ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމު ކުރުމަށް އެދި އެމެރިކާގައި އިއްޔެ މުޒާހަރާ ކުރަނީ.
16 އެޕްރީލް 2017 - 13:18
ވޮޝިންޓަން (އެޕްރީލް 16) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމު ކުރުމަށް ގޮވާލާ އެ ގައުމުގެ 150 ސަރަހައްދެއްގައި މުޒާހަރާ ކޮށްފި އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ މީގެ ކުރިން ކެންޑިޑޭޓުން ކަންކުރައްވަމުން ވަޑައިގެންނެވި ގޮތާ ޚިލާފަށް ޓެކްސް ބަޔާން ހާމަ ކުރެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ. އެމެރިކާގެ ރައީސުން ޓެކްސް ބަޔާން އާއްމު ކުރަން ޖެހޭ ގާނޫނެއް ނޯވެ އެވެ.
ޓްރަމްޕާ ދެކޮޅަށް ބާކްލޭ، ކެލިފޯނިއާގައި ބޭއްވި މުޒާހަރާތަކުގައި ޓްރަމްޕުގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވަނީ ހަމަނުޖެހުންތައް ވެސް ހިންގައިފަ އެވެ. މުޒާހަރާ ކޮށްފައި ވަނީ އެމެރިކާ މީހުންގެ ޓެކްސް ބަޔާން ހާމަކުރަން ޖެހޭ މުއްދަތު އެޕްރީލް 15 ގައި ހަމަވާ ތާރީޚާ ދިމާކޮށެވެ.
"ޓްރަމްޕުގެ އިންވެސްޓްމަންޓާއި އޭނާ ހޭދަކުރައްވާ ފައިސާގެ އަދަދު އެނގުމަކީ މުހިންމު ކަމެއް،" މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.
ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމު ކުރުމުގެ މުޒާހަރާތައް ބާއްވާފައި މ ވަނީ ގާނޫނީ ޕްރޮފެސަރެއް ކަމަށްވާ ޖެނިފާ ތައުބެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޓްރަމްޕުގެ އެޑްވައިޒަރު ކެލިއާނީ ކޮންވޭ ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމު ނުކުރާނެ ކަމަށާއި ސަބަކީ "ރައްޔިތުން އެކަމާ ކަންބޮޑުވެގެން ނޫޅޭތީ" ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ތައުބެ ވަނީ ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމު ނުކޮށްގެން ރައްޔިތުން ކަންބޮޑުވާކަން ދެއްކުމަށް މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ގޮވާލައްވައިފަ އެވެ.
މުޒާހަރާގައި ވަނީ ކޮންގްރެސްގެ ޑިމޮކްރެޓިކް ބައެއް މެންބަރުން ވެސް ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޒީހަސަނު
16 April 2017
ކޮބާތަ ޔާމީނުގެ ޓެކްސް ބަޔާން..
ބޯގޯސް
16 April 2017
މަގުހަދާމީހުން އައިސްދާނެ މުޒާހަރާ ކުރަންތިއްބާ
އަންމަޑޭ އެންޑް އިއްބެ
16 April 2017
ރައްޔިތުންގެ މަޖުލީގެ މެންބަރުން އުޅޭގޮތަށް ޓުރަންޕުއުޅޭތޫ ވަރަށް ފޫހިވޭ.
މަހަށްދޭބަލަ
16 April 2017
ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމު ކުރުމަށް އެދި މުޒާހަރާ ކުރާ މީހުން މުޒާހަރާ ކުރި ނަމަވެސް އެކަން ނުކުރެވޭނެއެވެ. ސަބަބަކީ އެއީ ގާނޫނީ ގޮތުން ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ތަމެން މޮޔަ ނުވޭ މުޒާހަރާ ކުރާ ރަންރީނދުލޭ މެންނޭ. ތަމެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ. ނުކުރާނަން ޓެކްސް ބަޔާނެއް ހަމަ ހާމަ އެއް. ތެޅި ތެޅި ތިބެން ޖެހޭނީ.
މަރީ
17 April 2017
އައްދެ ހާދަ ރުޅުއައިއްސަ؟ ތިހެން އުޅޭތީއޭ މިސަރުކާރު ދޫކޮށް މީހުން މިހާރު އެދަނީ. މައިތިރިވެ ބަލަ.
އާދަން
17 April 2017
ރުޅި އައިސްގެން ވެސް ޤާނޫނުގައި ވާ ގޮތަށް އެއްޗެއް ބުނެފިނަމަ ސަރުކާރުދެކެ ފޫހިވާން ޖެހޭނެ. ރުޅި ނައިސް ދަތް ދިލުވައިގެން ހުރެ، ޤާނޫނުން ބޭރުން ކަންތައް ކުރާނަމޭ ބުނީމާ އަތްތިލަބަޑިޖަހާ އުފާ ވާންޖެހޭނެ. ދަތްތައް ދިލުވައިގެން ހުރެ ބޮވެން ޖެހޭނެއޭ އަބަދަކު ހަމާގައި ތިބޭކަށް ނުޖެހޭނެޔޭ ބުނެފިނަމަ އުފަލުން ތާއީދުކުރަންވާނެ. ދޯ މަރީ!