އިމާރާތެއް ތަޅާލުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ: ރެމިޓެންސް ޓެކްސް ނުދައްކައި ޑޮލަރުތަކެއް ގެންދަން އުޅެނިކޮށް ވަނީ ހިފަހައްޓާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 އެޕްރީލް 2017 - 14:28
ރެމިޓެންސް ޓެކްސް އަށް މަކަރު ހަދަން ވެގެން ރާއްޖެ އިން ބޭރަށް ގެންދަން އުޅުނު 69،000 އަށް ވުރެ ގިނަ ޑޮލަރާ އެކު އެއާޕޯޓުން ބިދޭސީއަކު ހިފަހައްޓައިފި އެވެ.
ރެމިޓަންސް ޓެކުހަކީ ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓްގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. އަދި ރެމިޓެންސް ޓެކްސް އަށް މަކަރު ހެދުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ކުށްވެރިވާ ކަމެކެވެ.
މީރާއިން ބުނީ އެ ފައިސާ މިހާރު ވަނީ ޖޫރިމަނާ އާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ނަގާފައި ކަމަށެވެ. ނަމަވެސް އެ މީހާ ހިފެހެއްޓީ ކޮން ދުވަހަކު ކަމެއް އަދި އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް މީރާއިން ނުބުނެ އެވެ.
ރެމިޓެންސް ޓެކްސް އަށް މަކަރު ހަދައި، އަދި އެފަދަ ފައިސާ ރާއްޖެ އިން ބޭރަށް ގެންގޮސްދޭން މަސައްކަތް ކޮށްފިނަމަ އޭގެ އަދަބެއްގެ ގޮތުން ބޭރަށް ގެންދަން މަސައްކަތްކުރި ފައިސާއާ އެއްވަރު އަދަދަކުން ޖޫރިމަނާ ވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގުލީމު
26 April 2017
ތިޔަ ފައިސާ އަދި ތިޔަމީހާ ފަސްޓު ކުލާހުގައި 24 ގަޑި އިރު ތެރޭ އަންނަ އެއްމެ ފޯނުކޯލަކުން ނިމޭނެ ކަން ޔަގީން
މީމު
26 April 2017
ހެޔޮނުވާނެ ތަމެން ޕިންކީން ނައްޓާލަބަލަ ޗައިނާއަށް ދިވެހިން ދިވެހިންނަށް ދޫކޮށްފަ ޕްލީޒް މަމެން މިގައުމުގަ ތަފާތުކުރުން ނައްތާލައިގެން އެބައުޅެން ތަމެން ޗައިނާގެ އަވަށެއްގަ ލިޓިލް ސިންގަޕޯރ ހަދާބަލަ މަމެން ބޭނުން ވަނީ ރާއްޖެ ރާއްޖޭގެ ގޮތުގަ!
ޑޮލަރ
26 April 2017
ވަރަށްދެރަވެއްޖެ. ޤާނޫނަކީ ދެފަރާތަށް ރައްކާތެރިކަން ލިބޭގޮތަށް ހުންނަންޖެހޭނެ އެއްޗެއް. މިހާރު ޤާނޫނުން ތިޔަރައްކާތެރިކަންދެނީ އެއްފަރާތަށް.
އިންޓެލް ފުލުސް
26 April 2017
ކަމުގެ ހަގީގަތް އެނގޭ މީހަކު އެހާ ދެރައެއްނުވާނެ. މައުލޫމާތު ލިބޭގޮތުން މި ފައިސާއަކީ 80 ވަރަކަށް މީހުން ރެމިޓެންސް ޓެކްސް ނުދައްކަންވެގެން މީހަކުއަތަށް ދީގެން ބޭރަށް ފޮނުވަން އުޅުނުފައިސާކަމަށްވަނީ. އެހެންވީމަ މިކަންކުރާމީހުންނަށް މިހާރު ހުންނާނީ ފިލާވަޅެއްލިބިފަ. ދެން އެހެންނޫނަސް ޤާނޫނެއްގަ ވަކިގޮތަކަށް ޖެހީމަ މީރާއަށް ޖެހޭނީ އެކަން ތަންފީޒުކުރަން. ޤާނޫނު ހެދީ ރައްޔިތުން. ދެން އެހެންވީމަނެއް ބުނާނެއެއްޗެއް
މޮޅު
26 April 2017
އެކަލަ ފަރައް އަރާ ބޯޓުތައް ކަޓުވާލާ ގޮތައްދޯ.
ޕާޓޭއިންގެ ވެރިކަން
26 April 2017
ތިއީ ކާކުކަން ހާމަކުރެވެން ޖެހޭ. މިހާރު ޑޮކްޓަރުން ވެސް ލިބޭ މުސާރަ ޤައުމަށް ނުފޮނުވާކަން ފާހަގަކުރެވޭ. ބައެއް ޑޮކްޓަރުން 1 އަހަރު ކޮށްފައި ރިޒައިންކޮށްފައި، ހުރިހާ މުސާރައަކާ އެކީ އެބަދޭ. ތިޔަފަދަ މީހަކު މި ޤައުމުގެ ވަޒީފާގައި ބެހެއްޓުމަކީ ޤައުމަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެ.
ބޯގޯސް
26 April 2017
ނުބުނާނެނޫން މިޤައުމުގައި މަސައްކަތް ކުރާ ބޭރުބަޔެކޭ ބުނީމަ އެގޭ އެއީ ހަމަ އެއްބައެއްކަން. ބަންގާޅިންކަން.
ްައަލީ
26 April 2017
ތިކަހަލަ ގަވައިދު ނުވާނު ހަދާކައް ވެސް. ދެރަމީހާ އަބަދުވެސް ދެރަގޮތް.
ފެނޭދޯ
26 April 2017
ކޮބާ މިފެންނަނީ މަމެންގެ ވެރިކަމުގައި ކަންކަން ކުރާ ގޮތް ސްމާރޓް ކަން. ނޯވަން ކޭން ބީޓް އެން ކޮމްޕީޓް އަސް އޭ ދޯ ވައިޓް ހައުސް އިން އިވާންކާ ކަނބުލޮ ވެސް ވަޓްސް އެޕް ކޮށް ފައި އެބަބުނެއޭ ބުނަން މަމެން ނެތީމު އެވެ. މަމެން ދެން ލޯން ދޭނީ އެމެރިކާ އަށް ޔޫއެސް މެކްސިކޯ ބޯޑަރު އަޅަން އިނގޭ.
ކާފަ
26 April 2017
ގާނޫނަށް ބޯލަން ދަސްވާނީ މިހެން މިކަން ކޮށްގެން މިރާއްޖެއަކީ ގާނޫނާއި ގަވާއިދަށް އިހުތިރާމް ނުކުރާ ޤައުމަކަށްވެނިމެނީ