ހިތަދޫގެ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމް މިއަދު ހަވީރު މިނިސްޓަރު ތޯރިގް އިފުތިތާހުކޮށް ދެއްވާނެ.
މަރަދޫ ނަރުދަމާ އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް
29 އެޕްރީލް 2017 - 13:50
އައްޑޫގެ އިތުރު ތިން ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއު ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު އިފުތިތާހުކޮށް ދެއްވައިފި އެވެ.
ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކެއްގައި ނަރުދަމާ ނިޒާމު އިފުތިތާހުކޮށް ދިން ތިން ރަށަކީ ފޭދު އާއި މަރަދޫފޭދޫގެ އިތުރުން މަރަދު އެވެ.
މި ތިން ރަށުގެ ނަރުދަމާ ނިޒާމް ގާއިމު ކުރަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
ފޭދު އާއި މަރަދޫފޭދޫ އަދި އަދި މަރަދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާތާ 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އޮޕެކް ފަންޑް ފޮ ޑިވެލޮޕްމެންޓް (އޯފިޑް) ގެ ލޯނުގެ އެހީ އާއި ޕީއެސްއައިޕީން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގު 130 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އައްޑޫ ތަރައްގީ ކުރުން ކަމަށާއި ފުރިހަމަ ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރެވޭނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކަމަށެވެ.
އަދި މި ސަރުކާރަކީ ހުސް ވާހަކަތަކެއް ދައްކާ ސަރުކާރެއް ނޫން ކަމަށާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫގެ ރައްޔިތުން ތަރައްގީ ބޭނުންވާ ނަމަ އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުން މުހިއްމު ކަމަށެވެ.
މަރަދޫފޭދޫ ނަރުދަމާ އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް
އައްޑޫ ސިޓީ ކައުންސިލަކީ ޕީޕީއެމްގެ ކައުންސިލަކަށް ވެއްޖެ ނަމަ، ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްގީ އަށް ގިނަ ކަންކަން ކުރެވޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
އައްޑޫގެ ނަރުދަމާ ނިޒާމް އިފުތިތާހު ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު ހަވީރު ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމް ވެސް މިނިސްޓަރު އިފުތިތާހުކޮށް ދެއްވާނެ އެވެ.
ހިތަދޫގެ ނަރުދަމާ ނިޒާމް 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ. ދައުލަތުގެ ބަޖެޓުން ހިތަދޫގެ ނަރުދަމާ ނިޒާމަށް 109 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.
ހުޅުދު އާއި މީދޫގެ ނަރުދަމާ ނިޒާމް އިއްޔެ ވަނީ އިފުތިތާހުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
03 May 2017
އިންތިޚާބަށް 1 ދުވަހަށް ވީމަ ފެށިނަމަ ގިނަ ވޯޓު ލިބުނީސް،
އިބިރިހިންބެއްޔާ
30 April 2017
އެންމެންޓީސީ. އެނޫން ކޮންބައެއްތޯ ތިބީ؟
ޕޮކަންޑި މޭން
30 April 2017
އައްޑޫ މީހުންނަށް އަވާމެންދުރު ދައްކާ ޅޮސް އުދޯއްޏަށް އެރުވުމުގައި އެމްޑީޕީ މީހުން ވަރަށް ކުރީގަ އުޅެނީ. ޙަޤީޤީ ތަރައްޤީއާއި ކަމެއް މިކޮށްދެނީ މިސަރުކާރުން. އައްޑޫ ރައްޔިތުންނަށް މިކަން ވިސްނޭނެކަމަށް ޤަބޫލުކުރަން.
ފުރެންޑު
30 April 2017
ބަލަ ކޮން އެމްޑީޕީ އެއް. ކޮން ޕީޕީ އެއް؟ ކޮން މިސަރުކާރެއް؟ ޚަރަދުކުރަނީ ރައްޔިތުން. ހުރިހާކަމެއް ކޮއްދެނީ ރައްޔިތުންނަށް ގުލާކޮއްދޭން ތިބި ރައްޔިތުންގެ ސަރުކާރުން = މިއަދު ވެއްޖިއްޔާ "މިސަރުކާރުން"
ލަދް
30 April 2017
މިހާތަނަށް އައްޑޫގެ އެއްވެސް ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމް ނުކުރެވި އޮތުމަކީ ލަދު ވެތި ކަމެއް. މިކަމުގައި ޒިންމާ ވާނީ ކޮން ބައެއްބ؟
މޫޫސަ
30 April 2017
ނަރުދަމާ އަޅާ ނިމިއްޖެ، ދެން 800 މިލިއަން ޑޮލަރުގެ ހަގީގަތް އޮޅުން ފިލުވައިދީ
ޙާމިދު
30 April 2017
މިނިސްޓަރު ވިދާޅުވީ އައްޑޫގެ ރައްޔިތުން ތަރައްގީ ބޭނުންވާ ނަމަ އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުން މުހިއްމު ކަމަށެވެ". މީ ރިޝްވަތެއް ނޫންބާ.. ޤާސިމް ދޯ ހައްޔަރު ކުރަނީ...
މަހައްދޭ
30 April 2017
އުއްމީދު ވަރައްވެސް ކުޑަ... އައްޑޫ ހިތަދޫ މިއަދު ދިއުމުން ވަރައްސާފުވެއްޖެ ރައްޔަތުންގެ ށުއޫރު އަދި މާލެއިން އައިސް ކެޕްޕެއިން ކުރަން އައިސްތިބި ފެއިލަރުން ނާއި ހިތަދޫގައި ދާދާ ހެދިގެން އުލޭ ބައިގަނޑު ރައްޔަތުން ފޫހިވާ ބަޔަކު ކުރީސަފައް ނެރެލިއިރު މީހުން ތިބީ ވަރައް ފޫހި ވެފައި... އަޅުގަނޑުމެނައް އޮތް ހަފުލާގައި އެޟިހުނައް އެއްކުރެވުނީ ގާތްގަނޑަކައް 50 ހަކައް މީހުން...
ޢަބްދުﷲނާފިޒު
29 April 2017
އާނ ރަނގަޅު، ތީކޮއްމެހެންވެސް ކޮށްދޭން ޖެހޭ ކަމެއް، އެކަމަކު ވޯޓު ދޭކަށް ނުޖެހޭނެތާ! ވޯޓެއް ނުދޭނަން.
ޕޕޕ
29 April 2017
ތިއޮއް ފޮޓޮއެއް...މެން އިން ބްލެކް ތަ؟؟؟ ބޯހަލާކު
އޭއިއޭއި
29 April 2017
ތަމެންނާއި ހެދި ދެން ކިހާ ދެރަ ކަމެއް ނޫންތޭ. ތަމެން ޕޯރޑިއަމް ގައި ވާހަކަދައްކާ އިރު ވެސް ތިބެނީ ލޯ ބޮޑު ކަޅު އައިނު އަޅައިގެން ނޫންތޭ. ތަމެން ޕޯރޑިއަމް ގައި ބްރޯކެން ދިވެހިން ދެއްކި ވާހަކަ އެއްވެސް މަމެންނަށް އަންޑަރސްޓޭންޑް ނުވެއޭ. ވަންޑޭ ޔޫ ގޮނާ އެކްސްޕްލެއިން މީ އިޓް ދޯ.
ހަބީބު
29 April 2017
ރައްޔިތުން ފެލާފަ ނަގާޓެކްސްގެ ފައިސާއިން ތިކަންވާނެކަން ނަޝީދު ވަނީ ބުނެދީފަ ވެރިންގެ ފައިބުޑައްވެއްޓި ސަލާންޖަހަންނުޖެހި ވީމާ ޔާމިނައްވޯޓުލާކައް ކޮންމެހެން ނުޖެހޭ