30 އެޕްރީލް 2017 - 06:16
ސައުތު ކޮރެއާ ސައިންސްވެރިން، ލިތިއަމް-އޮކްސިޖަން ބެޓެރީއެއް އުފައްދައިފި އެވެ. ސައިންސް މިނިސްޓްރީން ބުނި ގޮތުގައި، ދުރު ރާސްތާ މަންޒިލްތަކަށް ބެޓެރީ އުޅަނދުފަހަރު ދަތުރުކުރުމުގައި މިއީ ނުހަނު ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.
ލިތިއަމް-އޮކްސިޖަން ބެޓެރީއާ މެދު ބުނެވޭ ގޮތުގައި، ލިތިއަމް-އަޔަން ބެޓެރީއަށް ވުރެ އަވަހަށް ޗާޖުކުރެވެ އެވެ. އަދި ގިނައިރު ޗާޖު ދެމެހެއްޓެ އެވެ.
އުފުލާ ގެންގުޅެން ފަސޭހަ ސްމާޓް ޑިވައިސްތައް ހިންގުމަށްޓަކައި މުޅި ސިނާއަތު މިއަދު ބަރޯސާކުރަނީ "ލިތިއަމް-އަޔަން" ބެޓެރީ އަށެވެ. އުފައްދަން ފަސޭހަވެފައި، ދެމެހެއްޓެނިވި ބޭނުންތަކުގައި އިތުބާރު ބޮޑު "ލިތިއަމް-އަޔަން" ބެޓެރީގައި "ނުރަނގަޅު" މަދު ކަމެއް މެނުވީ ނެތެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް މައްސަލައަކަށް ވަނީ ޗާޖުކުރަން ނަގާ ގިނަ ވަތުގެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ލިތިއަމް-އޮކްސިޖަން ބެޓެރީ ޗާޖުކުރުމަށް ގިނައިރުތަކެއް ނުނަގަ އެވެ. ޗާޖު ދެމެހެއްޓުމުގައި ވެސް ޒަމާނީ ޓެކްނޮލޮޖީއަށް ވުރެ އޮކްސިޖަން-އަޔަން ބެޓެރީ ކުރި ހޯދަ އެވެ. އެހެން ނަމަވެސް، މި ބާވަތު ބެޓެރީތައް އާންމު ވިޔަފާރި އަށް ދޫކޮށްލަން އަދި ދުވަސްތަކެއް ނަގާނެ އެވެ.
ލިތިއަމް-އޮކްސިޖަން ބެޓެރީ ސައިންސްވެރިން ތަރައްގީކުރަނީ ބެޓެރީ އުޅަނދުފަހަރަށް އަމާޒުކޮށްގެންނެވެ. ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ފަދަ އުފުލާ ގެންގުޅެން ފަސޭހަ ޑިވައިސްތަކަށް ޚާއްސަ ލިތިއަމް-އޮކްސިޖަން ބެޓެރީ އުފައްދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑި ހަމީދު
01 May 2017
ހޫ މިވެސް ހަބަރެއްދޯ
ދިސްވޭ
30 April 2017
ލިތިއަމް-އޮކްސިޖަން ބެޓެރީއެއް އުފައްދާ މާރކެޓަށް ނެރެވިއްޖެނަމަ ދުނިޔޭގެ ހައިބްރިޑް ޕަވަރ ސިސްޓަމް އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ. ލީތިއަމް އޮކްސިޖެން ބެޓްރީގެ ރިސާރޗް ތައް ހަދަން އެންމެ ބޮޑު ޚަރަދެއް ކުރަނީ ސައުތު ކޮރެއާ ދެން ޖަޕާން ދެން ޗައިނާ އެވެ. މީގައި އެމެންގެ މަގްސަދަކީ ވެހިކަލްސް ތަކަށް ލީތިއަމް އޮކްސިޖެން ބެޓްރީސް ތައް އިންޓްރޮޑިއުސް ކޮށްގެން ހައިބްރިޑް ކާރުގެ ވިޔަފާރި ޑޮމިނޭޓް ކުރުމެވެ. ލީތިއަމް އޮކްސިޖެން ބެޓްރީ އަކީ އެއީ ދެވަނަ ނަމުން ކިޔާނަމަ ލީތިއަމް އެއާރ ބެޓްރީ އެވެ. ލީތިއަމް އޮކްސިޖެން ބެޓްރީ ލާރޖް ކެޕޭސިޓީއަށް އުފެދިއްޖެނަމަ އޮޓޮމޯޓިވް އިންޑަސްޓްރީގެ އިންޖިން ތަކަށް ބޭނުން ކުރާ ރޯ މެޓީރިއަލް ކަމަށްވާ ގެސޮލިން ޕެޓްރޯލް އަދި ޑީސަލް ވަރަށް ބޮޑު ތަން މަދުވެގެން ދާނެއެވެ. ހަމަ އެއާއިކު ލެޕް ޓޮޕް ފަދަ ތަކެތި 24 ގަޑިއިރު ބޭނުން ކުރިއަށް ހަފްތާ އެއް ވަން ދެން ޑިސްޗާރޖް ނުވެ ހިފަހައްޓާނެއެވެ.