ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލަން މިއަންމާ އިން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައި. --ފޮޓޯ:ރޮއިޓާސް
02 މެއި 2017 - 14:49
ކޮލަމްބޯ (މެއި 2) - ރޮހިންޖާ މުސްލިމް ރެފިއުޖީންގެ 32 މީހަކު ސްރީ ލަންކާ ކަނޑުގެ ސިފައިން ހިފަހައްޓައިފި އެވެ.
ލަންކާ ކަނޑުގެ ސިފައިންގެ ތަރުޖަމާން ޗަމިންދާ ވަލަކުލުގެ ވިދާޅުވީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޯޓެއް ކޯސްޓްގާޑުން ޕެޓްރޯލް ކުރުމަށް ފަހު، އޭގައި ތިބި ރެފިއުޖީންނާއި އެ މީހުން ޓްރެފިކް ކުރަން އުޅުނު އިންޑިއާ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއަންމާގެ 30 ރެފިއުޖީންގެ ތެރޭގައި 16 ކުޑަ ކުދިން ވެސް ހިމެނެ އެވެ. މީގެ ތެރޭން އެއް ކުއްޖަކަށް 15 ދުވަސް އަދި އަނެއް ކުއްޖަކަށް ހަތަރު މަސްވެފައިވާ ކަމަށް ވެސް ލަންކާ ކަނޑުގެ ސިފައިން ބުނެފައިވެ އެވެ. ރެފިއުޖީން ވަގަށް އެތެރެ ކުރަން އުޅުނީ އިންޑިއާގެ ދެ މީހެކެވެ. އެ ދެ މީހުން މިހާރު ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށް ވެސް ވަލަކުލުގެ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި އަސްކަރީ އޮޕަރޭޝަނެއް ފެށި ފަހުން އެތައް ހާސް ރޮހިންޖާ މުސްލިމް ރެފިއުޖީނެއް ވަނީ އެ ސްޓޭޓް ދޫކޮށް ގޮސްފަ އެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ބުނެފައި ވަނީ މިއަންމާ އިން ދަނީ ރޮހިންޖާ މުސްލިމުންގެ ނައްތާލަން މަސައްކަތް ކުރަމުން ކަމަށެވެ.
ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޖާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޕްޓަން ކްކް
02 May 2017
ޜޮހިންޖާ އިން ގެނެސްރާއްޖޭގެ ވަކިރަށެއްގަ އާބާދު ކުރަން ފެނޭ، ﷲ މިރޮހޮންޖާއިންނަށް ރަނގަޅު ހާލަތެއް މެދުވެރި ކޮއްދެއްވާ ތޯ އެންމެ ބޭފުޅުން ދްޢާ ކޮއްދެއްވާ
ދީދީ
02 May 2017
ކީއް ތަވާނީ މީގެން މީހުންކޮޅަކައް ރާއްޖެއިން 1000 ވަރަކައް ވަޒީފާ ދިނިއްޔާ، ގައިމު އެރުން 1000 އާއިލާޔައް އެހީވެވުނީ
ދދ
02 May 2017
ޔާ ﷲ މުސްލިމުން ނަށް ފަތަހަ އާއި ނަސްރާއި ކާމިޔާބު ދެއްވާށި! އާމީން
ތެދު
02 May 2017
ދުވަސް ކޮޅަކުން ރާއްޖެއައްވެސް ތިމައްސަލަ ދިމާވާނެ ކަމަށް ފެނޭ. މިހާރު ރާއްޖެ އެތެރެވަމުންދާ ބަންގްލަދޭޝް މީހުން ދުވަސް ކޮޅަކުން ރާއްޖެ ބައެއްކަމައް ދައުވާކުރަން ފަށާނެ. ހަމަ އެދުވަހުން ނޫސް ތަކުގަ ލިޔާނެ މިމީހުންނަކީ ރާއްޖޭގައި އުޅޭތާ އެތައް ޒަމާނެއްވެފަ ތިބި ބައެކޭ.
ސިންތިލީ ވޫމް
02 May 2017
މަގޭ ވެރިކަމެނަމަ މުސްލިމް ރޮހިންޖާ ރެފިއުޖީންގެ 100 ވަރަކައް މީހުން ނައް ރާއޖޭގެ އެކިރައްރަށުން ހިލޭ ތިބެވޭނެ ގޮތް ގޮތް ހަދާދިނީމުން، ވަކިމުއްދަތަކަ ނޫނީ އަބުރާ ގައުމައްދެވެން ދެން.
މުހައްމަދު
02 May 2017
ލައިކް ޑިސްލައިކަށް ބަލައިލީމަ އިނގޭނެ ދިވެހިންގެ ނެޝަނަލިޒް އާ މުސްލިމް އުއްމަތުގެ ކޮންޝަސްނަސް. މައްކާގެ މުސްލިމުން ހަބަޝާއަށް ހިޖުރަކުރި އިރު އެއީ ނަސޯރާގައުމެއް. ނަމަވެސް ފުރުސަތު ލިބުނު. އަހަރުމެން ދިވެހިން ބުނާނެ ވަސީލަތްތަކެއް ނެތޭ. ނަމަވެސް މީގެ އެތައް ގަރުނެއް ކުރިން ރާއްޖެ މާ ފަގީރު އިރުވެސް ރާޢްޖެއަށް މީހުން އައިސް އުޅުނު. ނިއުމަތަކީ ﷲ ދެއްވާ އެއްޗެއް.