އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަހީރު (ވ) ވާހަކަ ދައްކަވަނީ. އެސްޓީއޯ އަށް ގްރޫޕް ފައިދާގެ ގޮތުގައި 430 މިލިއަން ރުފިޔާ ލިބުނު ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 އެޕްރީލް 2017 - 17:44
އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެސްޓީއޯގައި ބޭއްވި ނިއުސް ބްރީފިންއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ގްރޫޕް ފައިދާގެ ގޮތުގައި 430 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު ގްރޫޕް ފައިދާގެ ގޮތުގައި 435 މިލިއަން ރުފިޔާ ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެސްޓީއޯ އަށް ވަކިން ބަލާނަމަ، ކުރީ އަހަރު ފައިދާ އަކީ 430 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ކަރަންޓު ސަބްސިޑީ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ޚަރަދު ކުޑަކޮށްގެން ނުވަތަ ކޮސްޓް ސޭވިންގެ ގޮތުގައި 279 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ހަދަން ޖެހުނީ ކަރަންޓު ސަބްސިޑީ އަށް އައި ބަދަލުތަކާ ގުޅިގެންނެވެ.
އެސްޓީއޯގެ މައިގަނޑު ވިޔަފާރިއަކީ ތެޔޮ ވިއްކުން ކަން ފާހަގަ ކުރައްވަމުން ޝަހީރު ވިދާޅުވީ އެހާ ބޮޑު އަދަދެއް މިފަހަރު ލިބުނީ އެ ވިޔަފާރިކޮށްގެން ކަމަށެވެ. ނަމަވެސް ކުންފުނިން ކުރަމުން އަންނަ އެހެން ވިޔަފާރިތައް ވެސް އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން 2015 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހާފައި ވަނީ 57ރ. އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ 51ރ. އެވެ. އެސްޓީއޯ އަށް 2015 ގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ފައިދާގެ ގޮތުގައި ލިބުނެވެ.
އަހަރުން އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އަދަދު ދަށްވިޔަސް، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިއްސާދާރުންނަށް މިއަހަރު އެންމެ ބޮޑު ފައިދާއެއް ބަހަނީ އެސްޓީއޯ އިންނެވެ.
އެ ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ މިންވަރު ކަނޑައެޅި ނަމަވެސް އެކަން ނިންމާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އަހަރީ އާއްމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މީގެ 50 އަހަރު ކުރިން އުފެއްދި ކުންފުންޏާ ބެހޭ ގޮތުން ޝަހީރު ވިދާޅުވީ އެއީ ފެށުނީއްސުރެ ރައްޔިތުންގެ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން މާ ބޮޑެތި ފައިދާތަކެއް ނެރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އެސްޓީއޯ އިން މަސައްކަތް ކުރަނީ އާ ވިޔަފާރިތަކަކަށް ދިއުމުގެ ބަދަލުގައި އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީގެ އެކި ހިސާބުތައް އާންމުކޮށްފަ އެވެ. އެ ގޮތުން ފުރަތަމަ ކުއާޓަރުގައި 70 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ފާއިތުވެދިޔަ ކުއާޓަރާ ބަލާއިރު 10 މިލިއަން ރުފިޔާ ބޮޑު އަދަދެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
"އަޅުގަނޑުމެން އަމާޒު މި ކުރަނީ [މި އަހަރު] 250 އާއި 300 މިލިއަން ރުފިޔާގެ ފައިދާއަކަށް. އަޅުގަނޑުމެން ޕްލޭނާ އެއްގޮތަށް އަމާޒު ހާސިލްވާނެ ކަމަށް ޔަގީން ކުރަނީ،" ޝަހީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
01 May 2017
އެސްޓީއޯއިން ބަހަނީ އެންމެ ކުޑަ ފައިދާ. ހިއްސާއެއްގެ އަގަކީ 400 ރުފިޔާ، ހިއްސާއެއްގެ އަގުގެ ނިސްބަތުން ފައިދާގެ ގޮތުގައި އެ ބަހަނި %12.75 . އެހެން ކުންފުނި ތަކުގެ މި ނިސްބަތް ހުރީ %17.5 އާ %40 އާ ދެމެދުގައި.
ކޮންތާކަށްތޯ ޛަރަދުކުރަނީ
01 May 2017
ތިޖޫރީއަސް ވީގޮތް ހާމަކޮށްދީބަލަ
މިހާ
01 May 2017
ރަތްޔިތުމީހާއަށް އަގުހެޔޮކޮއް މުދާވިކަން ހެދިކުންފުނި ބޮޑުފައިދާނަގަނީ ވިސްނާ!
ދަވަން
01 May 2017
އެސްޓީއޯއަށް ސާފު ފައިދާ288ބިލިއަން.ހިއްސާ އަކަށް 50ރ އަށްވުރެމަތި.. ބީއެމްއެލް އަށް ސާފު ފައިދާ 1ބިލިއަން. ހިއްސާއަކަށް 20ރ ... މި ކިހިނެއްވާ ކަމެއްތޯ ؟
ސަމޭސް
01 May 2017
ރޯނުފިލައެއްނު 288 ބިލިއަނެއްނޫ 288 މިލިއަން ބޭންކަށް 1 ބިލިއަން އެއީ 1000 މިލިއަން
ފަރީ
30 April 2017
ކޮންމެ ރަށެއްގައި ފާމަސީ އެއް ހިންގަމަކީ ކުޑަ ކަމެއްނޫން. ފައިދާ ވީވަރާއި މެދު ހިތްހަމަޖެހޭ.
އަލީ
01 May 2017
އިމާރާތް ބޭނުންކުރަނީ ހިލޭ. ތިންގުނަބޮޑުކޮށް ބޭސްވިއްކަނީ. ފާމަސިސްޓަށް ދެނީ 2000ރުފިޔާ. ކޮންގެއްލުމެއް ވާންވީ. އެސްޓީއޯ ސަރުކާރު ކެމްޕޭނަށް ހަރަދުނުކުރާނަމަ ފައިދާވާނީ ތިވަރަކަށް ނޫން.
ރަނގަޅު
30 April 2017
އުފާވެރި ހަބަރެއް. މި އަހަރުގެ ނަތީޖާ އިތުރައް ރަނގަޅު ވާނެ ކަމަށް ހީކުރަން.
ޑަކުޓަރު
30 April 2017
ސަލާންޖަހާ މީހުންގެ އަދަދު ގިނަވޭއެބަ
ޅަކޭލު
30 April 2017
ޢެސްޓީއޯ ވަރެއް ނެތް. ދިރާގު ތަންތަނުން އެހާބޮޑެތި ފައިދާވާއިރު ޑިވިޑަންޑް އެހާ ކުޑަ. އެސްޓީއޯ އަކީ ނަމޫނާއެއް
ގިވްއިން
30 April 2017
އެސްޓީއޯ އަށް ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެއީ ދެން އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. މީ އެމްޑީޕީގެ ވެރިކަމުގައި އެމެން ގެއްލުން ވެއޭ ކިޔާ އޮޅުވާލާ މަކަރާއި ހީލަތުން އިންޑިއާގެ ކުންފުންނަކަށް ވިއްކާލަން އުޅުނު ކުންފުނި މިއަދު މިދަނީ ސަރުކާރަށް ފައިދާ ނެރެމުންނެވެ. ދެން އެސްޓީއޯ އިން އަޖުމަ ބަލާލުމުގެ ގޮތުން ތިފައިސާ ކޮޅުން އެއްކޮށް ބަލަންވީ މާލެ ވިލިގިލީގައި ހުރި ހުސްބިމެއްގައި ސަތޭކަ ފޫޓް ފުޅާ އަދި 100 ފޫޓް ދިގު ބިމެއްގައި 25 ބުރިއަށް ފްލެޓް އިމާރާތެއް ކުރެވޭތޯ އެމްޓީސީސީ އާއި މިހާރު އައިޖީއެމްއެޗް 25 ބުރިއަށް އެހަދާ ސިންގަޕޯރ ކުންފުންނާއި ގުޅިގެން. އެއިރުން އެމްޓީސީސީން ވެސް އިންވެސްޓް ކުރާނީ އެވެ. އަދި އެމްޕީއެލް އަދި އެމްއޭސީއެލް އިން ވެސް އިންވެސްޓް ކުރާނީ ކޮންމެ ކުންފުންނަކުން 288 މިިލިއަން ރުފިޔާ މި ޕްރޮޖެކްޓަށް. އެއިރުން އެތަނުން ހުރިހާ ކުންފުނި ތަކަށް ފްލެޓްސް ތައް ދިނީމާ އެ ކުންފުނި ތަކުން ފްލެޓްސް ތައް ކުއްޔަށް ދީގެން ފައިސާ ޖެެނެރޭޓް ކުރެވޭނެ ނޫންތޭ. އަދި އެސްޓީއޯ އަށް ގްރައުންޑް ފަސްޓް އަދި ސެކެންޑް ފްލޯރ ގައި އެސްޓީއޯގެ ވިޔަފާރި ކުރެވޭނެ ނޫންތޭ. މިއުސޫލުން އެބަޖެހޭ އެސްޓީއޯގެ ވިޔަފާރި ޑައިވަރސިފައި ކުރަން މާލެ ސަރަހައްދުގެ ރިއަލް އެސްޓޭޓް ވިޔަފާރި އާއި ދިމާލަށް. ގިވް ޔުއަރ ހޭންޑް ޓު މީ. ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ..
އުމަރު
30 April 2017
ރަނގަޅެއްނޫންތަ، ރައްޔިތުން ހަނާވަނީ އެސްޓީއޯއިން ތެޔޮވިއްކައިގެން ބޮޑެތި ފައިދާ، ހަގީގަތުގައި އެސްޓީއޯ އުފެއްދީ ބޮޑެތި ފައިދާތަކެއް ނަގާކަށެއްނޫން އެސްޓީއޯއިން %5 ޕަސެޓް ފައިދާވިޔަސް އެންމެ ރަނގަޅުވާނެ، ގެއްލުމުގައި ނުހިންގަންޏާ އެންމެ ރަނގަޅުވާނެ، ޕަރައިވްޓް ސެކްޓަރަށް އެބަޖެހޭ ފުރުސަތުދޭން އަދި ތެލުގެ އަގު ހެޔޮކޮށް ކަރަންޓުގެ އަގު ހެޔޮކުރަން އެބަޖެހޭ އެސްޓީއޯއަށް ފައިސާވުމަކީ ދިވެހިން އުފާވާކަމެއްނޫން
މަރިޔަނު
30 April 2017
ޢެސްޓީއޯ އިން ފައިދާ ނުވިއްޔާ ހިއްސާދާރުންނޯ. މިހާރު އެކުރާ މަަސައްކަތް ގޯހެއްނޫން