވެސް އަނދައި އަޅިއަށްވާނެޔޭ. ބިންގަރާސްތައް އެއްކޮށް ގޮއްވާނުލެވުނަސް މަތީގަ ތިބި އެންމެންގެ ދުވަސް ދާނެ އަދި އެތައްބަޔަކު ހޮހޮޅަތަކުގަ ތާށިވެފަވެސް މަރުވާނެ.

The name is already taken The name is available. Register?

ށައިފު

14 April 2017

ބޭނުމަކީ އުތުރު ކޮރެޔާއަށް އިންޒާރު ކުރުން.. ދުނިޔެ ބޮޑު ހަނގުރާމައަކާއި ވަރަށް ކައިރި ވެއްޖެ..

The name is already taken The name is available. Register?

ޑޯން

14 April 2017

ތީގެންވިފައިދާއެއްނެއް...އަޅިބުރުވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454