ޒައިދުގެ ފުލުހުންގެ ބެލުމުގެ ދަށުގައި: އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރޭ
25 އެޕްރީލް 2017 - 10:48
ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް އެކަމަކު މުޅިން އެހެން ދައުވާތަކެއް އުފުލާފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.
މިހާރު ގޭ ބަންދުގައި ހުރި ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލައި، އެ މައްސަލަތަކުގެ ޝަރީއަތް މިއަދު ފަށަން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އަދި ގާނޫނީ ބާރު ހިންގަން ދަތި ކުރުމުގެ ދައުވާ އެވެ.
މިއަދު ހެނދުނު 11:00 ގައި ފަށާ ޝަރީއަތް ސިއްރުކޮށްފައިވާ ކަމަށް ކޯޓުން ބުންޏެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ޝަރީއަތެއް ނުވަތަ ޝަރީއަތަކުން ބައެއް ސިއްރު ކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ގާތް ގުޅުމެއް އޮންނަ ޒައިދު މިދިޔަ ޖެނުއަރީ މަހުގެެ ތެރޭގައި ހައްޔަރުކޮށް، ޖަލު ބަންދުގައި ބެހެއްޓުމަށް ފަހު އެކި ފަހަރު މަތިން ގޭ ބަންދަށް ބަދަލުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމަށޭ
26 April 2017
ބަންދުކުރާ ކޮންމެ މީހަކު މީހަކު ފެންނައިރަށް އަތް އުފުލާ ހަނާއަޅަނީ ކީއްވެ. މިނިވަނކޮށް ހުންނައިރަކު އެހެން ނަހަދާ
ސަރުކާނު
25 April 2017
ކުރވޭނެތީ ކުރީ. އޯކޭ މިހާރު
އަހުމަދުބެ
25 April 2017
ސިޔާސީ ހުރިހާ މީހުންގެ ޝަރީއަތް ސިއްރު ކުރަނީ ދެން ތިއީ ވަރަށް ހަޑި ކަމެކެވެ. މަކަރުވެރި ކަމެކޭ ވެސް ބުނެވިދާނެއެވެ.
ކޮަލަމާފުށި
25 April 2017
ބައެއް ޝަރީއަތްތައް ފެށުމާއި އެކު ސިއްރު..ސިއްރު...ބަލަ ކޮންކަމެއް ސިއްރު ކުރާކަށް...ޝަރީއަތް ކުރެވެން ވާނީ ހާމަކަން ބޮޑުކޮށް އަދުލާއި އިންސާފުން...
ވޮޗްޑޯގް
25 April 2017
ހިތުހުރި ގޮތަކަށް ޝަރީއަތް ސިއްރުކުރުން ހުއްޓުވަންޖެހޭ. ހިތާމަހުރި ކަމެއް އިންސާފާއި އެކު ހައްގު ހުކުމެއް މީހެއްގެ މައްޗަށް ކުރާނަމަ ސިއްރުކުރަންޖެހޭ އެއްވެސް ސަބަބެއް މިއަކު ނެތް.
ތަމް
25 April 2017
މިމީހާގެ ކުށަކީ މައުމޫނާ ގުޅުމެއްއޮތުން. މިއޮތީ ގައުމެެއް. ފުލުހުންގެތެރެ ފުރަތަމަ ސާފްކުރަން ދިވެހިން ނިކުންނަންވީ.
އަހުމަދު
25 April 2017
އަޅެ ފައްކަލެއްނޫންތަ . މިއީ ޤައުމަކީ.. ފަޚުރުވެރި ދިވެހިންނޭ ބުނާތީ ދެރަވެ ލަދުގަނޭ.
ކަމަނަ
25 April 2017
އޭނާ ދުނިޔޭގައި ދިރިހުރެ ނޭވާލާތީ ކުރާ ދައުވާ އެއްނެތްތަ؟ މިދެން ބޮޑުވަރު. މިއުޑުދަށުގަ ދިރިއުޅޭތީއޭ ކިޔާފަ ދައުވާކުރިއަސް ހައިރާނެއް މަނުވާނެ.